ތަދު ކެނޑުވުމުގެ ޒަމާނީ ފަރުވާގެ ބައިނަލްއަގުވާމީ ވޯކްޝޮޕް މާދަމާ ޓްރީ ޓޮޕްގައި

Aug 13, 2026, 8:48 PM
Tree top hospital. -- Photo: Mirash Nashim/ Adhadhu

Tree top hospital. -- Photo: Mirash Nashim/ Adhadhu

ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ފަށާ, ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާ (ސާކް-އޭއޭ)ގެ 15 ވަނަ ކޮންގްރެސްގެ އިބްތިދާއީ ވޯކްޝޮޕެއް މާދަމާ ޓްރީ ޓޮޕްގައި ބޭއްވުމަށް ނިންމައިފި އެވެ. 

"އެޑްވާންސްޑް އިންޓަވެންޝަންސް އިން ކްރޮނިކް ޕެއިން މެނޭޖްމަންޓް" ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ތަދުތަކަށް ފަރުވާދިނުމާ ގުޅޭގޮތުން ބާއްވާ މި ވޯކްޝޮޕުގައި ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާއި ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. 

މި ވޯކްޝޮޕުގެ މައިގަނޑު މަގުސަދަކީ އެންމެ ފަހުގެ ސިއްހީ ހޯދުންތަކާއި އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ސިއްހީ ހިދުމަތްތެރިންނަށް އަމަލީ ތަމްރީނުތަކެއް ފޯރުކޮށްދިނުމެވެ.

Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރް ޖީ ވިދާޅުވީ، މިފަދަ ބައިނަލްއަގުވާމީ ވޯކްޝޮޕެއް ބޭއްވުމުގެ ފުރުސަތު ލިބުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ތަޖުރިބާ ހިއްސާކުރުމަށާއި، ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕް ހާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގެ އެހެނިހެން ފަންނީ މުވައްޒަފުންނަށެވެ. ވޯކްޝޮޕުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • ދިގު މުއްދަތަކަށް ތަދު ތަހައްމަލުކުރާ ބަލިމީހުންނަށް ލުއި ހޯދައިދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި ގޮތްތައް.
  • ބަލިމީހާއަށް އެންމެ ފައިދާހުރި އަދި ރައްކާތެރި ގޮތުގައި ފަރުވާ ފޯރުކޮށްދިނުމުގެ ސިސްޓަމްތައް.
  • ސިއްހީ ފަރުވާ ދިނުމުގައި އެންމެ ފަހުން ތައާރަފުވެފައިވާ ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް.

އުކުޅަހުގައި ހޮނިހިރު ދުވަހު ފަށާ ދެ ދުވަހުގެ ކޮންފަރެންސް ބާއްވަނީ ވޯލްޑް ފެޑަރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓްސް (ޑަބްލިއުއެފްއެސްއޭ) ގެ އެންޑޯސްމަންޓާއެކުގަ އެވެ.

މި ކޮންގްރެސްގައި ދެކުނު އޭޝިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެނެސްތީސިއޮލޮޖިސްޓުންނާއި، ކްރިޓިކަލް ކެއާގެ އިތުރުން ތަދަށް ފަރުވާދޭ މާހިރުން ބައިވެރިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox