ޑައިވްކުރުމާއި ކަނޑުގެ އަޑި ބެލުމަކީ ދީނުގައި ބާރު އަޅާފައިވާ ކަމެއް

ފުވައްމުލަކުގައި ބަޔަކު ކަނޑު ފީނަނީ. -- ފޮޓޯ: ޕެލަޖިކް ޑައިވާސް ފުވައްމުލައް

ފުވައްމުލަކުގައި ބަޔަކު ކަނޑު ފީނަނީ. -- ފޮޓޯ: ޕެލަޖިކް ޑައިވާސް ފުވައްމުލައް

ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމެކެވެ. ފީނުމާއި ޑައިވްކުރުމަކީ ޒަމާނުއްސުރެ ދިވެހިންކުރާ ކަމެކެވެ. އަދި ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދުށުމަކީ ފަތުރުވެރިން ރާއްޖެ އަންނަ މައިގަނޑު އެއް ސަބަބުވެސްމެއެވެ. ކަނޑުގެ އަޑީގެ ދިރާސާތައް ކުރުމަށް ބޭނުންވާ ތަފާތު އާލަތްތަކާއި ވަސީލަތްތަކުގެ އަލީގައި އެކަށީގެންވާ އިލްމީ ދިރާސާތައް ކުރުމަކީ އާންމު ކަމެއް ނޫނަސް އެކަމަކީ ވެސް ދިވެހިން އެއްގޮތަކަށް ވެސް ފަށާފައިނުވާ ކަމެއްކަމުގައި ބުނާނެ ޖާގައެއް މިހާރަކު ނެތެވެ.

ޑައިވްކުރުމާއި ކަނޑުގެ އަޑި ބަލައި ހޯދުމުގެ މަސައްކަތްތަކަކީ ވެސް އެހެންވެސް ޕްރޮފެޝަންތަކެކޭ އެއްފަދައިން ވަކި ފަންނެއްގެ ގޮތުގައި ބެލެވެމުންދާތާ ވެސް އެތައް ޒަމާންތަކެއް ވެފައިވާ ކަމެކެވެ. އަދި މުނިފޫހިފިލުވުމުގެ ގޮތުންނާއި ޕްރޮފެޝަންއެއްގެ ގޮތުގައި އެމަސައްކަތް ކުރާ މީހުން ދަނީ ދުވަހުން ދުވަހަށް ގިނަވަމުންނެވެ. ޝައްކެތް ނެތްގޮތުގައި މިމައުލޫގައި ދީނީ ގޮތުން އުފެދިދާނެ މާބޮޑު ސުވާލެއް ނެތެވެ. ކަމަކީ ހުއްދަ ކަމެއް ކަމާމެދު ބަހުސެއް ނެތަތީއެވެ. ނަމަވެސް ދީނީ ގޮތުން މިމައުލޫގައި އެއްޗެއް ބުނުމަށް އަޅުގަނޑު ހިތަށް އަރަނީ މިކަމަކީ ދީން ބާރުއަޅާ ކަމެއްގެ ގޮތުގައި ފެންނާތީ އެވެ.

އަލްޢަންކަބޫތު ސޫރަތުގެ 20 ވަނަ އާޔަތުގައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި ﷲ، ހަލްގުތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، ﷲ އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެ އެވެ. (އެބަހީ: އަލުން ދިރުއްވައި އިއާދަ ކުރައްވާނެއެވެ.) ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ." މިއާޔަތުގައި އެވަނީ ބިމުގައި ދަތުރު ފަތުރުކޮށް އުޅުމަށް އަމުރުކުރައްވާފަ އެވެ. އާޔަތުގައި އޮތް ބިމުގެ މާނައަކީ އޭގައި އެއްގަމާއި ކަނޑާއި ކޯރުތަކާއި އެތަންތަނުގެ މައްޗާއި އަޑިއާއި އެތެރެފުށް ޝާމިލުވެފައިވާ ދުނިޔެ އެވެ.

Advertisement

ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތުން އަމުރުވެވޭ އަނެއް ކަމަކީ ވިސްނާފިކުރުކުރުމެވެ. އެހެން ނަޒަރަކުން ބަލާއިރު، އާޔަތުގައި ބަޔާން އެކުރައްވަނީ ހަލްގުތަކުން އުފެއްދެވި ގޮތާމެދު ވިސްނާފިކުރުކުރުމަކީ ބިމުގައި ދަތުރުފަތުރުކޮށް ހޯދައި ބަލައިގެން މެނުވީ ނުކުރެވޭނެ ކަމެއްކަމުގައެވެ. އެހެންނޫންނަމަ އެކަން ހޯދައިގަތުމަށް އާޔަތުގެ ފެށުމުގައި އަމުރުފުޅެއް އޮންނާންޖެހުނީސްތޯއެވެ؟

މިކަމަށް އިތުރަށް ބާރު ލިބެނީ އަލްޙައްޖު ސޫރަތުގެ 46 ވަނަ އާޔަތުންނެވެ. "ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ." ޝައްކެތް ނެތް ގޮތުން ސިކުނޑިއާއި ލޯހުޅުވިގެންދިއުމުގެ ވަސީލަތެއްގެ ގޮތުގައި އެއްގަމާއި ކަނޑުގައި ހަރަކާތްތެރިވެ އެއްތަނުން އަނެއް ތަނަށްގޮސް ހޯދައި ބެލުން ކަނޑައެޅިފައިވާކަން މިއާޔަތުން އެނގެއެވެ.

އަދި އާލްޢިމްރާން ސޫރަތުގެ 137 ވަނަ އާޔަތުގައިވަނީ "(އެކިއެކި އުންމަތްތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!" އަލްއަންޢާމް ސޫރަތުގެ 11 ވަނަ އާޔަތުގައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!"

ޔޫސުފް ސޫރަތުގެ 109 ވަނަ އާޔަތުގައި ވަނީ "އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ އަހުލުވެރިންގެ ތެރެއިން އެބަޔަކަށް ތިމަންރަސްކަލާނގެ ވަޙީއިއްވަވައި، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ، ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، ތަޤްވާވެރިވި މީހުންނަށް، އާހިރަތުގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟"

އައްރޫމް ސޫރަތުގެ 42 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެތެރެއިން ގިނަމީހުން މުޝްރިކުން ކަމުގައިވި އެވެ."

މިއާޔަތްތަކުން ސާފުކޮށް ދަލީލު ލިބޭ ކަމަކީ، ބިމުގައި ދަތުރުފަތުރުކުރުމުގެ އެއް ބޭނުމަކީ ޚަލްޤުތައް އުފެއްދެވި ގޮތް ދެނެގަނެ ހަލްގުތަކާމެދު ވިސްނާފިކުރުކުރުމެވެ. ހައްސަކޮށް މަތީގައި ބަޔާންކުރެވުނު އަލްޢަންކަބޫތު ސޫރަތުގެ 20 ވަނަ އާޔަތެވެ. އެގޮތުން ބަލާއިރު ކަނޑުތަކަކީ އެތަނުގައި މާތް ﷲ އެތައްހާސް މަހުލޫގެއް ލައްވާފައިވާ ތަނެކެވެ. ޑައިވްކުރުމަކީ އެ މަހުލޫގުތައް ބަލައި ވިސްނާފިކުރުކުރެވޭނެ އެންމެ މުހިންމު އެއް ގޮތެވެ. އެހެންވީމާ ޑައިވްކުރުމަށް އަލްޢަންކަބޫތު ސޫރަތުގެ 20 ވަނަ އާޔަތުން ބާރުއަޅާކަމުގައި ނުދެންނެވޭނެތޯ އެވެ؟

އެހެން ގިނަ އާޔަތްތަކުގައި އިހުގެ އުންމަތްތަކާއި ހަޟާރަތްތަކުގެ ނިމުން ހުރި ގޮތް ބެލުމުގެ ބޭނުމަށް އަދި އެކަމަކީ ވިސްނާފިކުރުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބިމުގައި ދަތުރުފަތުރުކޮށް އުޅުމަށް އިރުޝާދުދެއްވާފައިވާއިރު، ކަނޑުއަޑީގައި ފޮރުވިފައިވާ އެތައް ހަޟާރަތެއް ކަމާބެހޭ ޢިލްމުވެރިން ދަނީ ދައްކަވައި ތިލަކުރައްވަމުންނެވެ. އަދި އަނިޔާވެރިވުމުގެ ސަބަބުން ހަލާކުކުރެއްވުނު ބައެއް އުންމަތްތައް ހަލާކުކުރެއްވުނީ ގަރަގުކުރެވިގެންކަން އެއީ ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުންވެސް އެނގެން އޮތް ކަމެކެވެ. ވީއިރު، އަނިޔާވެރިވެގެން ހަލާކުކުރެއްވުނު އިހުގެ އުންމަތްތަކާއި އެމީހުންގެ ނިމުން ހުރި ގޮތް ބެލުމަށް ދަތުރުފަތުރުކުރުން އެއީ އަމުރުވެވިގެންވާ ކަމެއްކަމަށްވީހިނދު، ޣަރަގު ކުރެވުނު އުންމަތްތަކުގެ އަސަރުތައް ދެނެގަނެވޭނީ ކަނޑުގެ އަޑިއަށް ފީނައި ބަލައި ހޯދައިގެންނެވެ. ވީއިރު އެކަމަކީ ހުއްދަ ކަމަކަށްވުރެ މަތީން އަމުރުވެވިގެންވާ ކަމެއްކަމުގައި ނުވޭތޯ އެވެ؟

ބަޔާންކޮށްލެވުނު އެންމެހާ އާޔަތެއްގައި މާނައިގައި ދަތުރުފަތުރުކުރުންކަމަށް އައިސްފައި އޮތުމުން ފުރަތަމަ ވިސްނުމުގައި ވިސްނިގެންދަނީ، އެއީ ބިމުގައި ނުވަތަ އޮޑިދޯނި ބޯޓު ފަދަ އެއްޗަކުން ކަނޑުގައި ދަތުރުފަތުރުކުރުމުގެ މާނައާ ހަމައަށް ހަނިވެފައި އޮތް ކަމެއްކަމަށެވެ. ނަމަވެސް އެހެންނަކުންނޫނެވެ. އާޔަތުން އަންގަވަނީ އެއްގަމާއި ކަނޑާއި އެތަންތަނުގެ އަޑިއާ އެކީ ހޯދައި ބަލައި ވިސްނާފިކުރުކުރުމަށެވެ. އާދޭހެވެ! ޑައިވްކުރުމާއި ކަނޑުގެ އަޑި ބަލައި ހޯދުމަކީ ހަމައެކަނި ޝަރުޢީ ގޮތުން ހުއްދަ ކަމަކަށްވުރެ އިސްލާމްދީން އެކަމަށް އެތައް ވަރަކަށް ބާރުއަޅާފައިވާ ކަމެކެވެ.

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox