ގައިދީންނަށް ފަރުވާދިނުން ލަސްވަނީ ކަރެކްޝަނުގެ ސަބަބުންކަން ހާމަވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) ގެ އޮފިސަރުންތަކެއް: ގައިދީންގެ ފަރުވާ ލަސްވަނީ ކަރެކްޝަންސްގެ ސަބަބުންކަން ވަނީ ހާމަވެފައި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) ގެ އޮފިސަރުންތަކެއް: ގައިދީންގެ ފަރުވާ ލަސްވަނީ ކަރެކްޝަންސްގެ ސަބަބުންކަން ވަނީ ހާމަވެފައި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް ފަރުވާދިނުން ލަސްވަނީ  ކަރެކްޝަންސްގެ ސަބަބުންކަން ހާމަވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އާންމުކުރި ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގައިދީންނަށް ފަރުވާ ދިނުން އެންމެ ބޮޑަށް ލަސްވަނީ އެސްކޯޓްކުރާނެ އޮފިސަރެއް ނެތުމުގެ ސަބަބުންނެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ގައިދީންނަށް ފަރުވާދިނުން ލަސްވި ސަބަބުގެ 49.9 ޕަސަންޓަކީ އެސްކޯޓް އޮފިސަރެއް ނެތުން ކަމަށްވާއިރު، އެ އަދަދު 2025 ގައި 46.9 ޕަސަންޓަށް ވަނީ ދަށްވެފަ އެވެ. ނަމަވެސް އެ އަދަދު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 63.2 ޕަސަންޓަށް ވަނީ އިތުރުވެފަ އެވެ.

ކަރެކްޝަންސްގެ އިދާރީ އޮޅުމުގެ ސަބަބުން އަހަރުން އަހަރަށް ގައިދީންނަށް ފަރުވާދިނުން ދަނީ ލަސްވަމުންނެވެ. އެގޮތުން 2024 ގައި އެ އަދަދު 7.7 ޕަސަންޓުގައި ހުރިއިރު، 205 ގައި އެ އަދަދު 11.1 ޕަސަންޓަށް ވަނީ އުފުލިފަ އެވެ. މި އަހަރު ޖުލައިގެ ނިޔަލަށް އެ އަދަދު ވަނީ 13.2 ޕަސަންޓަށް އުފުލިފަ އެވެ. 

މީގެއިތުރުން ގައިދީންނަށް ފަރުވާދިނުން ލަސްވާ އެހެން ސަބަބުތަކުގެ ތެރޭގައި ޑޮކްޓަރަށް ދައްކަން ގެނެސް ބައިތިއްބާ ޖާގަ ނެތުމާއި، ބޭސް ލިބުން ލަސްވުމާއި، ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުން ލަސްވުންވެސް ހިމެނެ އެވެ. 

ގައިދީންނަށް ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުތައް (1 ޖެނުއަރީ 2024 - 31 ޖުލައި 2026)

މައްސަލަ
ޖުމްލަ166
ގައިދީންނަށް ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުތައް (1 ޖެނުއަރީ 2024 - 31 ޖުލައި 2026)
LabelValue
އެކޯސްކޯޓް ކުރާނެ އޮފިސަރުން ނެތުން86 މައްސަލަ
ހާއްސަ ޑޮކްޓަރުންނަށް އެޕއޮިންޓްމަންޓް ލިބުން ލަސްވުން31 މައްސަލަ
އިދާރީ މައްސަލައަކުން / އިދާރީ ކުށަކުން17 މައްސަލަ
މާފުށިން ސިއްހީ ހިދުމަތް / ފަރުވާ ލިބެން ނެތުން10 މައްސަލަ
ޑޮކްޓަރަށް ދައްކަން ގެނެސް ބައިތިއްބާނެ ޖާގަ ނެތުން7 މައްސަލަ
އެޕޮއިންޓްމަންޓަށް އެދެން ލަސްވުން4 މައްސަލަ
ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް މެނޫ ފޯރުކޮށްދީފައި ނުވުން3 މައްސަލަ
އޮފިސަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުން2 މައްސަލަ
ބޭސްދިނުން ހުއްޓާލުން / މެދުކެނޑިފައިވުން2 މައްސަލަ
ރާއްޖެއިން ސިއްހީ ހިދުމަތް / ފަރުވާ ލިބެން ނެތުން1 މައްސަލަ
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ދުވަސް އޮޅުން1 މައްސަލަ
މޫސުން ގޯސްވުމުގެ ސަބަބުން އެޕޮއިންޓްމަންޓަށް ނުގެންދެވުންް1 މައްސަލަ
ބޭސް ލިބުން ލަސްވުން1 މައްސަލަ

މިދިޔަ ޖޫން 27، ގެ ނިޔަލަށް މާފުށި ޖަލުގައި އެކަނިވެސް 273 ކަރެކްޝަންސް އޮފިސަރުން މަސައްކަތްކުރަމުންދިޔަ އެވެ. ނަމަވެސް މާފުށި ޖަލުން އެކަނިވެސް ސިއްހީ ފަރުވާ ދިނުމުގައި ގިނަ ބަޔަކަށް ލަސްވާކަމުގެ ޝަކުވާ ބޮޑެވެ. 

މާފުށި ޖަލުގައި މިދިޔަ ޖޫން 27، ގެ ނިޔަލަށް މަސައްކަތްކުރަމުންދިޔައީ ނަފްސާނީ ބައްޔަށް ހާއްސަ އެއް ޑޮކްޓަރާއި ތިން މެޑިކަލް އޮފިސަރުންގެ އިތުރުން 15 ނަރުހުންނެވެ. 

ގައިދީންނަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުލިބިގެން އެކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. ނަމަވެސް އެކަން ހައްލުކުރަން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox