ޕްރިމިއާ ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވައި، ބޭންކު ރަސްމީކޮށް އިފުތިތާހުކޮށްފި

މޯލްޑިވްސް ޕްރިމިއާ ބޭންކު: މިއީ ރާއްޖޭގައި ނުވަވަނައަށް ހުޅުވި ކޮމާޝާލް ބޭންކު -- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ޕްރިމިއާ ބޭންކު: މިއީ ރާއްޖޭގައި ނުވަވަނައަށް ހުޅުވި ކޮމާޝާލް ބޭންކު -- ފޮޓޯ: ޕީއެސްއެމް

ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ފުރަތަމަ ބްރާންޗު މިއަދު ހުޅުވައިފި، އެ ބޭންކު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފި އެވެ.

ހ. ސަންލީތު، ބޮޑުތަކުރުފާނު މަގުގައި މިއަދު އެ ބޭންކު ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު މުނައްވަރު އެވެ.

އެ ބޭންކުގެ ޗެއާޕާސަންއަކީ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު އެވެ. އޭނާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންވެސްމެ އެވެ.

ޕްރިމިއާ ބޭންކަކީ ރާއްޖޭގައި އޮޕަރޭޓުކުރަން ފެށި ނުވަވަނަ ކޮމާޝަލް ބޭންކެވެ. އެ ބޭންކަށް ދޫކޮށްފައި ވަނީ ޓިއާ 1 ގެ ބޭންކެއްގެ ގޮތުގައި އޮޕަރޭޓު ކުރުމުގެ ހުއްދަ އެވެ.

ޕްރިމިއާ ބޭންކުގެ ހިއްސާދާރެއްގެ ގޮތުގައި ބިޒްނަސް ރެޖިސްޓްރީން ދައްކަނީ ހަމައެކަނި ޖަނާހު އެވެ. އެ ބޭންކުގެ ބޯޑުގައި ނޫރައިންގެ އިތުރުން ތިއްބަވަނީ އިސްމާއިލް އަލީ މަނިކު، ރަހީމާ ސަލީމް، މަރިޔަމް ޝާހިދާ މުހައްމަދު، މުހައްމަދު ހުސައިން މަނިކު އަދި ޕެންޝަން އޮފީހުގެ ސީއީއޯކަމުން މިދިޔަ ފެބްއަރުަރީގައި އިސްތިއުފާދެއްވި ސުޖާތާ ހަލީމް އެވެ.

 މިނިސްޓަރެއްގެ ފެންވަރުގައި މުއިއްޒުގެ ޓްރޭޭޑް އެޑްވައިޒަރަކަށް ހަމަޖައްސާފައިވާ ޖަނާހު ވިޔަފާރި ފެށްޓެވީ އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑާ އެކު 1987 ގަ އެވެ. ކުދިކުދި މަސައްކަތްތަކުން ފެށި ކެރިއަރުގައި މިއަދު މުހައްމަދު އަލީ ޖަނާހު (ޖަނާ) އަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރުގަދަ ނަމެކެވެ. 

ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ ސޮނެވާ, ފޯ ސީޒަންސް އަދި ޝަންގްރިއްލާ ފަދަ ބްރޭންޑުތަކުގެ މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ހެދުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. 

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި ކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާހު އެވެ. މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހު ހަމަޖެއްސީ ނޮވެމްބަރު 17، 2023 ގަ އެވެ. 

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox