ޝަރުތު ހަމަވާ އެންމެ ސްޓޭޑިއަމެއް؛ އިތިއޯޕިއާ އިން އެފްރިކަން ކަޕް ބާއްވަން ބިޑްކޮށްފި

Aug 26, 2026, 1:26 PM
އިތިއޯޕިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއް.

އިތިއޯޕިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއް.

އަޑިސް އަބާބާ، އިތިއޯޕިއާ (އޮގަސްޓް 26) - އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ކަނޑައަޅާފައިވާ ޝަރުތުހަމަވާ އެންމެ ސްޓޭޑިއަމެއް އޮތް އިތިއޯޕިއާ އިން 2028 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ބާއްވަން ބިޑްކޮށްފި އެވެ. 

އިތިއޯޕިއާ އިން ވަނީ 1962، 1968 އާއި 1976 ވަނަ އަހަރު އެފްރިކަން ކަޕް ހޯސްޓްކޮށްފަ އެވެ. އެކަަމަކު، އިތިއޯޕިއާ އަކީ އެފްރިކާގެ ކުޅިވަރު އިންފްރާސްޓްރަކްޗާ އަށް ބަލާއިރު، އެންމެ ފަހަތުގައި އޮތް އެއް ގައުމެވެ. މިދިޔަ ސީޒަނުގައި، ކާފް އިން އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ ސްޓޭޑިއަމްތަކުގެ ކަންކަން ދިރާސާކުރިއިރު، އިތިއޯޕިއާގައި ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ އޮތީ އެންމެ ސްޓޭޑިއަމެކެވެ. 

އިތިއޯޕިއާ އިން އަންނަނީ، އިންޓަނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދަނޑަކީ، 2028 ވަނަ އަހަރުގެ އެފްރިކަން ކަޕް ބާއްވަން އިތިއޯޕިއާ އިން ކުރި ބިޑްގައި ހިމަނާފައިވާ ސްޓޭޑިއަމެކެވެ.

އެކަމަކު، ބޮޑު ސުވާލަކީ، 24 ގައުމުގެ މެދުގައި ކުރިއަށްދާ އެފްރިކަން ކަޕް ބޭއްވޭނެ ވަރަށް އިންފްރާސްޓްރަކްޗާ އިތިއޯޕިއާގައި ހުރިތޯ އެވެ. އެ ގޮތުން، އިތިއޯޕިއާގައި ހުރި ޓްރެއިނިން ފެސިލިޓީސްތަކަކީ ވެސް ކާފް އާއި ފީފާ އިން ބަލައިގަންނަ މިންގަނޑަށް ވުރެން ދަށް ފެންވަރެއްގައި ހުރި ތަންތަނެވެ. 

އިތިއޯޕިއާ އިން މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިންގައި، އިތިއޯޕިއާގެ ހޯމް މެޗުތައް ކުޅެފައިވަނީ، މޮރޮކޯ އާއި ރްވާންޑާ އަދި އިތިއޯޕިއާގެ ކޮމާޝަލް ސިޓީ، ޑައިރް ޑާވާގަ އެވެ.  މި ވަގުތު އޮތްގޮތުން، އިތިއޯޕިއާ އަށް 2028 ގެ އެފްކޮން ބޭއްވުމުގެ ފުުރުސަތު ލިބުން އޮތީ ހަނިކޮށެެވެ. 

ދެން އޮތް އެފްރިކަން ކަޕް އޮތީ އަންނަ އަހަރު ޖޫން އާއި ޖުލައި މަހު، ކެންޏާ، ޓަންޒާނިއާ އަދި ޔޫގާންޑާގަ އެވެ. މިއީ، 1976 ވަނަ އަަހަރު އިތިއޯޕިއާގައި އެފްރިކަން ކަޕް ބޭއްވި ފަހުން، އީސްޓް އެފްރިކާ އަށް މި މުބާރާތް އަންނަ ފުރަތަަމަ ފަހަރެވެ. އަންނަ އަހަރަށް ފަހު، 2028 އިން ފެށިގެން، އެފްކޮން ދެން އޮންނާނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އެވެ. 

ކާފްގެ ރައީސް، މައުރީސް މޮޓްސެޕޭ ދާދި ފަހުން ވިދާޅުވީ، 2028 އާއި 2032 އަދި 2036 އަށް އެފްކޮން ބާއްވަން ގިނަ ގައުމުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެ ގޮތުން، 2028 ވަނަ އަހަރުގެ އެފްކޮން ބާއްވަން ބިޑްކުރަން ނިންމާފައިވާ އެއް ގައުމުތަކަކީ، ބޮޓްސްވާނާ، ނަމީބިއާ، ދެކުނު އެފްރިކާ އަދި ޒިމްބާބްވޭ އެކުވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox