ދިވެހި ރެޑް ކްރެސެންޓުގެ ހަރަކާތްތަކަށް ފަންޑުކުރަން ކްރެސެންޓު ޓަވަރު އިމާރާތްކުރަނީ

ދިވެހި ރެޑް ކްރެސެންޓުން ތަރައްގީކުރާ ކްރެސެންޓު ޓަވަރުގެ ކުރެހުމެއް: މި އިމާރާތް ހުންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި --- ފޮޓޯ: އެމްއާރުސީ

ދިވެހި ރެޑް ކްރެސެންޓުން ތަރައްގީކުރާ ކްރެސެންޓު ޓަވަރުގެ ކުރެހުމެއް: މި އިމާރާތް ހުންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި --- ފޮޓޯ: އެމްއާރުސީ

ދިވެހި ރެޑް ކްރެސެންޓު (އެމްއާރުސީ) ގެ ހަރަކާތްތަކަށް ފަންޑުކުރަން ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައި، ހުޅުމާލޭގައި ހުންނަ އެ ޖަމިއްޔާގެ ބިމުގައި "ދަ ކްރެސެންޓް ޓަވާ" ގެ ނަމުގައި އިމާރާތެއް ތަރައްގީކުރަން އިއުލާންކޮށް، އެ ޕްރޮޖެކްޓަށް އިންވެސްޓުކުރަން ހުޅުވާލައިފި އެވެ.

އެމްއާރުސީއާށް 17 އަހަރު ފުރުނު ދުވަހާ ދިމާކޮށް އިއުލާންކުރި މި ޕްރޮޖެކްޓަކީ، ހުޅުމާލޭގައި އެ ޖަމިއްޔާއިން ގަނެފައިވާ 5000 އަކަފޫޓުގެ ބިމުގައި ތަރައްގީކުރާ 14 ފަންގިފިލާގެ އިމާރާތެކެވެ.

މި ޕްރޮޖެކްޓު އިއުލާންކުރައްވަމުން އެމްއާރުސީގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މިއީ ކުރިއަށް އޮތް ޖީލަށް އެމްއާރުސީގެ ހިދުމަތްތައް ފޯރުކޮށްދޭން އެހީތެރިވެދޭނެ ދެމެހެއްޓެނިވި ވަސީލަތެއް އުފެއްދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި، މުޅި ޕްރޮޖެކްޓު ފަރުމާކޮށްފައި ވަނީ އެ މަގުސަދު ހާސިލުކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

"މި އިންވެސްޓު ކުރެވެނީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ދިގުމުއްދަތުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް. މިއީ އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތް އެސެޓެއް ޒިންމާދާރުކަމާއެކު ބޭނުންކުރުން،" ނާޝިދު ވިދާޅުވި އެވެ. 

އެމްއާރުސީގެ ކްރެސެންޓު ޓަވަރު ޕްރޮޖެކްޓަށް ޑޮނޭޝަންގެ ގޮތުގައި އާއި ފައިނޭންސިންގެ ގޮތުގައި އަދި ސްޕޮންސަރެއްގެ ގޮތުގައި އިމާރާތް ތަރައްގީކުރަން ބޭނުންވާ ސާމާނާއި ތަކެތި ފޯރުކޮށްދީގެން ވެސް އެހީތެރިކަން ފޯރުކޮށްދެވެ އެވެ. އޭގެ އިތުރުން، އިމާރާތުގެ ވިޔަފާރި ޖާގަތަކާއި އޮފީސް ޖާގަތައް ދިގު މުއްދަތަށް ކުއްޔަށް ނަގައިގެން ވެސް ފައިސާ ފޯރުކޮށްދެވެ އެވެ.

ޑޮނޭޝަންގެ ގޮތުގައި ފޯރުކޮށްދެވޭ އެންމެ މަދު އަދަދަކީ 1000ރ. އެވެ. އަދި، މޭޖާ ޑޯނާ ނުވަތަ ބޮޑެތި ކޮންޓްރިބިއުޝަންގެ ގޮތުގައި ބަލައިގަންނަނީ ފަސް ލައްކަ ރުފިޔާއަށް ވުރެ މަތީގެ އަދަދުތަކެވެ. މި ޕްރޮޖެކްޓަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދިން އެންމެންގެ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން އިމާރާތުގެ ތެރޭގައި "ރެކޮގްނިޝަން ވޯލް" އެއް ބަހައްޓާނެެ އެވެ. 

ފައިނޭންސިން ފޯރުކޯށްދޭން ބޭނުންވާ މީހުންނާއި ވިޔަފާރިތަކަށް ހުޅުވާލާފައި ވަނީ އެ ބަޔަކު ފައިސާ ދޭން ބޭނުންވާ އަދަދާއި، އިންޓްރެސްޓު ރޭޓާއި،  ފައިސާގެ ބާވަތާއި ފައިނޭންސިންގެ މުއްދަތު ހުށަހަޅަން ހުޅުވާލާފަ އެވެ. އަދި، ސްޕޮންސަރުންގެ ގޮތުގައި ތަކެތި ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އިމާރާތުގެ ބޭނުން ތަނެއް ހިޔާރުކޮށްގެން، އެ ތަނަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވެ އެވެ. 

ކްރެސެންޓު ޓަވަރުގެ ވިޔަފާރި ޖާގަތަކާއި އޮފީސް ޖާގަތަައް، ޓެރަސް ފަންގިފިލާ ހިމެނޭހެން 10 ފަންގިފިލާގައި ހުރެ އެވެ. މި ޖާގަތައް ހުންނަނީ ސެންޓްރަލް ޕާކު ފެންނަ "ސެންޓްރަލް ޕާކު ވިއު" އަދި އެތެރެ ފަޅިއަށް ވާގޮތަށް އޮންނަ ""ސިޓީ ވިއު" ޖާގަތައް ހިމެނެ އެވެ. ކުލި މުއްދަތު އުޅެނީ 20 އަހަރާއި 30 އަހަރާއި 50 އަހަރަށެވެ. އަގުތައް އުޅެނީ 4.7 މިލިއަން ރުފިޔާއިން ފެށިގެން ގޮސް 24 މިލިއަން ރުފިޔާ ހަމައަށެވެ. 

މި ޕްރޮޖެކްޓުގެ ފައިނޭންޝަލް އެޑްވައިޒަރު އަދި ޕްރޮޖެކްޓު މެނޭޖަރަކީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. މި ޕްރޮޖެކްޓުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި އެންމެނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދަ ކްރެސެންޓު ޓަވަރު ނަމުގައި ވެބްސައިޓެއް ވަނީ ހަދާފަ އެވެ. 

ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ވެބްސައިޓުން މި ޕްރޮޖެކްޓުގައި ބައިވެރިވާން ބޭނުންވާ އެންމެން ބޭނުންވާ މައުލޫމާތު ފެންނަން ހުންނާނެ އެވެ. އޭގެ ތެރޭގައި ފައިނޭންސިން ކަލްކިއުލޭޓާ އާއި އިމާރާތުގެ ޖާގަތައް ބޭނުންކުރާ ތަފުސީލުތައް ފަދަ މައުލޫމާތުތައް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox