ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑު ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، މުޅި ރާއްޖެއަށް ފުޅާކުރަން އަމްފާއިން އަމާޒު ހިފައިފި

އަމްފާއިން އިންތިޒާމުކޮށްގެން ހިންގި މޯލްޑިވްސް ޖޫނިއާ ލައިފްގާޑު ޕްރޮގުރާމްގެ ޕައިލެޓު ޕްރޮޖެކްޓުގެ ބައިވެރިން -- ފޮޓޯ: އަމްފާ

އަމްފާއިން އިންތިޒާމުކޮށްގެން ހިންގި މޯލްޑިވްސް ޖޫނިއާ ލައިފްގާޑު ޕްރޮގުރާމްގެ ޕައިލެޓު ޕްރޮޖެކްޓުގެ ބައިވެރިން -- ފޮޓޯ: އަމްފާ

އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގި މޯލްޑިވްސް ޖޫނިއA ލައިފްގާޑު ޕްރޮގްރާމުގެ ޕައިލެޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ޕައިލެޓް މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ކ. ތުލުސްދޫ އާއި ފުވައްމުލަކު ސިޓީގަ އެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް ތުލުސްދޫގައި ޕްރޮގްރާމް ހިންގާފައިވާއިރު، ފުވައްމުލަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 16 އިން 18 އަށެވެ. ކޮންމެ ރަށެއްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތަކުގައި، ތުލުސްދޫން އެކަނިވެސް 24 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

Advertisement

މޯލްޑިވްސް ޖޫނިއާ ލައިފްގާޑް ޕްރޮގްރާމަކީ އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ޒުވާނުން ބާރުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާއާ ގުޅިގެން ހިންގި މި ހަރަކާތުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، މީހުން ސަލާމަތްކުރުމުގެ އަސާސީ ހުނަރުތަކާއި، ފުރަތަމަ އެހީގެ އިތުރުން ތިމާވެށްޓަށް ޒިންމާދާރުވުމާއި ލީޑަޝިޕުގެ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ.

މި ހުރިހާ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވަނީ ކްލާސްރޫމް ސެޝަންތަކާއި އަމަލީ ހަރަކާތްތައް ހިމެނޭ ގޮތަށެވެ.

ޕައިލެޓް ޕްރޮގްރާމްތައް ނިމުމާ ގުޅިގެން، އަމްފާގެ ރައީސް ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ތަނުގައި ޕްރޮގްރާމު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރެވޭނެ ކަމަށެވެ. އަދި، އަމްފާގެ އަމާޒަކީ 2027 ވަނަ އަހަރު މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްރަށުގައި ފުޅާދާއިރާއެއްގައި ހިންގުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިކަމަށްޓަކައި ޝައުޤުވެރިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ހުޅުވާލެވޭނެ އެވެ.

އަމްފާގެ ނައިބު ރައީސް އަދި މި ޕްރޮޖެކްޓްގެ ލީޑް އާމިނަތު ސޮލާހު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ދުރު ރާސްތާގެ އަމާޒަކީ ހަމައެކަނި ތަމްރީނެއް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި ރަށްރަށުގެ މުޖުތަމައުތަކުގައި އަމިއްލަ ގާބިލުކަން ބިނާކޮށް، މޫދުގެ ރައްކާތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭނެ ލޯކަލް ޓްރޭނަރުން އުފެއްދުމަކީ އެ ޖަމިއްޔާގެ ބޮޑު ތަސައްވުރެކެވެ. މީގެ ސަބަބުން މުޖުތަމައުގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމް ހިންގުމުގައި އަމްފާއިން ފަންނީ އެހީތެރިކަމާއި، ތަމްރީނު ކުރުމުގެ އޮނިގަނޑާއި، ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ އެވެ. ނަމަވެސް ރަށްރަށުގައި މިކަން ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުމާއި ކޯޑިނޭޝަން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 2027 ވަނަ އަހަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލާނެ ގޮތުގެ ތަފްސީލުތައް އަމްފާއިން ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox