ގޯލްޑަން ފުޓްސަލް ޗެލެންޖަށް މިނިސްޓަރު ރާފިއު ދެއްވީ އިތުބާރު

Aug 21, 2026, 3:13 PM
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންއާ އެކު މިނިސްޓަރު ރާފިއު (ކ) ބޭއްވި ބައްދަލުވުމުގެ ތެރެއިން، ގޯލްޑަން ފުޓްސަލްގެ ރައީސް، ރިލްވާން، މިނިސްޓަރު ރާފިއު އަށް ގޯލްޑަންގެ ރަމްޒީ ތަަށްޓެއް ހަދިޔާކުރަނީ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންއާ އެކު މިނިސްޓަރު ރާފިއު (ކ) ބޭއްވި ބައްދަލުވުމުގެ ތެރެއިން، ގޯލްޑަން ފުޓްސަލްގެ ރައީސް، ރިލްވާން، މިނިސްޓަރު ރާފިއު އަށް ގޯލްޑަންގެ ރަމްޒީ ތަަށްޓެއް ހަދިޔާކުރަނީ.

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ޒުވާނުންގެ ހުނަރު ދައްކާލުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި، އެ މުބާރާތް އިންތިޒާމް ކުރާ ގޯލްޑަަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) އަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ހިތްވަރު ދެއްވައިފި އެވެ. 

 ގޯލްޑަން ފުޓްސަލް ޗެލެންޖު އަންނަ އަހަރު މާޗު މަހު 27 ވަނަ ދުވަހު ފަށަން ތާވަލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.  ޖީއެފްއޭ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރު އެވެ. މާފަންނު ވެލި ދަނޑުގައި ފެށި މުބާރާތް ފަހުން ކުރިއަށްގެންދިޔައީ، ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުތަކުގަ އެވެ. ކޮވިޑް-19 އާ ހެދި އައި މެދުކެނޑުމާ އެކު ވެސް، މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 މުބާރާތެއް ވަނީ ބާއްވައިފަ އެވެ.

މުބާރާތުގެ އިންތިޒާމްތަކާ ބެހޭގޮތުންނާއި މިނިސްޓްރީގެ އެއްބާރުލުން ހޯދުމަށްޓަކައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ މިނިސްޓަރު ރާފިއުއާ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގެ ހަވާސާގައި، ގޯލްޑަން ފުޓްސަލްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، މިނިސްޓަރު ރާފިއު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖު އަންނަ އަހަރުގެ މާޗް މަހު

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު" އަންނަ އަހަރުގެ މާޗް 27 ގައި ފެށުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައި. ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށްދާ މި ބައިވެރިވުމުގެ ފުރުސަތުގައި ފުރަތަމަ އިސްކަންދެނީ ރަށު ކައުންސިލްތަކަށް.

"ގޯލްޑަން އަކީ އަޅުގަނޑުމެންގެ ޒުވާނުންގެ ހުނަރު ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ޑިސިޕްލިންއާ އެކީ ގައި، ކުޅުންތެރިންނާއި ކުޅިވަރު ބަލަން ތިއްބަވާ ބޭފުޅުން ވެސް ހިފަމުންދާތަން މުބާރާތުން ފެނިގެން ދިޔުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް. އެ ޑިސިޕްލިން މުބާރާތުގެ ތެރެއިން ދަސްވެގެން ދިޔުމަކީ އުންމީދުކުރާނެ ކަމެއް. އަދި ހުނަރު އެއް މުބާރާތުން އަނެއް މުބާރާތަށް އިތުރުވެގެން ދާއިރު، ގޯލްޑަން އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ޝާމިލުވާ މުބާރާތެއް،" ފާއިތުވި އަހަރުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބައެއް މެޗުތައް ޝަރަފްވެރިކުރެއްވި މިނިސްޓަރު ރާފިއު ވިދާޅުވި އެވެ. 

ފާއިތުވި އަހަރުތަކަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް 100 އަށް ވުރެން ގިނަ ރަށުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވެ އެވެ. އެއާ އެކު، މިއީ މުޅި ރާއްޖެ އަށް ބަލާއިރު، އެންމެ ތަރުހީބު ބޮޑު ކުޅިވަރު ހަރަކާތެވެ. ރާއްޖޭގެ ފުޓްސަލް ކުޅޭ ކުޅުންތެރިންނާއި ކޯޗުން އަދި ރަށްރަށުގެ ހުވަފެނެއްގެ ގޮތުގައި ގޯލްޑަން ފުޓްސަލް ތަށި އުފުލާލުން ވަނީ ވެފަ އެވެ. 

މިނިސްޓަރު ރާފިއު ވިދާޅުވީ، ފުޓްސަލް މިހާރު ކުރިއަރައިގެން ގޮސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް މުޅި ރާއްޖެ އަށް މުބާރާތެއް ބާއްވާ ކަމަށެެވެ. ހަމަ އެ ގޮތަށް، ކްލަބް ޖަމިއްޔާތަކުން ވެސް ފުޓްސަލް މުބާރާތްތައް އިންތިޒާމްކުރާއިރު، މި ކަމުގައި މިނިސްޓްރީގެ ޝާމިލުވުމާއި އެއްބާރުލުން ދެވޭނެ ގޮތްގޮތާ މެދު އަބަދުވެސް މަޝްވަރާކުރެވޭ ކަމަށެވެ. 

"އެހެން ނަމަވެސް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ފުޓްސަލް ވެސް އަމިއްލަ ފަރާތްތަކުން ވެސް ހަމަ މުބާރާތްތައް އެބަ ކުރިއަށް ގެންދެވޭ. އެ ގެންދިޔުމުގައި ކުޅިވަރާއި ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި އަބަދުވެސް އަޅުގަނޑުމެން ސަޕޯޓް ދޭނަން. އެކަމުގައި އެކީގައި އެއްބާރުލުން ދީގެން އަބަދުވެސް ކުރިއަށްދާނެ،" ރާފިއު ވިދާޅުވި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުބާރާތެއް: މިނިސްޓަރު

ގޯލްޑަން ފުޓްސަަލް ޗެލެންޖަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުހިންމު މުބާރާތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން އިންޓަވިއުއެއްގައި، މިނިސްޓަރު ރާފިއު ވަނީ، ގޯލްޑަން ފުޓްސަަލް ޗެލެންޖަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުހިންމު މުބާރާތެއް ކަމަށް ވިދާޅުވެފަ އެވެ. 

އަންނަ އަހަރުގެ މާޗްގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ކަން ކުރިއަށްދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފުރުސަތު ލިބޭނީ، ކައުންސިލް ތަކަށެވެ. އެ މުއްދަތު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެެވެ. އޭގެ ފަހުން، ކައުންސިލުން ބައިވެރިނުވާ ރަށްތަކަށް ފުރުސަތު ލިބޭނީ އެންމެ ފަހުން މުބާރާތުގައި ވާދަކުރި މެނޭޖްމަންޓަށެވެ. އަދި، އެ އަށް ފަހު ވެސް ބައިވެރިނުވާ ރަށްތަކަށް ފުރުސަތު އޮންނާނީ މުޅިން އާ މެނޭޖްމަންޓަކާ އެކު މުބާރާތުގައި ވާދަކުރުމަށެެވެ. 

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ، ހދ. ނައިވާދޫ އެވެ. އެއީ، ފައިނަލުގައި، 9-3 އިން ގއ. ދެއްވަދޫ ބަލިކޮށްފަ އެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox