ދުނިޔޭގެ ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން ކަމުގެ ޝަކުވާ

Sep 13, 2026, 10:24 PM
 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް:

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް:

ވަލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލުން ބައިނަލްއަގުވާމީ މަޝްހޫރު ފްރެންޗައިޒް ބްރޭންޑަކަށް ވިޔަފާރި ޖާގަ ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ވިޔަފާރިވެރިޔާ އަދި އޭޝިއާ ފޯވާޑިންގެ ސީއީއޯ އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޒިޔާދު މިހެން ވިދާޅުވީ އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ފިރާގުގެ ޕޯސްޓުގައި ވަނީ އެއާޕޯޓުގެ ޑިޕާޗާ ޓަރމިނަލްގައި ހުރި ކޭއެފްސީގެ އައުޓްލެޓްގައި އޯޑަރު ދިނުމަށް ބަހަށްޓާ ކިއޮސްކްތައް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ކައުންޓަރުތަކުގެ ކިއު ދިގުވުން ކުޑަކޮށް، ޕަސެންޖަރުންނަށް ފަސޭހަ އާއި ހަލުވި ހިދުމަތެއް ފޯރުކޮށްދިނުމަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕޯސްޓާ ގުޅިގެން ޒިޔާދު ވިދާޅުވީ، 137 އަހަރަށްވުރެ ދިގު މާޒީއެއް އޮތް، ދުނިޔޭގެ 47 ގައުމެއްގައި 750 އަށްވުރެ ގިނަ އައުޓްލެޓް ހިންގަމުންދާ އަދި ދުނިޔޭގެ މައިގަނޑު އެއާޕޯޓްތަކުގައި ކާމިޔާބުކަމާއެކު ހިންގަމުންދާ ބްރޭންޑެއް ރާއްޖެއަށް ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެ ގޮތުން އެއާޕޯޓުގެ އާ ޓާމިނަލުން ޖާގަ ހޯދުމަށް  ކެނޑިނޭޅި އެދެމުންދާ ކަމަށާއި، މި ބްރޭންޑް ގެނައުމަށް ހުށަހެޅީ ރެވެނިއު-ޝެއަރިންގް މޮޑެލް ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ބްރޭންޑެއް އާ ޓާމިނަލްގެ އެންމެ ކުރީ ސަފުގައި ގާއިމުކުރެވުމަކީ ބައިނަލްއަގުވާމީ ޕަސެންޖަރުންނަށް ރާއްޖެއާމެދު ރަނގަޅު ތަސައްވުރެއް ގެނެސްދޭނެ ކަމެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

އާ ފްރެންޗައިޒްއަކަށް އެމްއޭސީއެލްއިން ޖާގަ ނުދިން މައްސަލައެއް އުޅޭއިރު، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ދުވަސްވަރާއި ކުރިން ހުރި ބައެއް ވިޔަފާރި ޖާގަތައް އާންމުކޮށް އިއުލާންނުކޮށް ދިން މައްސަލަތަކެއް ފެންމަތިވި އެވެ. މި މައްސަލަތަކުގައި އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox