ގަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގެ އެކި ހިސާބުތަކަށް ކިޔާ އުޅުނީ އެކިނަންނަމެވެ. އިންޑިއާ ކަނޑުތެރޭ ޕޯޗުގީޒުން ނުވަތަ ވިލާތު އިސްތިއުމާރު ހިނގަން ފެށި ހިސާބުން ލެޓިން ބަހުން Oceanus Indicus / Oceanus Orientalis Indicus ކިޔާ ނަން 1515 ގައި އެކި ޗާޓުތަކުގައި އާންމުކުރި އެވެ. އެ މީހުން ކަނޑުތަކަށް ނަންތައް ދިނީ އެ މީހުން ދަންނަ ފަސޭހަ މިންވަރަކަށެވެ.
އިންޑިއާ ކަނޑު ނުވަތަ (އިންޑިއަން އޯޝަން) މި ޒަމާނުގެ ޗާޓުތަކުން ފެނުމުގެ ކުރީން ދިވެހި މާލިމީން އޮޑިވެރީން ކިޔާ އުޅެނީ އެ މީހުން ގެ އަމިއްލަ ދިވެހި ނަންތަކެކެވެ. މުޅި އިންޑިއާ ކަނޑަށް ކިޔާ އުޅެނީ މެދުތެރެ މާކަނޑުގެ ނަމުންނެވެ. އަދި އުތުރުން ދެކުނަށް އަތޮޅުތައް ވަކިކުރާ ފުން ކަނޑުތަކަށް ވަކި ވަކި ނަންތަކެކެވެ.
ރާއްޖޭގެ އަތޮޅުތަކާއި ކަނޑުތަކުގެ ނަން—އެއްކޮށް މިޒަމާނުގެ ޗާޓުތަކުން ހުރިހާ ސަރަހައްދެއް އިންޑިޔާ ކަޑުގެ ނަމަށް ބަދަލުވުމުގެ ކުރީން ވިލާތު އިސްތިއުމާރީންނަށް ރާއްޖެ ހިމެނޭ ސަރަހައްދުގެ އަތޮޅުތަކާ ރަށްތައް އަދި ފަރުގިރި ފިނޮޅުތައް އެގެނީ ވަރަށް މަދު މިންވަރަކަށެވެ. ބެހިގެން ނުވަތަ އުރިގެން އުޅޭއިރު ނިސްބަތްވާ ރަށެއް އަތަޮޅެއް ނުވަތަ ސަރަހައްދެއް ގެ ނަމެއް ޗާޓު ގައި ހިމަނައިގެންނެވެ މިގޮތުން ފަނަރަސަތޭކަ ތޭރަ ވަނަ އަހަރު ރާއްޖޭގެ އެންމެ ދެކުނު ގެ ކަންދު އަތޮޅަށް ޕެދްރޮސް ބެންހޮސްގެ ނަމުން ނަންދިނެވެ.
ދިހަ ވަނަ ގަރުނުގެ ޗޯލާ ލިޔުމެއްގައި ދިވެހިރާއްޖެ ނަންކުރެވުނީ މުންނިރު ޕަލަންތީވު ޕަންނިރާޔިރަމް ކަމުގަ އެވެ.
"ބާރަހާސް ޖަޒީރާ، ތިން ކަނޑު ގުޅޭ ކަނޑު" — އަރަބި ކަނޑާއި، މެދުތެރެ މާކަނޑު، ބަންގާޅު ކަރަ ގުޅިފައިވާ ކަނޑު، ގްރީކްއި ރޯމަން ނަންތައް ޤަދީމީ ނަންތަކުގެ ތެރެއިން އެންމެ މުހިންމު ނަމަކީ އެރިތްރާ ކަނޑު - ގްރީކް ބަހުން Erythra Thalassa، ލެޓިން ބަހުން Mare Erythraeum ނުވަތަ Mare Rubrum. 1 ވަނަ ގަރުނުގެ Periplus of the Erythraean Sea ގައި މި ނަމުން ނަންކިޔަނީ ވަރަށް ބޮޑު ސަރަހައްދެކެވެ.
ރަތްކަނޑު، ފާރިސް ކޮޅު، އަރަބި ކަނޑު، އަދި އުތުރުކަރަ ހުޅަނގު ބައި އެފްރީކާގެ އިރުމަތީ ކަރަތައް ހިމެނޭ ހުރިހާ ސަރަހައްދަކަށެވެ. އެލެގްޒަންޑަރ ޒަމާނު ގްރީކުން އިންޑިކޮން ޕެލަގޮސް - ނަން — ވެސް ބޭނުންކުރި އެވެ.
އެގޮތުން ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅުގައި ތާރީހު ލިއުންތެރިޔާ ކޮލި ހަސަން އަހްމަދު މަނިކު ލިޔުއްވާފައިވާ ބައެއް ނަންތަކުގެ ތެރޭގައި އެންމެ ދެކުނު ފޯޅަވަހި ރަށުގެ ނަމަކަށް އޮތީ ޑިއެގޯގާސިޔާއެވެ. އޭގެ އިތުރުން ކަންދޫ ރަށުގެ ނަން ފަރަންސޭސިން އޮތީ އިލްޑެކޮއިން އަށް ބަދަލުކޮށް ބޯދި ގަމުގެ ނަން އިލެބޮޑަމް އަށް ބަދަލުކޮށް ގައުދޫގެ ނަން އިލެ ޕިއެއްރާ އަދި ފެހެންދޫގެ ނަން އިލެޕިއެއްރާ ފުނަދޫގެ ނަން އިލްތަކަ މަކައަށް ބަދަލުކޮށްފަ އެވެ. މީގެ ފަހުގެ ތާރީހެއްގައި ކުއީން ވިކްޓޯރިއާގ ދުވަސްވަރު ރާއްޖޭގެ ކަނޑުފަޅު ސާވޭކުރުމަށް ފޮނުވި ޓިމުގައި އިސްކޮށް ހުރި ކެޕްޓަން ރޮބަޓްމޮރިސްބީގެ ނަމުން ކަންދޫ އަތޮޅު ގެ ރަށަކަށް މޮރިސްބީ ރަށުގެ ނަމުންވެސް ނަންކިޔާ ކިޔާ ޗާޓުގައި ހިމަނާފަ އެވެ.
ލެޓިން ލިޔުންތަކުގައި ފަހުން Mare Indicum ލިޔެވުނެވެ. ކުރީގެ ލިޔުންތަކުގައި “Mares” ކަމަށް އިންނަނީ ހަމަ ލެޓިން ބަހުގެ “ކަނޑުތައް” މި ލަފުޒެވެ. އެހެންކަމުން ގްރީކް–ރޯމަން ޖުއޮގްރަފީގައި އެއްއިރެއްގެ ދެ ޚިޔާލެއް ހުރިކަންފާހަގަވެ އެވެ.
މިސްރުން އިންޑިޔާ ހިސާބަށް ދެމިފައިވާ ކަނޑެއް، އަދި އިންޑިޔާ ނަމުން ނިންދީފައިވާ ކަނޑެއް.ޢަރަބި، ފާރިސީ އަދި އިސްލާމީ ނަންތަކަށް ބަލާއިރު 9 ވަނަ ގަރުނުން 15 ވަނަ ގަރުނަށް އިސްލާމީ ޖުއޮގްރާފީ ލިޔުންތަކުން އެއްކަނޑެއް ކަމުގައި ބަލާފައެއްނުވެ އެވެ. އެމީހުން ކަނޑު ބައިކޮށް، ކުޑަ ކަނޑުތަކަށް ނަން ދިނީ އެންމެ ކައިރީގައި ތިބި ކަރަތަކަށް ނުވަތަ ނިސްބަތްވާ ބައެއްގެ ނަމުންނެވެ.
- ބަހްރު އަލް-ހިންދު — އިންޑިޔާގެ ކަނޑު، އެންމެ އާންމު ނަމެވެ.
- ބަހްރު އަލް-ޒަންޖު / ބަހްރު ޒަންޖީ / ބަހުރުލް ޒަންޖީ ޒަންޖުގެ ކަނޑު ނަންކިޔަނީ އެފްރީކާގެ އިރުމަތީ ރަށްތައް ސުވާހިލީ ސަރަހައްދުގެ ހުޅަނގު ބައެވެ. ޒަންޖު ނަމުން ޒަންޒިބާރަށް ނަން ކިއުމާއި، ޢަރަބި ނައުފަހަރުގެ މާލިމީން ނުރައްކާތެރި ކަމުގައި ބެލި ކަނޑުގެ ސަރަހައްދަށް ނަން ތައް ހޯދިއެވެ.
- ބަހްރު އަލް-ހަބަޝީ — ހަބަޝާ / އެބިސީނިޔާ ކަނޑު. ބައެއް ފަހަރު ހަބަޝްކަރައިން އުތުރުކަރަޢައި ހިސާބަށް ދެމިގެންވާ ބޮޑު ސަރަހައްދަކަށް މި ނަން ބޭނުންކުރެވުނެވެ. “އިބިސީނިޔަން ސީ” މި ނަމުގެ އަސްލަކީ މި ނަމެވެ.
- ބަހްރު ފާރިސް — ފާރިސް ކަނޑު. މިހާރުގެ ފާރިސް ހޮރުމޯޒް ސަރަހައްދަށް ވެސް މިނަން ބޭނުންކުރެވުނެވެ.
ޗައިނާ ހިސާބަށް ދިއުމަށް ނަވެއްގައި ހަތްކަނޑު ހުރަސްކުރާ ކަމުގައި ވެސް ލިޔެފައި ވެއެވެ. އަލް-ޔަޢުޤޫބީ އެ ހަތް ކަނޑު ފާރިސް ކަނޑުން ފެށިގެން ޗައިނާ ނުވަތަ ސީނު ކަނޑަށް ނަން ކިޔާފައި ވެއެވެ. މުޅި ހަތްކަނޑުގެ ސަރަހައްދު އެކުގައި އަލް-ބަހްރު އަލް-އަޢުޡަމް -ބޮޑު ކަނޑު - ވެސް ކިޔާފައި ވެއެވެ. މި ހިޔާލުގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނިފައި ވަނީ ބަހްރު އަލް-ހިންދުގެ ތެރޭގަ އެވެ. ޢަރަބި ލިޔުންތަކުގައި ރާއްޖެއަށް ދިބާޖާތް ނުވަތަ މަޙަލް ދީބިޔާތް ކިޔާފައި ވެއެވެ.
ދިވެހި ނަންތައް އުފެދުނީ އެމީހުން ކަނޑުތަކުގެ ސަރަހައްދުގެ އިތުރުން އޮޑިފަހަރުގައި ބޮއްޔާ ރޯނު ގެ ވިޔަފާރީގައި އާންމުކޮށް ދަތުރުކުރާ ކަޑުތަކުގެ ބޭރުން އިތުރު ކަނޑުތަކަށް ވެސް ދިވެހިން ފަރިތަވީމަ އެވެ. ދިވެހި ބަހުން ކަނޑު ގެ މާނައަކީ އަތޮޅުތަކުގެ ދެމެދުގައި ހުރި ފުން ކަނޑެވެ. މިއީ ފަޅުތެރޭގެ ތިލައެއް ނޫނެވެ. އުތުރުން ދެކުނަށް ދެމިފައިވާ ގުދުރަތީ އަތޮޅުތަކުގެ ސިލްސިލާ ވަކިކުރާ، ކަނޑުގެ މަގުތަކެވެ. އޮޑި ދޯނިތަކާއި ބޭރު ނަވުތައް ހުއްޓުމެއްނެތި ދަތުރުކުރަމުން ދިޔަ ކަނޑުގެ ސަރަހައްދުތަކެވެ. ޗޯލާ ނައުފަހަރަކީ ވެސް ތިންކަނޑު ގުޅޭ ހިސާބުގެ ކުރީގެ ބައިވެރިއެކެވެ.
ކަނޑުތަކުގެ ދިވެހި ބައެއް ނަންތައް
އެންމެ އުތުރުމާމަލޭ ކަނޑު (މަލިކު ކަނޑު) އަކީ އެއިޓް ޑިގްރީ ޗެނަލެވެ. މިނިކޮއި -މަލިކު، މިހާރު އިންޑިޔާގެ ބައެއް - އާއި އިހަވަންދިއްޕޮޅުގެ ދެމެދުގައި ވެއެވެ. އެންމެ ކުރީގެ ދިވެހި ނަންތަކަކީ މަލިކު ކަނޑު އާއި އަށް ޑިގިރި ކަނޑެވެ.
މާމަލޭ ކަނޑު ނަމުން މަޝްހޫރުވީ، ޕޯޗުގީޒުން އައުމުގެ ކުރިން މި މަގު ބެލެހެއްޓި މަލަބާރު ވިޔަފާރިވެރި މާމަލޭ މަރައްކާރުގެ ނަމުންނެވެ.
ފަރަންސޭސި ޗާޓުތަކުގައި Courant de Malicut ލިޔެވުނެވެ. މި ވަކި ކަނޑަށް ގްރީކް، ރޯމަން، ނުވަތަ ޤަދީމީ ޢަރަބި ނަމެއް ނެތެވެ. އެއީ ބަހްރު އަލް-ހިންދުގެ ބައެކެވެ. މިއީ ރާއްޖޭގެ އުތުރު ކަނޑުގެ ހުދޫދެވެ.
ގައްލަންދޫ ކަނޑު (އިހަވަންދޫ / ގައްލަންދޫ ކަނޑު) އިހަވަންދިއްޕޮޅާއި ތިލަދުންމަތީގެ ދެމެދުގައި ވެއެވެ.
ނޫމަރާ ކަނޑު ނަން ލިބިފައި ވަނީ ށ. / އުތުރު މިލަދުންމަޑުލުގެ ނޫމަރާ ރަށުންނެވެ.
އެ އުތުރު އަތޮޅު ޖަމާޢަތުގެ އިރުމަތި ފަރާތުގައި ހިމެނޭކަނޑެކެވެ.
އުތުރު–މެދުބަރަވެލި ކަނޑު ނ. އަތޮޅު، ޅ. އަތޮޅު، ރ. އަތޮޅު މި ތިން އަތޮޅުގެ ދެމެދުގައި ދެމިގެން ދެއެވެ.ދެބުރިދެތެރޭ ކަނޑު، އިނގިރޭސި ޗާޓުތަކުގައި ވިކްޓޯރިޔާ ގެ ރަސްކަމުގެ ދުވަސްވަރު ރާއްޖޭގެ ޗާޓު އެކުލަވާލި މޯރަސްބީ ގެނަމުން ޗެނަލް، ރ. އަތޮޅާއި ބ. އަތޮޅުގެ ބައިގެ ދެމެދުގައި ހިމެނޭ ކަނޑެވެ.
މެދުތެރޭގެ ބޮޑު ކަނޑު ކާށިދޫ ބޮޑު ކަނޑު އާއި ކާށިދޫ ކުޑަ ކަނޑު އެއްކޮށް ކާށިދޫ ކަނޑު، ކާޑިވާ ޗެނަލް، ނަން އުފެދެއެވެ. މިއީ ހުޅަނގުދެކުނުން އިރުއުތުރަށް ދެމި، އުތުރު އަތޮޅުތައް މެދު އަތޮޅުތަކުން ވަކިކުރާ ބޮޑު ކަނޑެވެ.
ކާށިދޫ ރަށް މެދުތެރޭ ހުރުމުން، ކަނޑު ބޮޑު އުތުރު ބައާއި ކުޑަ ދެކުނު ބައަށް ބައިވެއެވެ.
މި ސަރަހައްދަކީ އާންމުކޮށް ވިޔަފާރި ނައުފަހާ އޮޑިފަހަރު ދަތުކުރާ މަގެކެވެ.
ފަރަންސޭސި ޗާޓުތަކުގައި Courant de Caridou ލިޔެވުނެވެ. އެ ޗާޓުތަކުގައި ހަނި ކަނޑު (ކަގި ކަނޑު) ގާފަރު އާއި އުތުރު މާލެ އަތޮޅުގެ ދެމެދުގައި ވެއެވެ.
މެދު ރާއްޖެ އަލިހުރަސް ކަނޑަކީ އިރުމަތީ ފަރާތުގެ އަތޮޅު ސިލްސިލާ އާއި، ހުޅަނގު ފަރާތުގެ އަރި އަދި ނިލަންދެ އަތޮޅު ސިލްސިލާ އާ ދެމެދުގައި އުތުރުން ދެކުނަށް ދެމިގެން ދާ ހުޅުވި ކަނޑެވެ.
ކަނޑުގެ ޗާޓުގައި މިއީ ސިލްސިލާގެ މެދުތެރޭ ނަން ނުލިޔާ ބޮޑު ހުސް ތަނެކެވެ.
ވާދޫ ކަނޑު އުތުރު މާލެ އަތޮޅާއި ދެކުނު މާލެ އަތޮޅުގެ ދެމެދުގައި ވެއެވެ.
ރާއްޖޭގައި އެންމެ ފުން، ކަނޑުތަކުގެ ތެރެއިން އެކެވެ.
ފުލިދޫ ކަނޑު ދެކުނު މާލެ އަތޮޅުގެ ދެކުނުން، ވާވު އަތޮޅުގެ އުތުރުން ވެއެވެ.
އަރިއަދޫ ކަނޑު އަރި އަތޮޅު އ. އަތޮޅާއި ފާފު އަތޮޅު (އުތުރު ނިލަންދެ) ވަކިކުރެއެވެ.
ފުންކޮށް - ސަތޭކަ މީޓަރުން ހާސް މީޓަރަށް ވުރެ ފުން ހިސާބު ވެސް ވެއެވެ. ދެކުނު އަރިއަތޮޅު ސަރަހައްދުގެ ބައެކެވެ.
މި ކަނޑަކީ ފެހުރިހި ދިރިއުޅޭ މަޝްހޫރު ކަނޑެވެ. މީމު އަތޮޅުގެ ރަތްމަންދޫ / މުލި އާއި ފޮއްތެއުފަޅު ނުވަތަ ފޮއްތެޔޮ މުލި ދެމެދުގައި ވެއެވެ. މީމު އަތޮޅާއި ކުޑަ ވައްޓަރު ފަޅުގެ ދެމެދުގައި ވެއެވެ. ވައްޓަރު ސަރަހައްދަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަހައްދެވެ.
ފުށި ކަނޑު ފ. އަތޮޅާއި ދ. އަތޮޅުގެ ދެމެދުގައި ވެއެވެ.
ކުޑަހުވަދޫ ކަނޑު މ. / ދ އާއި ތ. (ކޮޅުމަޑުލު) ގެ ދެމެދުގައި ވެއެވެ.
ދެކުނު ރާއްޖޭގެ ވޭމަންޑޫ ކަނޑު (ހައްދޫ ކަނޑު) ތ. އަތޮޅާއި ލާމު އަތޮޅު ވަކިކުރެއެވެ.
ވަރަށް ފުން - މެދުތެރޭ 2,000 މީޓަރަށް ވުރެ ފުން ސަރަހައްދެއް ލިބިފައި ވަނީ ތ. އަތޮޅުގެ ވޭމަންޑޫ ރަށާދިމާލުންނެވެ
ހުވަދޫ ކަނޑު، ވަން އެންޑް ހާފް ޑިގްރީ ޗެނަލް، ހުވަދޫ އަތޮޅުގެ ދެކުނުން ވަނީ ވަރަށް ފުޅާ ކަނޑެވެ.
ދެކުނުން ރާއްޖެ ހުރަހަށް ނަވުތައް ދަތުރުކުރި އެންމެ މުހިންމު ތާރީޚީ މަގުތަކުގެ ތެރެއިން މަގެކެވެ.
އައްޑޫ ކަނޑު، އިކުއެޓޯރިއަލް ޗެނަލް، ހުވަދޫ އަތޮޅާއި އައްޑު އަތޮޅުގެ ދެމެދުގައި ވެއެވެ.
އިކުއެޓަރ މި ކަނޑުގެ އުތުރު ބައި ހުރަހަށް ދެމިގެން ދެއެވެ.
މުލައް ކަނޑަކީ އިކުއެޓޯރިއަލް ކަނޑުގެ، ޏ.ފުވައްމުލައް އާއި އައްޑު އަތޮޅުގެ ދެމެދުގައި ހުރި ބައެވެ.
އައްޑޫ ކަނޑާއި މުލައް ކަނޑު އެއްކޮށް އިކުއެޓޯރިއަލް ޗެނަލް އުފެދެއެވެ. އިކުއެޓަރާ މާ ކައިރީގައި ހުރުމުން މިއީ އެންމެ ހަލުވި، ގަދަ ކަނޑުތަކުގެ ތެރެއިން ކަނޑެކެވެ.
އައްޑުގެ ދެކުނުން ދިވެހި ބަހުގެ ނަމެއް ނުހުއްޓެވެ.
ފޯޅަވަހި - ހޮއްޅަވައި، ހޮޅްހަވައި، ފޮޅަވަހި ވެސް -އަކީ، ރައްޔިތުން ދިރިއުޅޭ އެންމެ ދެކުނު އަތޮޅުތަކުގެ ދެކުނުން ހުރި ކަނޑާއި ރަށްރަށަށް، ޚާއްޞަކޮށް ޗާގޯސް އަށް، ދިވެހިން ކިޔާ ޤަދީމީ ނަމެވެ.
ޕޯޗުގީޒު ޗާޓުތަކުގައި Polvera ނުވަތަ Pullobay ލިޔެވުނެވެ.
ދެކުނުގެ ބައެއް ވާހަކަތަކުގައި މި ނަން އަދި ވެސް ފުޅާކޮށް، ރާއްޖޭގެ ދެކުނާއި ހުޅަނގުދެކުނުގެ ހުރިހާ ރަށަކަށް ކިޔާ ނަމެއް ވެސް ކަމުގައެވެ. ޤަދީމީ ދިވެހި ޗާޓުގައި ނަން ލިޔެވި އެންމެ ފަހު ކަނޑަކީ ފޯޅަވަހިކަނޑެވެ.
މި ދެ ތޮޅުގެ ދެމެދުގައި ހުރީ ތިލަ ކަނޑެއް ނޫނެވެ. ދެކުނު ކަނޑު އެވެ.އެކި މޫސުންތަކަށް ގަދަވާކަނޑެކެވެ “އިންޑިޔާ ކަނޑުގެ މޫސުންތަކަށް ދިވެހީން ފަރިތައެވެ” އަދި ހަމަ އެވޭލާޒަމާނުގެ އެކިކަރަތަކުން ހިއްސާވި އޮޑިދަތުތައް، އެރިތްރާ ކަނޑު، އިންޑިކޮން ޕެލަގޮސް، ބަހްރު އަލް-ހިންދު، ބަހްރު އަލް-ޒަންޖު، ބަހްރު އަލް-ހަބަޝީ، ބަހްރު ފާރިސް، ޗައިނާ ހިސާބަށް ދާ ހަތް ކަނޑު، އިތުރުން ފަރުގިރިތަކަށް ފަރިތައެވެ. އަދި އެކަރަތަކުގެ ރަށްތަކަށް ކިޔާނަންތަކަކީ ދިވެހީންނަށް ފަރިތަ ނަންތަކެކެވެ.
މާމަލޭ، ގައްލަންދޫ، ނޫމަރާ، ބަރަވެލި، ދެބުރިދެތެރޭ، ، ކާށިދޫ ބޮޑުކަނޑު އަދި ކުޑަ، ހަނި، އަލިހުރަސް، ވާދޫ، ފުލިދޫ، އަރިއަދޫ، ވައްޓަރު-އުތުރު އަދި ވައްޓަރު-ދެކުނު، ފުށި، ކުޑަހުވަދޫ، ވޭމަންޑޫ، ހުވަދޫ، އައްޑޫ، މުލައް، އަދި އެއަށްފަހު ފޯޅަވަހި.އެއްކޮށް ކިޔާއިރު، އެއް މޫސުން ދެ ބޮޑުމިނުން ފެނެއެވެ.
މެދުތެރެ މާކަނޑު، ޢަރަބި، އެފްރީކާ، ސީނު، ކަނޑެވެ. ފަރު ގިރިތަކުގެ ތެރެއިން ދެމިގެން ދާ ފުން ކަނޑުއޮޅިތަކަށް، ކޮންމެ ކަނޑަކަށް ނަމެއް، ކޮންމެ ފަރަކަށް، ގަދީމީ ދިވެހި ނަމެއްވެެެއެވެ.









