ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖު އަންނަ އަހަރުގެ މާޗް މަހު

Aug 20, 2026, 10:12 AM
ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން ހޯދި ހދ. ނައިވާދޫން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން ހޯދި ހދ. ނައިވާދޫން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) އިން އިންތިޒާމްކުރާ، ގޯލްޑަން ފުޓްސަލް ޗެލެންޖު އަންނަ އަހަރު މާޗު މަހު 27 ވަނަ ދުވަހު ފަށަން ތާވަލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

ޖީއެފްއޭ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރު އެވެ. މާފަންނު ވެލި ދަނޑުގައި ފެށި މުބާރާތް ފަހުން ކުރިއަށްގެންދިޔައީ، ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުތަކުގަ އެވެ. ކޮވިޑް-19 އާ ހެދި އައި މެދުކެނޑުމާ އެކު ވެސް، މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 މުބާރާތެއް ވަނީ ބާއްވައިފަ އެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް 100 އަށް ވުރެން ގިނަ ރަށުން މުބާރާތުގައި ބައިވެރިވެ އެވެ. އެއާ އެކު، މިއީ މުޅި ރާއްޖެ އަށް ބަލާއިރު، އެންމެ ތަރުހީބު ބޮޑު ކުޅިވަރު ހަރަކާތެވެ. 

އަންނަ އަހަރުގެ މާޗްގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ކަން ކުރިއަށްދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފުރުސަތު ލިބޭނީ، ކައުންސިލް ތަކަށެވެ. އެ މުއްދަތު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެެވެ. އޭގެ ފަހުން، ކައުންސިލުން ބައިވެރިނުވާ ރަށްތަކަށް ފުރުސަތު ލިބޭނީ އެންމެ ފަހުން މުބާރާތުގައި ވާދަކުރި މެނޭޖްމަންޓަށެވެ. އަދި، އެ އަށް ފަހު ވެސް ބައިވެރިނުވާ ރަށްތަކަށް ފުރުސަތު އޮންނާނީ މުޅިން އާ މެނޭޖްމަންޓަކާ އެކު މުބާރާތުގައި ވާދަކުރުމަށެެވެ. 

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ތާރީހީ މުބާރާތެކެވެ. އެ ގޮތުން، އެ މުބާރާތަކީ، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއްގައި، ފުރަތަމަ ފަަހަރަށް ވީޑިއޯ ސަޕޯޓް (ވީއެސް) ބޭނުންކުރި ފަހަރަށެެވެ. 

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، ރިލުވާން މޫސާ ވަނީ ކުރިއަށް އޮތް 2027 ވަނަ އަހަރުގެ  މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ދުރާލާ މަސައްކަަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެެވެ. 

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދާދި ފަހުން ވަނީ، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ ބައްދަލުކުރައްވައިފަ އެވެ. އަދި، މި މުބާރާތާ ގުޅޭގޮތުން، ގިނަ މަޝްވަރާތަކެއް ކުރެވުނުއިރު، ގޯލްޑަން އިން ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި، މިނިސްޓަރު ރާފިއުގެ ލީޑަޝިޕުން ކުރައްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެެވެ. 

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ، ހދ. ނައިވާދޫ އެވެ. އެއީ، ފައިނަލުގައި، 9-3 އިން ގއ. ދެއްވަދޫ ބަލިކޮށްފަ އެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox