ޓްރީ ޓޮޕްގެ ހެލްތު ކޭމްޕެއް ލ. ގަމުގައި ބާއްވަނީ

ލ. އަތޮޅުަގައި ބާއްވާ ހެލްތު ކޭމްޕްގައި ބައިވެރިވާ ޓްރީޓޮޕްގެ ޑޮކްޓަރުންގެ ޓީމު

ލ. އަތޮޅުަގައި ބާއްވާ ހެލްތު ކޭމްޕްގައި ބައިވެރިވާ ޓްރީޓޮޕްގެ ޑޮކްޓަރުންގެ ޓީމު

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ހެލްތު ކޭމްޕް ޖޫން 19، އިން 20، އަށް ލ. ގަމުގައި ބާއްވަން ނިންމައިފި އެވެ. 

ޓްރީ ޓޮޕުން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީކޮށްގެން ތަފާތު ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. 

މި ކޭމްޕްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕްގެ ހާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުމަށް ފުރުސަތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

 ހެލްތު ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕްގެ ޑޮކްޓަރުން:

  • ޑރ. މޫސާ މަނިކު - ހިތުގެ ބަލިތުގެ ހާއްސަ
  • ޑރ. ޕަންކަޖް ޕަޓަވާރީ –  ހޯމޯން ބަލިތަކުގެ ހާއްސަ (އެންޑޮކްރިނޮލޮޖީ) ޑޮކްޓަރު
  • ޑރ. ޗަންދުރަޝޭކަރު ރާވަލް - ކަރުންމަތީގެ ބަލިތަކުގެ ހާއްސަ (އީ.އެން.ޓީ) ޑޮކްޓަރު
  • ޑރ. އިބްރާހީމް މުއުމިން – އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު
  • ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު
  • ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު
  • ޑރ. ނަޒްމީ ލަތީފް - ނޭވާލާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު
  • ޑރ. މެހެމެތް އޮޑާ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު

މި ހެލްތު ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ ޖޫން 17، ގެ ރޭގަނޑު 11:00 އެވެ. ރަޖިސްޓްރީ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ 6800026 ނަންބަރަށް ގުޅޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. 

މި ކޭމްޕުގެ ތެރެއިން، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިއްހީ ސްކްރީނިންގް އާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓްރީ ޓޮޕުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންނާއެކު މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ފަންނީ ހުނަރު އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުސަތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

މީގެ އިތުރުން، ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ސިއްހީ ދާއިރާގެ ވަޒީފާތަކަށް ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ގަމުގެ ދަރިވަރުންނަށް ހާއްސަ ތައުލީމީ ސެޝަނެއްވެސް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްޙީ ފަރުވާއަށް ކުރާ ހަރަދު ކުޑަކޮށްދިނުމެވެ. އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ވަސީލަތްތަކާއެކު ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox