ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތައް ވާނީ ޓޫރިޒަމަށް ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ޓޫރިޒަމް ވިޔަފާރިވެރިޔާ ޗަމްޕާ އަފީފް: ޗަމްޕާ އަފީފަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީއެއް -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ވިޔަފާރިވެރިޔާ ޗަމްޕާ އަފީފް: ޗަމްޕާ އަފީފަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީއެއް -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އިއުލާންކޮށްފައިވާ ގޮތަށް ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު ތަރައްގީކުރެވުން ވެގެން ދާނީ ޓޫރިޒަމް ސިނާއަތަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށް ޓޫރިޒަމް ވިޔަފާރީގެ އެއް މޭސްތިރިޔާ، ހުސެއިން އަފީފު (ޗަމްޕާ އަފީފު) ރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އަފީފު މިހެން ވިދާޅުވީ، ޓޫރިޒަމް ސިނާއަތަށް އިންގިލާބީ ބަދަލުތައް ގެނުވި ކަންކަން ލިސްޓުކުރައްވަމުންނެވެ.

އެ ގޮތުން ސަރުކާރުގެ ޕްލޭނަށް މަރުހަބާ ވިދާޅުވަމުން އަފީފު ވިދާޅުވީ މި ރިސޯޓުތައް ވެގެން ދާނީ ޓޫރިޒަމަށް އަންނާނެ އިތުރު ބޮޑު ބަދަލަކަށް ކަމަށެވެ. އަދި، މިއީ ޓޫރިޒަމުގައި މަންފާ ސީދާ ގޮތެއްގައި އާންމުންނަށް ފޯރުކޮށްދެވޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އޭނާ ވަނީ މި ކަން ހަގީގަތަކަށް ހަދަން ސަރުކާރަށް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރަމެން އެންމެން ވެސް އެކަމަށް އިންތިޒާރުކުން. އަދި، އެކަމަށް ކާމިޔާބީއަށް އެދެން. އެއީ ފަތުރުވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ހިއްސާވެވޭނެ ގޮތެއް. އާންމު ރައްޔިތުންނަށް އޭގެ ބައިވެރިއަކަށް ވެވޭނެ." އަފީފު ވިދާޅުވި އެވެ. 

ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ ޕްރޮޖެކްޓު، ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ވިޔަފާރިވެރިޔާ ބަލައިގަތް ނަމަވެސް، އެހެން ބައެއް ޓޫރިޒަމް ވިޔަފާރިވެރިންނާއި އިދިކޮޅުން ވަނީ ރިސޯޓުތައް ތަރައްގީކުރުމުގެ ސިޔާސަތާ މެދު ސުވާލުއުފައްދާފަ އެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ގިނަ މީހުން ސުވާލު ކުރަނީ މި ރިސޯޓުތައް ތަރައްގީކުރަން ފައިސާ ހޯދާނެ ގޮތަކާއި ރިސޯޓުތައް ހިންގުމުގެ ފީސިބިލިޓީއަކީ ކޮބައިތޯ ނޭނގޭތީ އެވެ.

މި ފާޑުކިޔުންތައް ހުރި ނަމަވެސް، ސަރުކާރުން ވަނީ މި ޕްރޮޖެކްޓައިގެން ކުރިއަށް ދާން ނިންމާފަ އެވެ. މި ކަމުގެ އަދާހަމައެއް އެންމެ ފަހުން ހިއްސާކުރައްވަމުން، ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވީ، 10 ރިސޯޓުގެ ތެރެއިން ބައެއް ރިސޯޓުތަކުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށާނެ: މުއިއްޒު

ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓު ތަރައްގީކުރަން ބޭނުންވާ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާއިރު، ތިން އަހަރު ދުވަހުގެ ތެރޭގައި މި ރިސޯޓުތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

މުއިއްޒު އެ ދުވަހު ވިދާޅުވީ، ސަރުކާރުން އަންނަނީ ރިސޯޓުތައް ތަރައްގީކުރަން ބޭނުންވާ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި، މި މަސައްކަތް އޭރު ހިނގަމުން ދިޔަ ހަފުތާގެ ތެރޭގައި ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ސަރުކާރުން މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދޭތީ، މި މަސައްކަތް ނިމުނު ކަމެއް ނުވަތަ ނުނިމޭ ކަމެއް ކަށަވަރެއް ނުވެ އެވެ.

މި ރިސޯޓުތައް ތަރައްގީކުރުމުގެ އަދާހަމަ ހިއްސާކުރެއްވި ދުވަހު މުއިއްޒު ވަނީ، މި މައްސަލައިގައި ސަރުކާެރަށް ފާޑުކިޔާ މީހުންނަށް ވެސް ރައްދު ދެއްވާފަ އެވެ. 

"މި ޕްރޮޖެކްޓު ވެސް ވަރަށް ބާރަށް ހިނގާ ވާހަކަ ދަންނަވާލީ، އަޅުގަނޑު ހަމަ ރިޔާސީ ބަޔާނުގައި ހަމަ ޖުމްލައެއް ގޮތުގައި އިއުލާންކޮށްލި ކަމެއް ނޫން ކަން ދަންނަވާލުމުގެ ގޮތުން،" މުއިއްޒު ވިދާޅުވި އެވެ. 

ޓޫރިޒަމް އިންޑަސްޓްރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި ރިސޯޓު ކޮޓަރިއެއް ތަަރައްގީކުރުމުގެ އަގު އުޅެނީ ހަތަރު ތަރީގެ ތަންތަނަށް ހަތަރު ލައްކަ ޑޮލަރާއި ނުވަ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކުން ފެށިގެން އެންމެ ލަގްޒަރީ ތަންތަނަށް ކޮޓަރިއެއް 1.4 މިލިއަން ޑޮލަރާއި 2.6 މިލިއަން ޑޮލަރާ ދެމެދުގައި އެވެ.

ސަރުކާރުގެ ރިސޯޓުތައް ތަރައްގީކުރަން ނިންމާ ފެންވަރަކުން 1000 އެނދު ތަރައްގީކުރަން، އެއީ ކޮންމެ ރިސޯޓެއްގައި 50 ކޮޓަރި ކަމަށް ބަލައިގެން، މި ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރާއި 2.6 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހިދާނެ އެވެ. 

މުއިއްޒު ވަނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މި ރިސޯޓުތައް އެންމެ އަވަހަށް ވެސް ތަރައްގީކޮށް ނިމޭނީ 2029 އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox