ކ. މާފުށީގައި އުރީދޫ މަސްރޭސް ފަށައި ޓީމުތައް މިއަދު މަހަށް ފުރައިފި އެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި މި ރޭހުގައި 14 ޓީމު އަންނަނީ ބައިވެރިވަމުންނެވެ. މިއަދު މެންދުރު މަހަށް ފުރި ޓީމުތައް ރަށަށް ލަފާނީ މިރޭ 21:00 ގަ އެވެ.
މުބާރާތުގައި ޗެމްޕިއަން ޓީމަށް 25،000ރ. ލިބޭއިރު ދެވަނަ ޓީމަށް ލިބެނީ 10،000ރ. އެވެ. އަދި ތިންވަނަ ޓީމަށް ލިބެނީ 5،000ރ. އެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދޭނެ އެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
އުރީދޫ މަސް ރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓް އޮފީސްތަކާއި އާންމުން ބައިވެރިވެ އެވެ.












