އޭއެފްސީ ކޮލިފައިން: 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ފުރަތަމަ ދެ މެޗުގައި ނާކާމިޔާބު

Nov 24, 2025, 4:37 PM
ތުރުކުމެނިސްތާން ކުޅުންތެރިން ރާއްޖޭގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްސީ

ތުރުކުމެނިސްތާން ކުޅުންތެރިން ރާއްޖޭގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްސީ

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ބުރުގައި، ރާއްޖޭން ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ، ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ ތައިލެންޑުގެ ޗޮންބުރީގަ އެވެ. މި ގްރޫޕްގައި ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ، މޮންގޯލިއާ، ތުރުކުމެނިސްތާން އަދި ކުވެއިތު އެވެ.

ތައިލެންޑުގެ ޗޮންބުރީ ސްޓޭޑިއަމްގައި ކުޅޭ މި ކޮލިފައިންގައި، ރާއްޖޭން ކުޅުނު ފުރަތަަމަ މެޗުގައި މޮންގޯލިއާ އަތުން ބަލިވީ 1-0 އިންނެވެ. މި މެޗުގައި، މޮންގޯލިއާ އިން ޖެހި ހަމައެކަނި ލަނޑަކީ، ފުރަތަަމަ ހާފުގެ އިތުރު ވަގުުތުގައި ރާއްޖޭގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ މެޗުގައި، މިއަދު ރާއްޖޭން ވަނީ ތުރުކުމެނިސްތާނާ ކުޅެފަ އެވެ. އެ މެޗުން ތުރުކުމެނިސްތާން 6-0 އިން މޮޅުވިއިރު، ފުރަތަަމަަ ހާފު ނިންމާލީ ދެ ގޯލުން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ތުރުކުމެނިސްތާނުން އިތުރު ހަތަރު ގޯލު ޖެހި އެވެ.

މި ވަގުތު ގްރޫޕް އެފްގެ ތާވަލަށް ބަލާއިރު، ރާއްޖެ ނޫން އަނެއް ހަތަރު ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗު ކުޅެފައިވަނީ، ތުރުކުމެނިސްތާނާއި ރާއްޖޭންނެވެ. ތުރުކުމެނިސްތާން ވަނީ ފުރަތަމަ މެޗުން 1-0 އިން ކުވެއިތު އަތުން ބަލިވެފަ އެވެ.

ސޮބާހު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ކުޅޭ ތިން ވަަނަ މެޗުގައި، ބުދަ ދުވަހު ކުޅޭނީ ތައިލެންޑާ އެވެ. އަދި، ގްރޫޕްގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި، ހުކުރު ދުވަހު ކުވެއިތާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox