ހުޅުމާލޭ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ގަޑިއެއްހާ އިރަށް ކަރަންޓު ކެނޑިއްޖެ

Sep 28, 2026, 6:56 PM
ހުޅުމާލެ ފުރަތަމަ ފިޔަވަހި ނުވަތަ ފޭސް އެކެއް: ފޭސް އެކެއްގައި އެއް ލައްކައާ ގާތް ކުރާ އާބާދީއެއް ދިރިއުޅޭ -- ފޮޓޯ: އިޔާން/ އަދަދު

ހުޅުމާލެ ފުރަތަމަ ފިޔަވަހި ނުވަތަ ފޭސް އެކެއް: ފޭސް އެކެއްގައި އެއް ލައްކައާ ގާތް ކުރާ އާބާދީއެއް ދިރިއުޅޭ -- ފޮޓޯ: އިޔާން/ އަދަދު

ހުޅުމާލޭ ފުރަތަމަ ފިޔަވަހި (ފޭސް 1) ގެ ބައެއް ސަަރަހައްދުތަކުން ގަޑިއެއްހާއިރު ވަންދެން މިއަދު ހަވީރު ކަރަންޓު ކެނޑިއްޖެ ެވެ.

ކަރަންޓު ކެނޑުނުކަން ކަށަވަރުކޮށްދެމުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ކުންފުނިން ވަނި ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ބުނެފަ އެވެ.

މި ފަހަކަށް އައިސް މާލޭ ސަރަހައްދުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ގިނަ އެވެ. މި މަހުގެ 16 ގައި ވެސް މާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. 

ސްޓެލްކޯއިން ބުނާ ގޮތުގައި އާންމުކޮށް މި ކަހަލަ މައްސަލަތައް ދިމާ ވަނީ ކޮންމެ ވެސް މަސައްކަތެއް ކުރަން ކޮނުމުގެ ތެރޭގައި ކޭބަލްއަކަށް ގެއްލުމެއް ލިބިގެން ނޫނީ ޓްރާންސްފޯމަރަކަށް ކޮންމެ ވެސް ކަމެއް ދިމާވެގެންނެވެ.

މިހެން ނަމަވެސް، މިދިޔަ އަހަރުގެ ޖޫންގައި މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެއިން އެއްފަހަރާ ކަރަންޓު ކެނޑުނެވެ.

އެ ފަހަރު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެ ދުވަހު ކަރަންޓު ދެވުނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުންނެވެ. ސްކޫލްތަކުގެ ކިޔެވުން ވެސް އެ ދުވަހު ބަންދު ކުރި އެވެ. އަދި ވަރަށް ގިނަ ވިޔަފާރިތައް ވެސް އެ ދުވަހު މެދުކަނޑައިލި އެވެ.  

މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ބުނި ނަމަވެސް، އެ ފަހުން ތަހުގީގެ މައުލޫމާތެއް ނުދެ އެވެ. މިހާރު އެ މައްަސަލަ ތަހުގީގުކުރާ ކަމެއް ވެސް ކަށަވަރެއް ނޫނެވެ.

މާލެ ސަރަހައްދުގެ އިތުރުން ދެން އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި މި މައްސަލަ މާ ގޯހެވެ. އަދި، ބައެއް ރަށްރަށުގައި ވެސް މި މައްސަލަ ދިމާވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox