މަޖިލިސް ކުރިއަށް ދަނިކޮށް މަޖިލިސްކުރާ ގެއިން ކަރަންޓު ކެނޑިއްޖެ

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސްކުރާ ގެއިން ކަރަންޓު ދިޔައީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސްކުރާ ގެއިން ކަރަންޓު ދިޔައީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ދަނިކޮށް، މަޖިލިސްކުރާ ގެއިން ކަރަންޓު ކެނޑިގެން ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލިސްކުރާ ގެއިން ކަރަންޓު ދިޔުމާއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ. މި ނޫހަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފައި ވަނީ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ކަމަށެވެ.

މަޖިލިސްކުރާ ގެއިން ކަރަންޓު ދިޔައީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. ކަރަންޓު ގޮސްގެން މިއަދުގެ ޖަލްސާ މެދުކަނޑާލައިފައިވާއިރު، މިއަދުގެ އެޖެންޑާގައި ހިމެނި ކަންކަމުގެ ތެރެއިން ހަތަރުކަމެއް އަދި ނުނިމި އެބަ އޮތެވެ.

Advertisement

މިއަދުގެ އެޖެންޑާގައި އޮތް އެންމެ މުހިންމު އެއް ކަމަކީ، އެއް ފިޔަވަޅެއް އެޅުމަށް ދެ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މައްސަލަ އެވެ.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

އެ މަގު ފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރުމަށް މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.

މަމްދޫހު އުނިކުރަން ހުށަހެޅުއްވި މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މެންބަރު މަމްދޫހު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލް ކުރިއަށް ގެންދަން ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އޭނާ އަށް އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް އޮޅިގެން ފޮނުވިފައި އޮތުމުން، އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށެވެ.

މިހާރު އޮތް އުސޫލުން އެއް ކަމަކާ ގުޅޭ ގޮތުން އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށައެއް ނޭޅޭނެއެވެ.

ނަމަވެސް މަމްދޫހު ހުށަހެޅުއްވި ގޮތަށް ގަވާއިދުން އެ ބައި އުނިކޮށްފިނަމަ، އެއް މައުޟޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބި، ޕެޓިޝަން ހުށަހެޅުމުގެ މުޅި ނިޒާމު އޮޅުންބޮޅުން ވެގެންދާނެ އެވެ. 

މަޖިލިސްކުރާ ގެއިން ކަރަންޓު ދިޔައީ، ދިވެހިރާއްޖޭގެ ބިމާއި، ފަޅުތަކާއި، ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދަނިކޮށެވެ.

'ޕާލް ރެޒިޑެންސް' ޕްރޮގްރާމް ހުއްޓުވަން މަޖިލީހަށް ހުށަހަޅައިފި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް!

ހެންލީ އެންޑް ޕާޓްނަރސް" އާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތައް ކުރިއަށް އޮތް 14 ދުވަސް ތެރޭ މަޖިލީހަށް ހުށަހެޅުމަށް ގަރާރުގައި ބުނެފައިވޭ. އިކޮނޮމިކް މިނިސްޓަރު، ބަންޑާރަނައިބު، އިމިގްރޭޝަންގެ ކޮންޓްރޯލަ ޖެނެރަލް، އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅާފައިވޭ

މިދިޔަ މަހުގެ 13، ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 185 ވަނަ މާއްދާގެ ދަށުން ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދެފުށް ފެންނަ މިންވަރާއި ގައުމީ މަސްލަހަތަށް ހުރި ނުރައްކާތަކާމެދު ބޮޑެތި ދުސްތޫރީ އަދި، ޖިނާއީ ސުވާލުތަކެއް އުފަންކޮށްފަ އެވެ.

މި ގަރާރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ގައުމުގެ ސިޔާދަތާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ކަމަށް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox