ރަށުގެ ބިންތައް ސަރުކާރަށް އަތުލާ އިސްލާހު އަނބުރާ ގެންދިޔުމަށް ކެލާ ކައުންސިލުން ގޮވާލައިފި

Aug 19, 2026, 8:29 AM
ހއ. ކެލާގެ ސެޓްލައިޓު ފޮޓޯއެއް : އެ ރަށުގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮފަ --- ފޮޓޯ: ގޫގުލް އާތު

ހއ. ކެލާގެ ސެޓްލައިޓު ފޮޓޯއެއް : އެ ރަށުގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮފަ --- ފޮޓޯ: ގޫގުލް އާތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު، ލާމަރުކަޒީ ނިޒާމު ރޫޅާލުމަށް ހުށަހަޅާފައިވާ ބަދަލުތަކެއް ކަމަށް ބުނެ އެ އިސްލާހުތައް އަނބުރާ ގެންދިއުމަށް ހއ. ކެލާ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ. 

މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބޭއްވި ކެލާ ކައުންސިލްގެ 5 ވަނަ ދައުރުގެ 6 ވަނަ ކުއްލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ އިސްލާހުތަކުގެ ސަބަބުން ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މަގުސަދަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ މުހިންމު ނުކާތައް:

  • މިހާރު ބިލް އޮތްގޮތަށް ފާސްވެއްޖެ ނަމަ ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ލުއިފަސޭހަކަމާއި އާމްދަނީ ހޯދުމުގެ ބާރުތައް ހަނިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ އަދި އިޖްތިމާއީ ހިދުމަތްތަކަށް ހުރަސްއެޅޭނެ
  • ކައުންސިލް ބަޖެޓުންނާއި ސަރުކާރު މެދުވެރިކޮށް ރޭވިފައިވާ އިގުތިސާދީ، އިޖްތިމާއީ އަދި އުމްރާނީ މަޝްރޫއުތައް ހުއްޓި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރުން
  • ރަށްރަށުގެ އިހުތިސާސްގެ ތެރެއިން ބޭނުން ތަނެއް މާލޭގައި ތިއްބަވާ މަރުކަޒީ ވެރީންނަށް އަތުލައިގަތުމުގެ ޖާގަ ފަހިވެ، ބިމުގެ އަގާއި އޭގެ ފައިދާ ރައްޔިތުންނަށް ސީދާގޮތެއްގައި ލިބުމުގެ ފުރުސަތު ހަނިވެގެންދިޔުން
  • އިސްލާހުތަކާ ދެކޮޅަށް ރައްޔިތުން ބަސްބުނުން މަނާވެ، އިންތިހާބީ މަންދޫބުން ސަސްޕެންޑްކޮށް ވަކިކުރުމުގެ ބާރު މަރުކަޒީ އިދާރާތަކަށް މާސާފުކޮށް ލިބިގެންދިޔުން

"މިއީ ރަށްރަށުގެ ކައުންސިލްތަކުން އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދެމިލާ މަންޒަރު ފެންނަމުންދާތީ މުޅި ނިޒާމަށް ދެމުންދާ ހަމަލާއެއް. މިއީ ސީދާސާދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނާއި ރަށުބާރުވެރިކަން އުވާލުމުގެ އިސްލާހެއް،" ކެލާ ކައުންސިލްގެ ޤަރާރުގައި ބުނެފައިވެއެވެ.

Advertisement

ކެލާ ކައުންސިލުން ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށްދެއްވައި، މަޖިލީހަށް ހުށަހެޅިފައިވާ މިއިސްލާހުތައް އަނބުރާ ގެންދިއުމަށާއި ބާތިލްކޮށްދެއްވުމަށް ގޮވާލާފަ އެވެ.

މި އިސްލާހަކީ މާލޭގެ މޭޔަރަަކށް މުއިއްޒު ހުންނަވައި މާލޭގެ އެތައް ބިމެއް ނުއަގުގައި ކުއްޔަށް ދޫކުރި ގޮތަށް، އަދި މިހާރު ހުޅުމާލޭގެ ބިންތައް ނުއަގުގައި ވިއްކަމުންދާ ގޮތަށް ރަށްރަށުގެ ބިންތައް ވެސް ނުއަގުގައި ވިއްކާލަން ކުރާކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox