ހުލާސާކޮށް އިއްޔެ: ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުން

Aug 18, 2026, 6:00 AM
އެމެރިކާ ޑޮލަރުތަކެއް މީހަކު ހިފައިގެން: ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި ދަނީ އުފުލެމުން --

އެމެރިކާ ޑޮލަރުތަކެއް މީހަކު ހިފައިގެން: ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި ދަނީ އުފުލެމުން --

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުން ގޮސް، މިއަދު ވަނީ 22.75 ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހާ އަޅާބަލާއިރު 15 ލާރީގެ ކުރިއެރުމެއް ކަމަށްވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ޑޮލަރުގެ އަގު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ފާއިތުވި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ޑޮލަރުގެ އަގު އަންނަނީ މެދުކެނޑުމެއް ނެތި ބޮޑުވަމުންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.75ރ. އަށް އަރައިފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މީގެ ކުރިން ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް އުފުލި، ޑޮލަރެއްގެ އަގު 22.75 ރުފިޔާއަށް އަރައިފިއެވެ. މިއީ ރަސްމީ ރޭޓަށްވުރެ 47 އިންސައްތަ ބޮޑު އަދަދެއް ކަމަށްވާއިރު، ސަރުކާރުގެ އާ ސިޔާސަތުތަކާއެކުވެސް ޑޮލަރުގެ އަގު އަންނަނީ ހިފެހެއްޓުމެއްނެތި އުފުލެމުންނެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ފުރަތަމަ އައުޓްލެޓު ހުޅުވުން

ރައީސުލްޖުމްހޫރިއްޔާގެ ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ "މޯލްޑިވްސް ޕްރިމިއާ ބޭންކު" ގެ ފުރަތަމަ އައުޓްލެޓު މިއަދު ވަނީ ހުޅުވާފައެވެ. އެމްއެމްއޭގެ ގަވަރުނަރު ހުޅުވައިދެއްވި މި ބޭންކުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ޖަނާހުގެ ދަރިކަނބަލުން އަދި އެމްއޭސީއެލްގެ ޗެއާމަން އައިޝާ ނޫރައިން ޖަނާހެވެ.

މުއިއްޒުގެ ޓްރޭޑް އެޑްވައިޒަރު ޖަނާހުގެ ޕްރިމިއާ ބޭންކުގެ ފުރަތަމަ އައުޓްލެޓު ހުޅުވައިފި

ރައީސްގެ ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ "މޯލްޑިވްސް ޕްރިމިއާ ބޭންކު" ގެ ފުރަތަމަ އައުޓްލެޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި އޮޕަރޭޓުކުރަން ފެށި ނުވަވަނަ ކޮމާޝަލް ބޭންކު ކަމަށްވާއިރު، މި ބޭންކުގެ ޗެއާޕާސަންއަކީ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު އެވެ.

އެމްޓީޑީސީގެ ހިއްސާ ވިއްކުމުގެ ނިންމުން

އަޔާޑާ ރިސޯޓު ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިތުރު ހިއްސާ ވިއްކަން ވަނީ ނިންމާފައެވެ. ކުންފުނީގެ ބޯޑުން މިގޮތަށް ނިންމީ ރައިޓްސް އިޝޫއެއްގެ ދަށުން މިހާރުގެ ހިއްސާދާރުންނަށް އަގުހެޔޮކޮށް ހިއްސާ ގަތުމުގެ ފުރުސަތު ދިނުމަށެވެ.

Advertisement

މުއިއްޒުގެ ޓްރޭޑް އެޑްވައިޒަރު ޖަނާހުގެ ޕްރިމިއާ ބޭންކުގެ ފުރަތަމަ އައުޓްލެޓު ހުޅުވައިފި

ރައީސްގެ ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ "މޯލްޑިވްސް ޕްރިމިއާ ބޭންކު" ގެ ފުރަތަމަ އައުޓްލެޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި އޮޕަރޭޓުކުރަން ފެށި ނުވަވަނަ ކޮމާޝަލް ބޭންކު ކަމަށްވާއިރު، މި ބޭންކުގެ ޗެއާޕާސަންއަކީ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު އެވެ.

ސިޔާސީ މަސްރަހު

މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތައް

ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން އެޖެންޑާ ނުކޮށް، މަޖިލީހުގެ ޕެޓިޝަން ބަލައިގަތުމުގެ އުސޫލު ބަދަލުކުރަން ވަނީ އެޖެންޑާކޮށްފައެވެ. މި ބަދަލަކީ ސަރުކާރުން ބޭނުންވާ ބިލަކަށް ތާއީދުކޮށް ހުށަހެޅި ޕެޓިޝަނެއް އޮޅިގެން ކޮމިޓީއަށް ފޮނުވުމާ ގުޅިގެން ގެންނަ ބަދަލެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ ޕެޓިޝަން އެޖެންޑާ ނުކޮށް، ޕެޓިޝަންގެ އުސޫލު ބަދަލުކުރަން އެޖެންޑާކޮށްފި

މި އިސްލާހަކީ އެއް މައުލޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ހޯދުމަށް ހުށަހެޅި ބަދަލެއް ކަމަށްވާއިރު، މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު އޮޅުންބޮޅުން ވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީންގެ ފާޑުކިޔުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއަކީ ދައުލަތަށް ލިބޭނެ މާލީ ބޮޑު ގެއްލުމެކެވެ. އިގުތިސާދު ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ދެން އަންނަ ސަރުކާރަކުން މި މަޝްރޫއު ހުއްޓާލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއަކީ މާލީ ބޮޑު ގެއްލުމެއް، ދެން އަންނަ ސަރުކާރަކުން މަޝްރޫއު ހުއްޓާލަންޖެހޭ: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދައުލަތަށް މާލީ ބޮޑު ގެއްލުމެއްވާ ކަމެއް ކަމަށާއި، ދެން އަންނަ ސަރުކާރަކުން އެ މަޝްރޫއު ހުއްޓާލަންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ތެރެއިން ބޮޑެތި ވައްކަމާއި ހިޔާނާތް ހިންގާ ކަމަށް ތުހުމަތު ކުރައްވަމުން، މަސައްކަތް ނުފަށަނީސް ބޭރު ކުންފުންޏަކަށް އެޑްވާންސް ފައިސާ ދިނުމަކީ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޖުތިމާއީ އަދި ބައިނަލްއަގުވާމީ

ދިވެހި ރެޑް ކްރެސެންޓުގެ "ކްރެސެންޓު ޓަވަރު"

ދިވެހި ރެޑް ކްރެސެންޓުގެ ހަރަކާތްތަކަށް ދާއިމީ ފަންޑެއް ހޯދުމުގެ މަގުސަދުގައި، ހުޅުމާލޭގައި 14 ފަންގިފިލާގެ "ދަ ކްރެސެންޓް ޓަވާ" އިމާރާތްކުރުމަށް އިއުލާންކޮށް، އެ މަޝްރޫއަށް އިންވެސްޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއު އިއުލާންކުރީ އެ ޖަމިއްޔާއަށް 17 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށެވެ.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

ސްޕޭނުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓް

ސްޕޭނުގައި ޕައިލެޓް ތަމްރީނު ހަދަމުންދިޔަ 27 އަހަރުގެ ދިވެހި ދަރިވަރަކު ދަތުރުކުރި ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭނާއަށާއި އިންސްޓްރަކްޓަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގީ ދަރިވަރުގެ ތަމްރީނުގެ އެންމެ ފަހު މަރުހަލާގައި އުޅެނިކޮށެވެ.

ސްޕެއިންގެ ޓްރޭނިން ބޯޓެއް ވެއްޓި ދިވެހި ދަރިވަރަށް އަނިޔާވެއްޖެ

ސްޕެއިންގައި ޕައިލެޓް ޓްރޭނިން ހަދަމުންދިޔަ ދިވެހި ދަރިވަރަކާއި އޭނާގެ އިންސްޓްރަކްޓަރު ދަތުރުކުރި ބޯޓު ވެއްޓި، ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ތަމްރީނު ދަތުރު ނިންމާލުމަށްފަހު ޖައްސަން އުޅުމުގެ ތެރޭގައި ދިމާވި މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވެ ފައި ބިންދައިގެން ގޮސްފައިވާއިރު، ސްޕޭނުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

ސިންގަޕޫރުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިނުން

ސިންގަޕޫރުގެ ފުޑް ކޯޓެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖެއްގެ ބޮލުގައި ފިރުމާލި އުމުރުން 73 އަހަރުގެ މީހަކަށް، އެ ކުއްޖާގެ ބައްޕަ ހަމަލާދީ ބިމަށް ވައްޓާލި މައްސަލައެއް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ސިންގަޕޫރު: ކުއްޖެއްގެ ބޮލުގައި ފިރުމާލި މުސްކުޅި މީހަކަށް ހަމަލާދިން މައްސަލައެއް

ސިންގަޕޫރުގެ ފުޑް ކޯޓެއްގައި ކުޑަކުއްޖެއްގެ ބޮލުގައި ފިރުމާލި އުމުރުން 73 އަހަރުގެ މީހަކަށް، އެ ކުއްޖާގެ ބައްޕަ ހަމަލާދީ ބިމަށް ވައްޓާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އުމުރުން ދުވަސްވީ މީހާއަށް އަނިޔާކުރި މީހާގެ އަމަލު ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox