މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ 3.3 މިލިއަން ޑޮލަަރަށް ވިއްކާލައިފި

Aug 24, 2026, 1:58 PM
1986 މެޗުގައި މަރަޑޯނާ، އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި ބޯޅަ.

1986 މެޗުގައި މަރަޑޯނާ، އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި ބޯޅަ.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 24) - މެކްސިކޯގައި 1986 ވަނަ އަހަރު  ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ އަތުން ބޯޅަ ގޯލަށް ވައްދާލައި ކާމިޔާބުކުރި ގޯލު ޖެހި ބޯޅަ 3.3 މިލިއަން ޑޮލަަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

އެ މެޗުގެ ރެފްރީ އަކަށް ހުރި ޓިއުނީޝިއާގެ ބިން ނާސިރު، އޭރިއާގެ ކުޑަތަންކޮޅެއް ބޭރުގައި ހުރިއިރު، އޭނާ އަށް މަރަޑޯނާ އަތުގައި ޖެހިފައި އިނގިރޭސި ކީޕަރު ޕީޓަ ޝިލްޓަން ކައިރިން ގޯލަށް ބޯޅަ ވަން މަންޒަރު ނުފެނެ އެވެ. އެހެންވެ، ބިން ނާސިރު ނިންމީ އެއީ ގޯލެއް ކަމަށެވެ.

"ހޭންޑް އޮފް ގޯޑް" ގެ ނަމުން މަޝްހޫރުކޮށްފައިވާ އެ ގޯލުގެ ވާހަަކަ ގިނަ އަހަރުތަކެއް ވަންދެން ދެކެވެމުން އަންނައިރު، އެ ގޯލު ޖެހި ބޯޅަ މެޗަށް ފަހު ލިބުނީ ބިން ނާސިރު އަށެވެ. މެޗަށް ފަހު، އެ ބޯޅަ ހިފައިގެން ބިން ނާސިރު ގާތަށް އައީ ވެސް މަރަޑޯނާ އެވެ. ބިން ނާސިރު ވަނީ، 36 އަހަރު ވަންދެން އޭނާ އަތުގައި އެ ބޯޅަ ބާއްވައިފަ އެވެ.

އެކަމަކު، އޭނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ތަފާތު އެކި އަމިއްލަ ސަބަބުތަކާ ހުރެ، ބިން ނާސިރު ވަނީ، 2022 ވަނަ އަހަރު ނީލަމެއްގައި އެ ބޯޅަ ވިއްކާލައިފަ އެވެ. އެ ބޯޅަ ވިއްކާލެވުނު އަގަކީ، 2.4 މިލިއަން ޑޮލަރަށެވެ. މިއީ، މިހާތަނަށް ފުޓްބޯޅައިގެ ބޯޅައެއް ވިކުނު އެންމެ އަގުބޮޑު ނީލަމެވެ.

އެ ބޯޅަ އަލުން ނީލަމަށް ނެރުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު، ހެރިޓޭޖް އޯކްޝަންގައި، އެ ބޯޅަ ވިއްކާލީ 3.3 މިލިއަން ޑޮލަރަށެވެ. އެ ބޯޅަ ވިއްކާލެވޭނެ ކަމަށް ނީލަމުގައި އެސްޓިމޭޓްކޮށްފައިވާ އަގަކީ، 10 މިލިއަން ޑޮލަރެެވެ. 

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މަރަޑޯނާ ބޭނުންކުރި ޖޯޒީ ވެސް ވަނީ މީގެ ކުރިން ނީލަމުގައި ވިއްކާލައިފަ އެވެ. އެ މެޗަށް ފަހު، މަރަޑޯނާގެ ޖޯޒީ ލިބުނީ، އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު، ސްޓީވް ހޮޖް އަށެވެ. އޭނާ ވަނީ، 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާ އެކު، އެ ޖޯޒީ އެއްވެސް އަގެއްގައި ނުވިއްކާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް، ތަކުރާރުކޮށް އެކި ފަރާތްތަކުން އޭނާ އަށް ޕްރޮޕޯސަލްތައް ލިބެން ފެށުމާ ގުޅިގެން، 2022 ވަނަ އަހަރު އޭނާ ވަނީ، 8 މިލިއަން ޑޮލަރަށް އެ ޖޯޒީ ވިއްކާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox