އިންޑިއާއިން ލޯނު ނުލިބުމުން މެންޓަލް ހެލްތު ހޮސްޕިޓަލު ސަރުކާރު ހަރަދުގައި މާލޭގައި އަޅަނީ

އޭޕްރިލް 27، 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މުއިއްޒު ވިދާޅުވީ މާލޭގައި ހޮސްޕިޓަލު އަޅަން މާ ރަނގަޅު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އޭޕްރިލް 27، 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މުއިއްޒު ވިދާޅުވީ މާލޭގައި ހޮސްޕިޓަލު އަޅަން މާ ރަނގަޅު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ލުއި ލޯނެއް ނަގައިގެން ލ. ގަމުގައި ތަރައްގީކުރަން އުޅުނު މެންޓަލް ހެލްތު ހޮސްޕިޓަލަށް ބޭނުންވާ ލޯނު ނުލިބި ދިގުލައިގެންދާތީ، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އޭގެ ހޮސްޕިޓަލެއް މާލޭގައި އިމާރާތްކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

މިފަހުން ދިމާވި ހާދިސާތަކަކާ ގުޅިގެން ނަފްސާނީ ފަރުވާގެ މައުލޫގައި ހޫނުކޮށް ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި މެންޓަލް ހެލްތު ހޮސްޕިޓަލްގެ ވާހަކަ މުއިއްޒު ދެއްކެވިއިރު، މިއީ އެމަނިކުފާނުގެ ކެމްޕެއިން ވައުދެކެވެ. އަދި، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި، މި ހޮސްޕިޓާ ހިމެނޭހެން އިންޑިއާއިން ލޯނު ނަގައިގެން އަޅާ ތިން ހޮސްޕިޓަލުގެ  މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެ އެވެ. 

މުއިއްޒު މިހެން ވިދާޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ލޯނު ނަގައިގެން އެ ހޮސްޕިޓަލުގެ މަސައްކަތް ފެށޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

Advertisement

"އެހެން ނަމަވެސް އަދިވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން ޕްރޮޖެކްޓު، އަދި މިކަހަލަ އެއްވެސް ޕްރޮޖެކްޓެއް ފެށޭ ގޮތް ނުވެ ލަސްވަމުންދާތީ، އަދި މި މައްސަލަ ރާއްޖޭގައި [] އިތުރު އެހީތެރިކަމަކަށް ބޭނުންވެފައިވާ ބޮޑު މައްސަލައަކަށް ވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފަ ސަރުކާރުގެ ބަޖެޓުން ސީދާ މި މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް އެޅުމަށް މި ނިންމީ." އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާލޭގައި އިމާރާތްކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ޕްރޮޖެކްޓު ފަށާނީ ސަރުކާރުން މި އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް ބަޖެޓުގެ ތެރެއިން ފައިސާ ނަގައިގެން ކަމަށެވެ. 

މި ޕްރޮޖެކްޓަށް ހަރަދު ވާނެ ސީދާ ވަރެއް ނުބުނި ނަމަވެސް މުއިއްޒު ވަނީ ގަމުގައި އަޅަން އުޅުނު ހޮސްޕިޓަލަކީ 18 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ފާހަގަކުރައްވައި، މި ޕްރޮޖެކްޓު އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މާލޭގައި ހޮސްޕިޓަލެއް އެޅި ނަމަވެސް، މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް ލ. ގަމުގައި އަޅާ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. މިހެން ވިދާޅުވުމަށް ފަހު މުއިއްޒު ވަނީ މާލޭގައި މި ހޮސްޕިޓަލު އެޅުން މާ ރަނގަޅު ކަމަށް ވެސް ވިދާޅުވެފަ އެވެ. 

"މާލެ ސިޓީ މި ރީޖަންގައި އެންމެ ގިނައީ މީހުން ވެސް. އަދި އެ މައްސަލަ ގިނަ ކުދިން ވެސް." މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒުގެ ވާހަކައިގައި އެމަނިކުފާނު ވަނީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން މި ސަރުކާރުން އަހައްމިއްޔަތުކަން ދޭ ކަމަށް ބުނެފަ އެވެ. އެ ގޮތުން ކުރި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ ނަފްސާނީ ފަރުވާތަކަށް އާސަންދަ ކަވަރޭޖު ދިނުމެވެ.

ކުރިއަށް ހުރި ކަންކަމުގެ ތެރޭގައި މުއިއްޒު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި މައްސަލައާ ގުޅުން ހުރި މައްސަލައެއް ކަމުގައިވާ، ހަނގާކުރުން (ބުލީކުރުން) އަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅަން "އެންޓި ބުލީ" ގާނޫނެއްގެ މަސައްކަތް ކުރިއަށްދާ ކަން އިއުލާންކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox