ފެނަބާޗޭ 18 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް

Aug 27, 2026, 10:42 AM
ލިޔޯން މެޗަށް ފަހު ގުއެންޑޫޒީ އުފާފާޅުކުރަނީ.

ލިޔޯން މެޗަށް ފަހު ގުއެންޑޫޒީ އުފާފާޅުކުރަނީ.

ޕެރިސް (އޮގަސްޓް 27) - ޕްލޭއޮފްގެ ދެ ވަނަ ލެގުގައި 2-1 އިން ފްރާންސްގެ ލިޔޯން ބަލިކޮށް، ތުރުކީގެ ގަދަބާރު، ފެނަބާޗޭ އިން 18 އަހަަރަށް ފަހު ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ. 

ތުުރުކީގައި ކުޅުނު ފުރަތަމަ ލެގު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، ރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް، ޗެމްޕިއަންސް ލީގުގެ ޖާގަ އޮތީ ލިބޭ ގޮތަށެވެ. ފެނަބާޗޭ އިން މި މެޗުން މޮޅުވެ، 3-2 ގެ އެގްރިގޭޓަކުން ކުރިހޯދައި، 2008/09 ގެ ސީޒަނަށް ފަހު، ޗެމްޕިއަންސް ލީގުން މި ވަނީ ޖާގަ ހޯދައިފަ އެވެ. އެންމެ ފަހުން، ޗެމްޕިއަންސް ލީގުގައި ކުޅުނު ފަހުން، 10 ފަހަރު ޗެމްޕިއަންސް ލީގު ކޮލިފައިންގައި ކުޅެގެން ފެނަބާޗޭ އަށް ކުރި މި ލިބުނީ ފުރަތަމަ ފަހަރަށެވެ. 

މިއީ، ޗެމްޕިއަންސް ލީގު މިހާރު ކުޅޭ ފޯމެޓަށް ބަދަަލުކުރި ފަހުން، ފެނަބާޗޭ އިން މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. 

ލިޔޯނުން ރަނގަޅަށް ފެށި މި މެޗުގައި އެ ޓީމުގެ މަލިކް ފޮފާނާ ޖެހި ޝޮޓެއް ފެނަބާޗޭ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ. އަދި، ލިޔޯންގެ ޓެނާ ޓެސްމަން ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ފެނަބާޗޭ އިން ލީޑުނެގީ ވޭދާތު މުރީކީ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ފެނަބާޗޭ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ މޭސަން ގްރީންވުޑް ދިން ބޯޅައަކުން އާޗީ ބްރައުން އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ލިޔޯނުން ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އެ ޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖަހައިދިނީ އައިންސްލީ މައިޓްލަންޑް ނައިލްސް ދިން ބޯޅައަކުން ފޮފާނާ އެެވެ. 

މެޗު ނިމުމާ އެކު، ލިޔޯންގެ ސަޕޯޓަރުންނާއި ފެނަބާޗޭގެ މިޑްފީލްޑަރު، މަޓެއޯ ގުއެންޑޫޒީގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. މައްސަލަ ހޫނުވީ މެޗު ނިމުނު ފަހުން، ލިޔޯން ސަޕޯޓަރުންނަށް އަތުން އިޝާރާތްކޮށް ގުއެންޑޫޒީ، ޝުއޫރެއް ފާޅުކުރި ހިސާބުންނެވެ. ކުރިން ލިޔޯންގެ ވާދަވެރި މާސޭ އަށް ތިން އަހަރު ކުޅުނު ގުއެންޑޫޒީ، ޓަނަލް އަށް ވަންނަން ދިޔަ ވަގުތު ދަނޑަށް އެރި ލިޔޯންގެ ކިޓެއް ލައިގެން ހުރި މީހަކާއި ގެންޑޫޒީއާ ދެމެދު މާރާމާރީއެއް ވެސް ވަނީ ހިނގައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox