އޭވިއޭޝަން

5 ލިޔުން

ފަހުގެ

އެއާ ޓްރެފިކް މައްސަލަ ދިމާވެ ޔޫކޭގެ ވައިގެ ދަތުރަށް ބުރޫއަރައިފިދުނިޔެ

އެއާ ޓްރެފިކް މައްސަލަ ދިމާވެ ޔޫކޭގެ ވައިގެ ދަތުރަށް ބުރޫއަރައިފި

އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ބޮޑެތި އެއާޕޯޓްތަކުގެ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (ނެޓްސް) އިން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ވައިގެ ދަތުރުފަތުރުތައް ވަކި މިންވަރަކަށް ކޮންޓްރޯލް ކުރަން ފަށާފައެވެ.

އަލިފާން ފަރުބަދަ ގޮވުމުން އިންޑޮނޭޝިއާގެ އަށް އެއާޕޯޓު ބަންދު ދުނިޔެ

އަލިފާން ފަރުބަދަ ގޮވުމުން އިންޑޮނޭޝިއާގެ އަށް އެއާޕޯޓު ބަންދު

އިންޑޮނޭޝިއާގެ އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ ގޮވައި، ޖަކާޓާގެ ދެ އެއާޕޯޓާއެކު ޖުމްލަ އަށް އެއާޕޯޓެއް ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ބަންދުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވެ 170،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަލިފާން ފަރުބަދަ އިތުރަށް ގޮވުމުގެ ފުރުސަތު އޮތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.