އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2028 އަށް ފަސްކޮށްފި

އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2028 އަށް ފަސްކޮށްފި

އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު އަނެއްކާ ވެސް ރައީސް މުހައްމަދު މުއިއްޒު ފަސްކޮށްފި އެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރުގައި ކުރިން އޮތީ މި ސައިޒުތަކުގެ ޕްލާސްޓިކު ފެން ފުޅި އެތެރެކުރުމާއި އުފެއްދުން ޑިސެންބަރު 1، 2025 އިން ފެށިގެން މަނާވާ ގޮތަށެވެ. އަދި ވިއްކުން މާޗު1، 2026 އިން ފެށިގެން މަނާވާ ގޮތަށެވެ.

ނަމަވެސް ރޭ ރައީސް މުއިއްޒު ގަރާރެއް ނެރުއްވައި، އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ހަމައަށް ހުންނަ ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުން ޑިސެންބަރު 1، 2027 އަށް އަދި ވިއްކުން ޖޫން 1، 2028 އިން ފެށިގެން މަނާވާ ގޮތަށް ކަނޑައަޅާފައިވެ އެވެ.

ގަރާރުގެ 13 ވަނަ މާއްދާގައި މިގޮތަށް ކަނޑައަޅާފައި ވާއިރު، 500 މިލިލީޓަރަށް ވުރެ ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން، އަދި ވިއްކުން މިހާރު ވެސް އޮތީ މަނާކޮށްފަ އެވެ.

ޕްލާސްޓިކު ފޭސް އައުޓް ކުރުން ނުވަތަ މަނާކުރުމުގެ ޕްރޮގްރާމް ހިންގަން ފެށީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ގާނޫނުގައި އޮންނަ ގޮތުން މަނާވާނެ ޕްލާސްޓިކުގެ ބާވަތްތަކާއި ތާރީހުތައް ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން މިހާތަނަށް ބޭނުންކުރުން ހުއްޓާލާފައިވާ 13 ބާވަތުގެ ތެރޭގައި ކުދި ކޮތަޅާއި، ސުޕާރީ، އެންމެ ކުދި ފެން ފުޅީގެ އިތުރުން ކާތައްޓާއީ ޖޫސް ޕެޓީ ކޮތަޅު ފަދަ އެއްޗެހި ހިމެނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެށިގެން މަނާކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް

  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި (ސްޓްރޯ)
  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރަން ބޭނުންކުރާ ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30x30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯ-ބަޔޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރ ބޭސްޑް ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކް ހިމެނޭ ގޮތަށް)
  • ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯ-ބަޔޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރ ބޭސްޑް ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކް ހިމެނޭގޮތަށް)
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  • ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  • 250 މިލިލީޓަރަށްވުރެ ކުދި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަބުރު
  • 50 މިލިލީޓަރާއި، 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް (ގޭސް ހިމެނޭ އަދި ގޭސް ނުހިމެނޭ ބުއިންތައް، ފެން ފިޔަވައި)
  • 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، 500 މިލިލީޓަރާ ހަމައަށް ހުންނަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން (މަނާކުރާ ތާރީހު 2028 އަށް ބަދަލުކޮށްފައި)

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox