ފެނަބާޗޭގެ ކޯޗު އިސްތިއުފާދިނަސް ކްލަބްގެ ރައީސް ގަބޫލެއް ނުކުރި

Sep 11, 2026, 9:20 AM
ފެނަބާޗޭގެ ކޯޗު އިސްމާއިލް ކާޓާލް.

ފެނަބާޗޭގެ ކޯޗު އިސްމާއިލް ކާޓާލް.

އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގައި ރޭ އިޓަލީގެ ރޯމާއާ 1-1 އިން އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ތުރުކީގެ ކްލަބް، ފެނަބާޗޭގެ ކޯޗު، އިސްމާއިލް ކާޓާލް މަގާމުން އިސްތިއުފާ ދީފި އެވެ. 

ކުރިން، ފެނަބާޗޭ އަށް 250 އަށް ވުރެން މެޗު ކުޅެދިނުމުގެ އިތުރުން، އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި، ކާޓާލް،ފެނަބާޗޭގެ ކޯޗުކަމާ ހަތަރު ވަނަ ފަހަރަށް ހަވާލުވީ، މިދިޔަ ޖޫން މަހު އެވެ. އަށާރަ އަހަރަށް ފަހު ފެނަބާޗޭ، ޗެމްޕިއަންސް ލީގަށް ގެނައުމުގައި ވެސް ކާޓާލް މުހިންމު ދައުރެއް އަދާކުރި އެވެ. އެކަމަކު، ފުރަތަމަ މެޗަށް ފަހު އޭނާ ވަނީ މަގާމުން ދުރުވާން ނިންމައިފަ އެވެ. 

ކާޓާލް ބުނީ، ފެނަބާޗޭ އަށް އެނބުރި އައިސް މި ވީ ތިން މަހެއްހާ ދުވަސް ތެރޭ ކުޅުންތެރިންނާއި ކްލަބްގެ މެނޭޖްމަންޓުން އޭނާ އަށް ދިން އެއްބާރުލުން ވަރަށް ރަނގަޅު ކަމަށެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި އެކަމަކު އެންމެ ރަނގަޅު ގޮތަކީ ދެން އޭނާ ޓީމާ އެކު ކުރިއަށް ނުދިއުން ކަމަށް ބުނެ، ކާޓާލް ވަނީ އިސްތިއުފާ ދިންކަން އިއުލާނުކޮށްފަ އެވެ. 

"މިއީ، އަހަރެންގެ ކްލަބަށް ކުރިއަށްދާން ފުރުސަތު ދޭން ވެގެން ނިންމި ނިންމުމެއް. މިއީ، ޓީމެއްގެ ވިސްނުމުގައި އަހަަރެން ކަނޑައެޅި ގޮތެއް،" އުމުރުން 65 އަހަރުގެ ކާޓާލް ބުންޏެވެ. 

ކާޓާލް މަގާމުން އިސްތިއުފާ ދިން ކަމުގައި ވިޔަސް ފެނަބާޗޭގެ ރައީސް، އަޒީޒް ޔިލްޑްރިމް ވަަނީ ކާޓާލްގެ އިސްތިއުފާ ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ. އެ ގޮތުން، ޔިލްޑްރިމް ވިދާޅުވީ، އޭނާ އެ ކްލަބްގެ ރައީސަކަށް ދެމިހުރިހާ ދުވަހަކު، އެ ކްލަބްގެ ކޯޗަކީ ކާޓާލް ކަމަށެވެ. 

ފެނަބާޗޭ އިން އިސްތިއުފާ ދޭން ކާޓާލް ނިންމިއިރު، ތުރުކީ ސުޕަ ލީގުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. ރޭ ރޯމާއާ ދެކޮޅަށް ފެނަބާޗޭ އިން ކުޅުނު މެޗުގައި، ސަޕޯޓަރުންގެ ނުރުހުން ކާޓާލް އަށް ވަރަށް ބޮޑަށް އަމާޒުވިއިރު، ސަޕޯޓަރަކު ވަނީ އޭނާއާ ދިމާލަށް ފުޅިއެއް ވެސް އެއްލައިފަ އެވެ. 

ރޭގެ މެޗުގައި ރޯމާގެ ބްރަޔަން ކްރިސްޓަންޓޭ ވަނީ އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދީފަ އެވެ. ފެނަބާޗޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި އާޗީ ބްރައުން ޖެހި ގޯލުންނެވެ. މެޗަށް ފަހު، ކާޓާލް އިސްތިއުފާ ދިން ހަބަރު ކުޅުންތެރިންނަށް ލިބިގެންދިޔައިރު، އެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔައީ ހައިރާން ކަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox