އިންޑޮނޭޝިއާގެ ފެރީއެއްގައި ރޯވެ، ފަސް މީހުން މަރުވެ 41 މީހަކު ގެއްލިއްޖެ

Aug 3, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑޮނޭޝިއާގައި 250 މީހުންނާއެކު ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން ފަސް މީހަކު މަރުވެ، 41 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީ (ބަސަރްނާސް) އިން މައުލޫމާތު ދޭ ގޮތުގައި، މަދޫރާ އައިލެންޑް ކައިރިން މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އީސްޓް ޖާވާގެ ސުރަބާޔާ އިން ސައުތު ސުލަވެސީގެ މަކަސާރަށް އެ ފެރީ ދަތުރުކުރަނިކޮށެވެ. މި ހާދިސާގެ ރިޕޯޓް އެންމެ ފުރަތަމަ ކޮށްފައިވަނީ އެ އުޅަނދުގެ ކެޕްޓަނެވެ.

އިންޑޮނޭޝިއާގެ "އައިނިއުސް" އިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު ލައިފް ޖެކެޓް އަޅައިގެން ކުޑަ ސަލާމަތީ ބޯޓެއްގައި ތިއްބެވެ.

އެހެން ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި، ފެރީގެ މަތީބައިން ބޮޑެތި އަލިފާންގަނޑުތަކާއި ދުންތައް އަރަމުންދާއިރު، މީހުންތައް ފެރީން ތިރިއަށް ފައިބަމުންދެ އެވެ.

ބަސަރްނާސްގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯއަކާއެކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކޭއެމްޕީ މުތިއާރާ ސެންޓޯސާ 2" ނަމަކަށް ކިޔާ މި ފެރީގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ސުރަބާޔާގެ ސާޗް އެންޑް ރެސްކިއު އޮފީހަށް ލިބިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 08:24 ގަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފެރީ އޮޕަރޭޓްކުރާ ކުންފުނިން ލިބުނު މައުލޫމާތަށް ބަލާއިރު، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެނދުނު 06:00 އާއި 07:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

ފަހުން ބަސަރްނާސް އިން ކަށަވަރުކޮށްދިން ގޮތުގައި، މުޅި ފެރީގައި ހެން ވަނީ އަލިފާން ހިފާފަ އެވެ. އަދި ސަލާމަތްކުރާނެ ފަރާތްތަކެއް އަންނަންދެން ފަސިންޖަރުން ތިބީ ފެރީގެ ބްރިޖާއި އުޅަނދުގެ ކުރީކޮޅުގައި އެލިގެންނެވެ.

މި ފެރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުނުވާ ކަމަށް އެ އިދާރާގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox