17 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ، ތައިލެންޑް، އިރާގު، ހޮންގް ކޮންގް އަދި ޗައިނީސް ޓައިޕޭ އެއް ގްރޫޕަކަށް

Aug 27, 2026, 4:07 PM
މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ކޮލިފައިންގަައި ރާއްޖެ އާއި ތައިލެންޑް ކުޅުނު މެޗުގެ ތެރެއިން.

މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ކޮލިފައިންގަައި ރާއްޖެ އާއި ތައިލެންޑް ކުޅުނު މެޗުގެ ތެރެއިން.

އަންނަ އަހަރު އުޒްބެކިސްތާނުގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ. 

އަންނަ އަހަރުގެ މުބާރާތުގެ ކޮލިފައިން މި އަހަރު ކުރިއަށްދާއިރު، ކޮލިފައިން ގްރޫޕްތަކުގެ ގުރުއަތުލުން މިއަދު ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، ރާއްޖެ ހިމެނުނީ، ތައިލެންޑް، އިރާގު، ހޮންގް ކޮންގް އަދި ޗައިނީސް ޓައިޕޭއާ އެކު ގްރޫޕް ބީގަ އެވެ.  މި ގްރޫޕްގެ މެޗުތައް، ނޮވެމްބަރު މަހު 8-20 އަށް ކުރިއަށްދާނީ ތައިލެންޑުގަ އެވެ. 

މެޗުތައް އެތުރިފައިވާ ގޮތުން، ރާއްޖޭން ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭއާ ބައްދަލުކުރުމަށް ފަހު، ދެން މެޗުތައް ކުޅޭނީ، ހޮންގް ކޮންގް، ތައިލެންޑް އަދި އިރާގާ ދެކޮޅަށް އެ ތަރުތީބުންނެވެ. މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމަކަށް އަންނަ އަހަރުގެ މެއި މަހު އުޒްބެކިސްތާންގައި ބާއްވާ އޭޝިއަން ކަޕުން ފުރުސަތު ލިބިގެންދާނެ އެވެ. 

މި އަހަރުގެ މެއި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭން ވާދަކުރި އެވެ. މިދިޔަ ފަހަރު ރާއްޖޭން ވާދަކުރަން ޖެހުނު ގްރޫޕްގެ މެޗުތައް ވެސް އޮތީ ތައިލެންޑުގަ އެވެ. ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނުނީ، ތައިލެންޑުގެ އިތުރުން، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ. 

ފުރަތަަމަ މެޗުގައި މޮންގޯލިއާ އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ތުރުކުމެނިސްތާން އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ. ތިން ވަަނަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވީ 7-1 އިންނެވެ. އަދި، ފަހު މެޗުގައި ކުވެއިތު އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox