މަރަޑޯނާގެ މަރުގެ މައްސަލަ ކޯޓުގައި އަލުން ފަށައިފި

Apr 15, 2026, 10:54 AM
ޑިއޭގޯ މަރަޑޯނާ

ޑިއޭގޯ މަރަޑޯނާ

ބީނޯސް އޭރީސް، އާޖެންޓީނާ (އޭޕްރީލް 15) - ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަަރަޑޯނާގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށާއި ގަސްދުގައި އޭނާ މަރުވާނެ ހާލަތަށް ދޫކޮށްލި މައްސަލަައިގައި މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ކޯޓުގައި އަލުން ފަށައިފި އެވެ. 

އާޖެންޓީނާގެ ކޯޓަކުން 2022 ވަނަ އަހަރު ޖޫން މަހު ނިންމާފައިވަނީ 25، ނޮވެމްބަރު 2020 ވަނަ ދުވަހު މަރުވި މަރަޑޯނާގެ ސިއްހީ ކަންކަމަށް އިހުމާލުވި ކަމުގެ ދައުވާ އުފުލާފައިވާ އަށް މެމްބަރުންގެ މެޑިކަލް ޓީމުގެ ދައުވާގެ މައްސަލަ ކޯޓުގައި ކުރިއަށްދާނެ ކަމަށެވެ. އެކަމަކު، އަޑުއެހުންތައް ފަށާނެ ދުވަހެއް ކޯޓުން އޭރު ނިންމާފައިނުވެ އެވެ.

މެޑިކަލް ޓީމާ ދެކޮޅަށް އުފުލަނީ ގަސްދުގައި މީހަކު މަރުވާން ދޫކޮށްލިކަމުގެ ދައުވާ އެވެ. އެ ދައުވާ މިދިޔަ އަހަރުގެ ކުރީކޮޅުގައި ކޯޓުން ބޭރުކޮށްލި ނަމަވެސް، އަނެއްކާ ވެސް މި އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެކަމަކު، އެކި ކަންތައްތަކާ ހެދި މައްސަލައިގެ އިދާރީ މަސައްކަތްތައް ދިގުލައި، އަޑުއެހުންތައް ފެށުނީ އިއްޔެ އެވެ. 

މި މައްސަލަ އެންމެ ފުރަތަމަ ބަލަން ފެށިއިރު، ޖަޖުންތަކެއް ޑޮކިއުމެންޓްރީ އަކަށް އިންޓަވިއު ދިން މައްސަލައިގައި ވަނީ އެ ޕެނަލް އުވާލައިފަ އެވެ.

މިހާރު ކުރިއަށްދާ މައްސަލައިގައި މެޑިކަލް ޓީމުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، 8-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ދިޔައީ ކުޅުމުގެ ކެރިއަރުގައި ވެސް ދިމާވެފައިހުރި މަސްތުވާތަކެތީގެ ކަންކަމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންނެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މަރަޑޯނާގެ މަރަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށި އެވެ. އަދި އޮޕަރޭޝަނެއް ކޮށްފައި ހޮސްޕިޓަލްގައި ނުބާއްވައި އަވަހަށް ދޫކޮށްލުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެކެވެ.

ޑިއޭގޯ މަރަޑޯނާ: ވޯލްޑް ކަޕް މެޗެއްގެ ތެރެއިން.
ޑިއޭގޯ މަރަޑޯނާ: ވޯލްޑް ކަޕް މެޗެއްގެ ތެރެއިން.

މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މަރަޑޯނާގެ ދެ އަންހެން ދަރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުންނެވެ.

މަރަޑޯނާގެ މަރާބެހޭ ހަގީގަތް ދެނެގަންނަން ޕްރޮސެކިއުޓަރުން ވަނީ 20 ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމަކާ އެކަން ދިރާސާކުރަން ހަވާލުކޮށްފަ އެވެ. އެ ޓީމުން އެކުލަވާލި 70 ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން މަަރަޑޯނާގެ ބޭސްފަރުވާގެ ކަން ކަމަށް އޭނާގެ މެޑިކަލް ޓީމުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވީ އެތައް އިރެއް ވަންދެން އޮތްއިރު ވެސް ފަރުވާއެއް ނުލިބި ހިތް ހުއްޓުމުންނެވެ.

ސިއްހީ ތަޖުރިބާކާރުން ތައްޔާރުކުރި ތަފްސީލް ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އޭގެ ފަހުން އޭނާ ރަނގަޅަށް މޮނިޓާކުރެވިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގޭގެ ބަދަލުގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލެއްގައި މަރަޑޯނާ އަށް ފަރުވާދިންނަަމަ އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މަރަޑޯނާގެ އޮޕަރޭޝަން ކުރި ނިއުރޯސާޖަން ޑރ ލިއޮޕޮލްޑޯ ލޫކޭ އާއި ސައިކެޓްރިސްޓް އޮގަސްޓީނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާނެ ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު މަރަޑޯނާ އާއި މެޑިކަލް ޓީމުގެ މެދުގައި ދެކެވިފައި ހުރި ބައެއް ވާހަކަތައް އާޖެންޓީނާގެ މީޑިއާގައި މިހާރު ލީކުވެފައިވާއިރު، މެޑިކަލް ޓީމުން ބައެއް ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ހާމަވެ އެެވެ.

މަރަޑޯނާގެ އާއިލާ އިން ކުރާ ބައެއް ކަހަލަ ތުހުމަތުތަކަށް އިޝާރާތްކޮށް ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ މަރަޑޯނާ އާއި އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށް ޑރ ލޫކޭ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox