ސިންގަޕޫރު: ކުއްޖެއްގެ ބޮލުގައި ފިރުމާލި މުސްކުޅި މީހަކަށް ހަމަލާދިން މައްސަލައެއް

Aug 17, 2026, 11:25 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ސިންގަޕޫރުގެ ފުޑް ކޯޓެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖެއްގެ ބޮލުގައި ފިރުމާލި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މައްސަލައެއް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ކުއްޖާގެ ބޮލުގައި އަތްލުމުން އެކަމާ ރުޅި އައިސްފައި ހުރި، އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހަކު، އުމުރުން 73 އަހަރުގެ އެ މީހާ ބިމަށް ވައްޓާލި ކަމަށް ތުހުމަތުކުރެވެ އެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގެ ސެކިއުރިޓީ ކެމެރާ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ފިރިހެން މީހާ އަމަލުކުރި ގޮތާމެދު ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

Advertisement

އާދިއްތަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ހިމެނޭ އުމުރުން 40 އަހަރުގެ ފިރިހެން މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ނުވަތަ ކަން ހިނގާދިޔަ ގޮތާ މެދު "ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށާއި"، ފުލުހުން "މައްސަލަ ތަހުގީގުކޮށް ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ހޯދުމަށް" ފުރުސަތު ދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ޝޮޕިން ސެންޓަރެއްގެ ފުޑް ކޯޓެއްގައި ހުރި މޭޒެއްގެ ކައިރިން އެ އުމުރުން ދުވަސްވީ މީހާ ހިނގާފައި ދިޔައިރު، އެ މޭޒު ކައިރީގައި އިން ކުޑަކުއްޖާގެ ބޮލުގައި އޭނާ ފިރުމާލަ އެވެ.

އެ މޭޒު ކައިރީގައި އިން، އެ ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެން މީހާ ވަގުތުން އޭނާ ހުއްޓުވި އެވެ. އަދި އެ ވަގުތު މޭޒު ކައިރިއަށް އައި، އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހާ، އުމުރުން ދުވަސްވީ މީހާއާ ކުރިމަތިލައި ޒުވާބު ކުރަން ފެށި އެވެ.

ދެމީހުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު، ފިރިހެން މީހާ އެ އުމުރުން ދުވަސްވީ މީހާގެ އަތުގައި ހިފައި ބިމަށް ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި ވީޑިއޯ ސިންގަޕޫރުގައި ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފިރިހެން މީހާގެ އަމަލުތައް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ބެލެނިވެރިންގެ ހުއްދައާ ނުލައި ކުއްޖާގެ ގައިގައި އަތްލައިގެން ނުވާނެ އެވެ. ނަމަވެސް، ކުއްޖާގެ ބޮލުގައި ފިރުމާލުމުން އެފަދަ އަނިޔާވެރި ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ.

އެ ވީޑީއޯ އާއްމުކުރީ އަނިޔާލިބުނު އުމުރުން ދުވަސްވީ މީހާގެ ދަރިފުޅު ކަމަށް ބުނާ މީހެކެވެ. އޭނާ އެ ޕޯސްޓް މެދުވެރިކޮށް އެދިފައިވަނީ އޭނާގެ ބައްޕައަށް ހަމަލާދިން މީހާ ދެނެގަތުމަށް އެހީތެރިވެދިނުމަށެވެ.

"އެ ހާދިސާއަށްފަހު، އެ މީހާ އަހަރެންގެ ބައްޕައާ އެކު އިށީނދެ، މާފަށް އެދުނު،" ޕޯސްޓުގައި ބުނެފައިވެ އެވެ.

"އޭނާ ފަހުން މާފަށް އެދުމުން އެކަން ބަލައިގަންނަ ނަމަވެސް، މި ހާދިސާއާ ގުޅިގެން އަހަރެންގެ ބައްޕަ މިހާރު ދަނީ ބުރަކަށީގައި ވަރަށް ބޮޑަށް ރިއްސާތީ ވޭން ތަހައްމަލު ކުރަމުން."

އަނިޔާ ލިބުނު އުމުރުން ދުވަސްވީ މީހާ އެ ގައުމުގެ "ޗެނަލް ނިއުސް އޭޝިއާ" އަށް މައުލޫމާތު ދެމުން ބުނީ، އޭނާ އެ ކުޑަ އަންހެން ކުއްޖާގެ ބޮލުގައި ފިރުމާލީ އެ ކުއްޖާ "ވަރަށް ލޯބިކަމުން" ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުން ކުޑަކުދިން ފެނުމުން ބޮލުގައި ފިރުމާލާ ހިތްވާނެ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ބިމަށް ވެއްޓުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަށިގަނޑުގައި ރިއްސަން ފެށި އެވެ. އަދި މިހާރު ތަދު ކަނޑުވަން ޕެނަޑޯލް ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހާގެ ދަރިފުޅު ކުރި އެހެން ޕޯސްޓެއްގައި، ފުލުހުން މި މައްސަލައަށް އަވަސް އިޖާބައެއް ދީފައިވާތީ ޝުކުރު އަދާކޮށްފައިވެ އެވެ. އަދި އޭނާގެ ބައްޕައަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox