މިދިޔަ އަހަރަކީ ރާއްޖޭގެ ކްރިކެޓް ބޯޑްގެ ކާމިޔާބު އަހަރެއް: ފައިސަލް

Aug 8, 2026, 8:54 AM
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ފާއިތުވި އަހަރަކީ ރާއްޖޭގެ ކްރިކެޓްގެ ހަރަކާތްތެރި އަހަރެއް ކަމަށާއި މައިގަނޑު ސަބަބަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އެކި ގޮތްގޮތުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. 

ފައިސަލް މިހެން ވިދާޅުވީ، ސީބީއެމްގެ އަށް ފުލް މެމްބަރު ކްލަބާއި އެސޯސިއޭޓް ރެޕްރެޒެންޓޭޓިވްއާ އެކު، ދާދި ފަހުން ކުރިއަށްދިޔަ އަހަރީ އާންމު ޖަލްސާގަ އެވެ. 

ފައިސަލް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ކްރިކެޓް ކުޅޭ ތިން ސަރަހައްދުގައި 40 މުބާރާތައްވުރެ ގިނައިން ބޭއްވިފައިވާ ކަމަށެވެ.

ކްރިކެޓް ބޯޑުގެ މައިގަނޑު މަސައްކަތަކީ ޖޫނިއާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ކަމަށާއި، ކްރިކެޓް ކުޅޭ އާ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތުން 16 އަހަރާއި، 19 އަހަރުން ދަށުގެ އުމުރުފުރާ ޓީމުތައް އެކުލަވާލެވުނުކަަމަށެވެ. 

މިދިޔަ އަހަރު 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު ވެސް ރާއްޖޭންބޭރުގައި ބޭއްވުނު މުބާރާތްތަކުގައި ބައިވެރިކޮށް ތަޖުރިބާ ލިބި މުސްތަގުބަލަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި، މިހާރު ހިނގަމުންދާ އަހަރު ވެސް އެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ ސީބީއެމްގެ އަމާޒެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން.

އަންނަ އަހަރު ބާއްވާ ކްރިކެޓްގެ ގައުމީ އަންހެން ޗެމްޕިއަންޝިޕަށް ކުޅުންތެރިން ތައްޔާރުކުރުމާއ، ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. 

ދާދިފަހުން ގައުމީ ކްރިކެޓް ޓީމަށް ގެނައި އަފްގާނިސްތާންގެ ތަޖްރިބާ ކާރު ކޯޗު، އަސަދުﷲ ހާން (އަސަދު) ގެނެސް ދުރުރާސްތާ ވިސްނުމުގައި ވެސް މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން، ކްރިކެޓް ވަސީލަތްތައް ތަރައްގީކުރުމަށް ރޭވިފައިވާ ކަންކަމަށް ބަލާއިރު، ޕެވިލިއަންގައި ޤާއިމުކުރަމުންދާ ރިކަވަރީ ރޫމަކީ މުހިންމު ކަމެއްގެ ގޮތުގައި ސީބީއެމް އިން ފާހަގަކޮށްފައިވެ އެވެ.

ފައިސަލް ވިދާޅުވީ، ކްލަބްތައް އިތުރަށް ހަރަކާތްތެރިވުމަށާއި، ބޯޑުގެ ޖަލްސާތަކުގައި ކްލަބްތަކުން ބައިވެރިވުމުގެ މުޙިންމު ކަމަށެވެ އަދި، ކްރިކެޓް ކުރިއެރުވުމަށާއި ކުޅުންތެރިން އުފައްދައި ކުޅުންތެރިންގެ ހުނަރު އިތުރުކުރުމުގައި ކްލަބްތަކުގެ ރޯލު މިހާރަށް ވުރެން ފުޅާކުރުމަށް އިލްތިމާސްކޮށް މިކަމުގައި ކްރިކެޓް ބޯޑުން ދެވެން އޮތް އެހީތެރިކަން އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވައިފަ އެވެ. 

މި ޖަލްސާގައި ވަނީ ކްރިކެޓް ބޯޑުގެ ހިންގާ ޤަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަނަކީ ސްޕޯޓްސް ކްލަބަށް ސީ.ބީ.އެމް ގެ އެސޯސިއޭޓް މެންބަރުކަން ދިނުމަށް ފާސްކޮށްފަ އެވެ. އަނަކީ ވަނީ ދާދި ފަހުން ބޭއްވި ޓީ20 ޗެމްޕިއަންޝިޕްގެ ތަށި ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox