އާބާދީގެ ބޮޑު ބައި ވިހަން އަންނަނީ މާލެއަށް، 2021 ވަނަ އަހަރު ވ. އަތޮޅުގައި ކުއްޖަކު ނުވިހާ

ރާއްޖޭގައި ވިހެއި ތުއްތު ކުއްޖެއް: ވިހެއި ކުދިންގެ ތެރެއިން 13 ޕަސެންޓު ކުދިންނަކީ އެކަށީގެންވާ މިންވަރަށް ވުރެ ބަރުދަން ލުއި ކުދިން -- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

ރާއްޖޭގައި ވިހެއި ތުއްތު ކުއްޖެއް: ވިހެއި ކުދިންގެ ތެރެއިން 13 ޕަސެންޓު ކުދިންނަކީ އެކަށީގެންވާ މިންވަރަށް ވުރެ ބަރުދަން ލުއި ކުދިން -- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

މީގެ ތިން އަހަަރު ކުރިން ދިވެހިރާއްޖޭގައި ވިހި ކުދިންގެ ތެރެއިން ބޮޑު ބައި ވިހާފައި ވަނީ ވެރި ރަށް މާލޭގައިކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި "ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓް އޮފް މޯލްޑިވްސް 2024" ގައި ބުނެފައި ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި 5917 ކުދިން ވިހެއި ކަމަށެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ވިހެއި 5917 ކުދިންގެ ތެރެއިން 3192 ކުދިން ވިހެއީ މާލެއަށެވެ. އެއީ ވިހެއި ކުދިންގެ 53 ޕަސެންޓެވެ.

ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި މާލެ ފިޔަވައި އެންމެ ގިނައިން ކުދިން ވިހެއީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 514 ކުދިން ވިހެ އެވެ. ދެން އެންމެ ގިނައިން ކުދިން ވިހެއީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 395 ކުދިން ވިހެ އެވެ.

ހިސާބުތަކުން ދައްކާ 2021 ވަނަ އަހަރު ވ. އަތޮޅުގައި އެއްވެސް ކުއްޖަކު ނުވިހަ އެވެ. އޭގެ އިތުރުން އެންމެ މަހުން ވިހެއީ ކ. އަތޮޅުގަ އެވެ. އެ އަތޮޅު ގުނަނީ ވެރި ރަށް މާލެ ނުހިމަނަ އެވެ.

ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ވިހެއި ކުދިންގެ ތެރެއިން 82 ޕަސެންޓު ކުދިން ވިހާފައި ވަނީ ޑޮކްޓަރެއްގެ ހާޒިރުގަ އެވެ. އަދި 17 ޕަސެންޓު ކުދިން ވިހެއީ ފޫޅުމައެއްގެ ހާޒިރުގަ އެވެ. ނަރުހެއްގެ ހާޒިރުގައި އެއް ޕަސެންޓު ކުދިން ވިހެ އެވެ.

ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ވިހެއި ކުދިންގެ އެވްރެޖު ބަރުދަނަކީ 2.8 ކިލޯ އެވެ. ވިހެއި ކުދިންގެ ތެރެއިން 13 ޕަސެންޓު ކުދިންނަކީ އެކަށީގެންވާ މިންވަރަށްވުރެ ބަރުދަން ލުއި ކުދިންނެވެ. ބަރުދަން ލުއި ކަމަށް ބަލަނީ 2.4 ކިލޯ ހަމަނުވާ ނަމަ އެވެ. ބަރުދަން އެކަށީގެންވާ މިންވަރަށް ވުރެ ބަރުކޮށް ތިން ޕަސެންޓު ކުދިން ވިހެ އެވެ. ބަރު ކަމަށް ބަލަނީ ހަތަރު ކިލޯއަށްވުރެ ބަރު ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox