އޭޝިއަން ކްރިކެޓް ކައުންސިލްގެ އެސޯސިއޭޓް ޑިރެކްޓަރަކަށް ރާއްޖޭގެ ކްރިކެޓް ރައީސް ފައިސަލް

Aug 24, 2026, 10:26 AM
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން ކްރިކެޓް ކައުންސިލްގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް)ގައި ފައިސަލް ވާހަކަ ދައްކަވަނީ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން ކްރިކެޓް ކައުންސިލްގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް)ގައި ފައިސަލް ވާހަކަ ދައްކަވަނީ.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ އެސޯސިއޭޓް ޑިރެކްޓަރުގެ މަގާމަށް އިތުރު ދައުރަކަށް ކްރިކެޓް ބޯޑް އޮފް މޯޯލްޑިވްސް (ސީބީއެމް)ގެ ރައީސް، މުހައްމަދު ފައިސަލް އިންތިހާބުވެއްޖެ އެވެ. 

މި މަގާމަށް އެންމެ ފުރަތަމަ 2022 ވަނަ އަހަރު އިންތިހާބުވި ފައިސަލް އިތުރު ދައުރެއް ކާމިޔާބުކުރެއްވީ، ދާދި ފަހުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން ކްރިކެޓް ކައުންސިލްގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް)ގަ އެވެ. އިތުރު ދައުރެއް ކާމިޔާބުކުރެއްވި ފައިސަލް އަށް އަނެއްކާ ވެސް ހަތަރު އަހަރު އެ މަގާމުގައި އޭޝިއާގެ ކްރިކެޓަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައީ އެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ، މި މަގާމުގައި އިތުރު ދައުރެއް ފައިސަލް ލިބުމުގެ ފަހަތުގައި އޮތީ އޭޝިއާ ސަރަހައްދުގެ ކްރިކެޓްގެ ޑިވެލޮޕްމަންޓަށް ޓަކައި އޭނާ ކޮށްފައިވާ މަސައްކަަތް ކަމަށެވެ. 

ފައިސަލް އަންނަނީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ މުހިންމު މަގާމެއް ވެސް ފުރުއްވަމުންނެވެ. އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް ގައުމުުތައް ތަމްސީލްކުރާނެ ފަރާތަކަށް ފައިސަލް އިންތިހާބުވެ، މިހާރު އެ މަގާމުގައި ފުރުއްްވަމުން އަންނަނީ ތިން ވަނަ ދައުރެވެ. 

ފައިސަލް، އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރިކެޓް ބޯޑުގެ ރައީސްކަމަށް އިންތިހާބުވީ ގިނިކަންޏާ ވާދަކުރައްވަ އެވެ. އެކަމަކު، މީގެ ދެ އަހަރު ކުރިން، ކްރިކެޓް ބޯޑުގެ އިންތިހާބުގައި ފައިސަލް، އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ، ކްރިކެޓްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލްއާ ވާދަކުރައްވައިގެންނެވެ. އެ ގޮތުން، އިންތިހާބުގައި 17 ފަރާތަކުން ވޯޓު ލާފައިވެ އެވެ. އެއީ، 16 ކްލަބެއްގެ އިތުރުން، ސްކޫލް ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލް އެވެ. އެ ގޮތުން، ފައިސަލް އަށް ވަނީ 10 ވޯޓު ލިބިފަ އެވެ. އަދި ފަރުހަތަށް ލިބިފައިވަނީ، ހަތް ވޯޓެވެ.

ކުރިން ކްރިކެޓާއި ވޮލީބޯޅަ ވެސް ކުޅުއްވި، ފައިސަލް، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ. އެ ގޮތުން، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސަކަށް ހުންނެވީ 2012 އިން 2016 އަށެވެ. ފޮރިން މިނިސްޓްރީގައި އިސް މަގާމުތަކުގެ ޒިންމާ އަދާ ކުރައްވަމުން ވެސް ރާއްޖެ އަށް ކުޅިވަރުގެ ކަންކަމުގައި ފުރުސަތު ހޯދައިދޭން، ފައިސަލް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox