ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލު ފާސްކުރަން މަޖިލީހުގެ ދައުރު އަނެއްކާ ވެސް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27، ނިޔަލަށް ދަންމާލަން މިއަދު ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27، ނިޔަލަށް ދަންމާލަން މިއަދު ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27، ނިޔަލަށް ދަންމާލަން އަނެއްކާ ވެސް މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލަން ފާސްކުރީ ވޯޓުގަައި ބައިވެރިވި 58 މެންބަރުންގެ ތާއީދާއެކު އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެނެ މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.

Advertisement

މަޖިލީހުގެ ދެވަނަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެގޮތަށް ފާސްކުރީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ އިހުސާސީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު އެ މުއްދަތުގެ ތެރޭގައި ފާސްކުރުމަށެވެ.

ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ބިންތައް އަތުލެވޭ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން އެޖެންޑާ ކުރަނީ

ރަށްރަށުގެ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރޭގައި ބަހުސްކުރުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ. ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ މި ޕެޓިޝަނާ ގުޅޭގޮތުން އެލްޖީއޭގެ ލަފައެއް ހޯދުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މިއީ އީ-ޕެޓިޝަން ނިޒާމުގެ ތެރެއިން ބަހުސްކުރަންޖެހޭ މިންވަރަށް ސޮއި ހަމަވެގެން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ފުރަތަމަ ޕެޓިޝަނެވެ.

އެ އިސްލާހުގެ ކޮމިޓީ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މި ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، އެ ބިލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއްކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލައި މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކަށް 2100 އަށްވުރެ ގިނަ ސޮއި ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން، ދިވެހިރާޢްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކުރާ ޕެޓިޝަނެއް ހުށަހެޅޭނީ މަޖިލީހުގެ ކޮމިޓީއަށެވެ. ތަޅުމުގައި ބަހުސްކުރަން ލާޒިމު ވާނީ ރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ސޮއިކުރާ ޕެޓިޝަންތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ 0.5 ޕަސެންޓު މީހުންނަކީ 840 އެވެ. 0.5 ޕަސެންޓަކީ 2100 އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދެވަނަ ތްރެޝްހޯލްޑް ހަމަވާ މިންވަރަށް ޕެޓިޝަނަކަށް ސޮއި ހަމަކޮށްފި ނަމަ، އެ ޕެޓިޝަނެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބޭތާ މަދުވެގެން ދެ ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭނެ އެވެ. އަދި، އެ ޕެޓިޝަނާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްޓަކައި، މަޖިލީހުގެ ރައީސްއަށް އެ ޕެޓިޝަން ފޮނުވަން ޖެހޭނެ އެވެ.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

އޭގެ އިތުރުން، ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ ގުޅޭގޮތުން ސަރުކާރުން ދެކޭގޮތް ހާމަކުރުމުގެ އިތުރުން، އެ ޕެޓިޝަނެއްގައިވާ ކަންކަމަށް ހައްލެއް ގަނައުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މަޖިލީހަށް ފޮނުވަންވާނެ ކަމަށް ވެސް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ 30 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

އެހެންކަމުން، ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ދެން ފާސްކުރެވޭނީ އެ ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހު އެވެ.

ގަވާއިދުގައި ބުނާ ދެވަނަ ތްރެޝްހޯލްޑު ހަމަވާ މިންވަރަށް އެ ޕެޓިޝަނަށް ސޮއި ހަމަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން ވެސް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށި އެވެ.

ނަމަވެސް، ފުރަތަމަ ތްރެޝްހޯލްޑު ހަމަވުމާއެކު، އެ ޕެޓިޝަން ހުށަހެޅި ބޭފުޅާ ވަނީ އޮޅިގެން އެ ޕެޓިޝަން އާންމު ކޮމިޓީއަށް ފޮނުވައިފަ އެވެ. އެހެންކަމުން، އެ ޕެޓިޝަން އަލުން މަޖިލީހަށް ހުށަހެޅޭނެ މަގުފަހި ކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރު މެންބަރުން ގެންދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox