ރާއްޖޭގެ އެކި ހިސާބުތަކުން، ހިތްހެޔޮ ދަރުމަވެރިންގެ ވާހަކަ

ރެޑްކްރެސެންޓް ގެ ދަރުމަވެރިން ތަކެއް: މިދިޔަ ދެ އަހަރަކީ ދަރުމަވެރިން ގިނަ އަދި ބުރަ މަސައްކަތް ތަކެއް ކުރި އަހަރެއް -- ފޮޓޯ: އަދަދު

ރެޑްކްރެސެންޓް ގެ ދަރުމަވެރިން ތަކެއް: މިދިޔަ ދެ އަހަރަކީ ދަރުމަވެރިން ގިނަ އަދި ބުރަ މަސައްކަތް ތަކެއް ކުރި އަހަރެއް -- ފޮޓޯ: އަދަދު

މަދަދަށް ޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިވާން ތައްޔާރަށް ތިބޭ ދަރުމަވެރިންގެ ހިދުމަތަކީ އާދަޔާ ހިލާފު ހިދުމަތެކެވެ. އެއީ އެންމެ ބޭނުންތެރި ހިދުމަތެވެ. އެ ހިދުމަތަށް އުޖޫރައެއް ނުވެ އެވެ. އެމީހުންގެ ފަރާތުން ދޭ ލޯތްބަށް ޝަރުތެއް ބޭނުމެއް ނުވެ އެވެ. އޯގާތެރިކަމާއި އިހުލާސްތެރި ކަމަކީ ދަރުމަވެރިއެއްގެ ފުރަތަމަ ފޭރާމެވެ. ހާއްސަ ބަޔަކަށް ދަރުމަވެރިން ވަނީ މިކަހަލަ ކިތަންމެ ސަބަބެއް އެކުވެގެންނެވެ.

އައްޑޫ ސިޓީ އަށް އުފަން، އުމުރުން 23 އަހަރުގެ މާޒިޔާ ވަހީދުގެ ދަރުމަވެރިކަމުގެ ހަޔާތުގައި ހޭދަވީ ހަތަރު ވަރަކަށް އަހަރު ތެރޭގައި އޭނާގެ އަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ އަކީ ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ލިބުނު ހިނދުކޮޅެއްގެ ވަގުތުކޮޅެވެ. އަވައްޓެރި ބައެއްގެ ކުޑަ ދަރިފުޅަށް ފިޓު ޖެހިގެން އާއިލާ ހަދާނެ ގޮތް ހުސްވި ވަގުތުކޮޅުގައި އަވަސް ފަރުވާ ދޭން ޖެހުނީ އޭނާ އަށެވެ. ސީޕީއާރް ދީގެން ކުއްޖާ ހަމަޔަކަށް އަޅުވައިދިނީ މާޒިޔާ އެވެ.

Advertisement
މާޒިޔާ އަކީ މިދިޔަ ތިން އަރުން ފެށިގެން ރަށުގައި ދަރުމައަށް ކުރާ ކޮންމެ މަސައްކަތެއްގައި ފަސް ޖެހުމެއް ނެތި ބައިވެރިވާ ދަރުމަވެރިއެއް
މާޒިޔާ އަކީ މިދިޔަ ތިން އަރުން ފެށިގެން ރަށުގައި ދަރުމައަށް ކުރާ ކޮންމެ މަސައްކަތެއްގައި ފަސް ޖެހުމެއް ނެތި ބައިވެރިވާ ދަރުމަވެރިއެއް

މާޒިޔާ އަކީ މިދިޔަ ތިން އަރުން ފެށިގެން ރަށުގައި ދަރުމައަށް ކުރާ ކޮންމެ މަސައްކަތެއްގައި ފަސް ޖެހުމެއް ނެތި ބައިވެރިވާ ދަރުމަވެރިއެއް

މޯލްޑިވްސް ރެޑްކްރެސެންޓް ގެ ދަރުމަވެރިއެއްގެ ޖެކެޓުގައި އެހީގެ މައިދާނަށް އޭނާ ނިކުތް ކޮންމެ ދުވަހަކީ އެފަދަ ތަފާތު ދުވަހެކެވެ. ދަރުމަވެރިކަމާ ގުޅިފައިވާ ކޮންމެ ހަނދާނަކުން އޭނާ އަށް ލިބޭ އުފާވެރިކަން ބޮޑެވެ.

”ވޮލެންޓިއާ ކުރުމަކީ މުޅި ހަޔާތް ބަދަލުކޮށްލާ ކަމެއް. އެތައް ކަމެއް ދަސްވެ، އެތައް ބަޔަކަށް އެހީވުމުގެ ފުރުސަތު އޮތް ކަމެއް. މިސާލަކަށް ކޮވިޑް ތެރޭގައި ނަމަ، ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖަހަންދެން މި ތިބެނީ ވެކްސިން ޖަހައި ދޭން, ވަރަށް އުފާވޭ އެހެން ބައަކަށް އެހީއެއް ވެވޭ ކަން އެނގުނީ،" މާޒިޔާ ބުންޏެވެ.

ސެން ޓީޗަރަކަށް ވުމުގެ އުންމީދުގައި ހުރި މި ޒުވާނާ ބުނާގޮތުން އަމިއްލަ އެދުމެއް ނެތި އަނެކުންނަށް އެހީ ފޯރުކޮށްދެވުމަކީ އޭގެ ބަދަލު ދުވަހަކު ވެސް ފައިސާއިން އަދާކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.

ސަލްވާ ކަރީމް، ހދ. ކުޅުދުއްފުށި

ސަލްވާ ކޮވިޑް ތެރޭގައި ފްރަންޓްލައިން ވޯކަރެއްގެ ގޮތުގައި ހެދުން އަޅައިގެން:
ސަލްވާ ކޮވިޑް ތެރޭގައި ފްރަންޓްލައިން ވޯކަރެއްގެ ގޮތުގައި ހެދުން އަޅައިގެން:

ސަލްވާ ކޮވިޑް ތެރޭގައި ފްރަންޓްލައިން ވޯކަރެއްގެ ގޮތުގައި ހެދުން އަޅައިގެން:

ސަލްވާ ކަރީމް އަކީ ލައިބްރަރީ ޓީޗަރެކެވެ. ކުޅުދުއްފުށި ސިޓީގެ ދިހަހާސް މީހުންގެ ބޮޑު އާބާދީ ސަލްވާ ދަންނަނީ އޯގާތެރި މީހެއްގެ ގޮތުގަ އެވެ. އެކަނިވެރި މީހުންނަށް ޒިޔާރަތް ކުރުމާއި ރަށަށް ކަމެއް ދަމެއް ޖެހިގެން އެންމެ ފުރަތަމަ ނިކުންނަ ހީވާގި މަދަދުގާރެއްގެ ގޮތުގަ އެވެ.

"ވަޒީފާ އަކަށް ދަމުން ވެސް ދަރުމައަށް މަސައްކަތްކުރުން އަހަންނަށް ބޮޑު ކަމަކަށް ނުވޭ. އެއަށް ވުރެ މާ ހާއްސަ، މާ ބޮޑު ހިތްހަމަޖެހުމެއް ހޯދައިދޭ ކަމެއް ދަރުމަވެރި މަސައްކަތްތަކަކީ،" ސަލްވާ ބުންޏެވެ.

ރަށުގައި ފެން ބޮޑުވެ، ފެން ހިނދުމަށް ކުރި މަސައްކަތެއްގައި ސަލްވާ ބައިވެރިވަނީ
ރަށުގައި ފެން ބޮޑުވެ، ފެން ހިނދުމަށް ކުރި މަސައްކަތެއްގައި ސަލްވާ ބައިވެރިވަނީ

ރަށުގައި ފެން ބޮޑުވެ، ފެން ހިނދުމަށް ކުރި މަސައްކަތެއްގައި ސަލްވާ ބައިވެރިވަނީ

ރަށުގައި އާންމުކޮށް ފެންބޮޑުވާ ދުވަސްތަކުގައި އެހީތެރިކަމަށް ނިކުތުމާއި، ތަފާތު ސާވޭ ތަކުގައި ހަރަކާތްތެރިވެ އުޅުމަކީ ދަރުމަވެރިއެއްގެ ގޮތުގައި އޭނާ ފަރިތަ، ކުރާ ހިތްވާ ކަންކަމެވެ.

ޝަރަފުއްދީން، މާލެ

އެމްއާރްސީ މާލެ ބްރާންޗުގެ ދަރުމަވެރިއެއްގެ ގޮތުގައި މީގެ ދެ އަހަރު ކުރިން ހަރަކާތްތެރިވާން ފެށި ޝަރަފުއްދީންގެ އެންމެ ހާއްސަ ހިދުމަތަކީ މާލޭގައި ކޮވިޑް-19 އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ އިރު ބިރާއި ހާސް ކަމުގެ ތެރޭގައި ފްރަންޓް ލައިންގައި ކުރި މަސައްކަތްތަކެކެވެ. އެއީ އެމްއާރްސީގެ ރަތް ޖެކެޓުގައި އޭނާ މިހާތަނަށް ދިން އެންމެ އަގުހުރި ހިދުމަތުގެ ގޮތުގައި ވެސް ފާހަގަ ކުރި އެވެ.

ޝަރަފުއްދީން
ޝަރަފުއްދީން

ޝަރަފުއްދީން

ވޮލަންޓިއަރެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުގެ މެޑިކަލް އޮފިސަރެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނެވެ.

"މާ ބޮޑު ތައުރީފެއް، ހަދިޔާ އެއް ވެސް އުންމީދެއް ނުކުރަން. ބޭނުމީ ހަމައެކަނި ހިނިތުންވުމެއް،" ޝަރަފުއްދީން ބުންޏެވެ.

ޖުވޭރިޔާ އަލީ، އައްޑޫ ސިޓީ/ހިތަދޫ

އޭނާ ދިވެހި ރެޑްކްރެސެންޓްއާ ގުޅުނީ، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، މާލޭގައި އުޅެމުންދިޔަ އިރު ބައިވެރިވި ފަސްޓްއެއިޑް ޓްރެއިނިން އެއްގެ ތެރެއިން ކަމަށް ބުންޏެވެ. އެއަށްފަހު އައްޑޫ ސިޓީ ހިތަދޫ އަށް ބަދަލުވެ، އެ ރަށުގައި ކުރިއަށް ގެންދާ އެކި އެހީ ޕްރޮޖެކްޓް ތަކުގައި ބައިވެރިވާން ފެށި އެވެ.

ދަރުމައަށް ކުރާ މަސައްކަތުގެ ބަދަލުގައި އޭނާ ބޭނުމީ ހަމައެކަނި މުޖުތަމައުގެ އެއްބާރުލުމެވެ. އޭނާ ބުނީ، ދަރުމަވެރިންގެ މަސައްކަތް މީހުން ބަލައިގަންނަކަން ފާހަގަކުރެވޭތީ އެކަމުން އޭނާ އަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

އާއިލީ ވިޔަފާރީގައި ބުރަކޮށް އުޅެމުން ވެސް 37 އަހަރުގެ މި ޒުވާނާ ދަރުމައަށް މަސައްކަތްކުރުން ދޫކޮށްލަން ބޭނުމެއް ނުވެ އެވެ.

ސަމާ ހުސެން، މާލެ

ސަމާ : އޭނާ އަކީ ގިނަ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ރެޑްކްރެސެންޓްގެ ދަރުމަވެރި އެއް. ކޮވިޑް ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި
ސަމާ : އޭނާ އަކީ ގިނަ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ރެޑްކްރެސެންޓްގެ ދަރުމަވެރި އެއް. ކޮވިޑް ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި

ސަމާ : އޭނާ އަކީ ގިނަ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ރެޑްކްރެސެންޓްގެ ދަރުމަވެރި އެއް. ކޮވިޑް ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި

އޭނާ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވީ ދައްތަގެ ސަބަބުންނެވެ. 2012 ވަނަ އަހަރު ރެޑް ކްރެސެންޓާ ގުޅުނު ގޮތަށް، 2015 ވަނަ އަހަރާއި ހަމައަށް ޖަމިއްޔާގެ މަސައްކަތްތަކުގައި ބުރަކޮށް މަސައްކަތްކުރި އެވެ. ކުރާނެ ކަމެއް ނެތިފައި ހުރުމުގެ ބަދަލުގައި ލިބޭ ވަގުތުގެ ބޭނުން ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ އަޒުމުގައި ސަމާ ފެށި މަސައްކަތްތައް ވެގެން ދިޔައީ އޭނާގެ ހިތަށް ފިނިކަން ގެނުވި ކަންކަމަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މުހިންމީ ކުރާ ކޮންމެ ކަމެއްގެ ބަދަލު ފައިސާ އިން ލިބުމެއް ނޫނެވެ. ބަޔަކަށް ހެޔޮ ހިތުން ކޮށްދެވޭ ހިދުމަތެއްގެ ސަބަބުން އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުމަކީ މިފަދަ ކަންކަމަށް އޭނާ ޝައުގުވެރިވާ ސަބަބު ކަމަށް ވެސް ބުންޏެވެ.

"ވަރުބަލި ވިޔަސް ހިތްހަމަޖެހޭ. އެންމެންނާ އެއްކޮށް މަސައްކަތް ކުރުމަކީ ވަރަށް މަޖާ އުފާވެރި ކަމެއް. އެމްއާރްސީ ފެމިލީގެ އެންމެންނަކީވެސް ވަރަށް ފްރެންޑްލީ ބައެއް،" ސަމާ ފާހަގަކުރިއެެވެ.

ހަސަން އަޝިޔަމް, މާލެ

އޭނާ އަކީ އެ އެމްއާރްސީ މާލެ ބްރާންޗް ގެ ފަސްޓް އެއިޑް ކޯސް ނަގައިދޭ ޓްރެއިނާ އެކެވެ. ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނާ އެއްގެ އިތުރުން އެމެޖެންސީ ރެސްޕޮންސް ޓީމުގެ މެންބަރެއްވެސްމެ އެވެ. 2019 ވަނަ އަހަރުގެ މިނިވަންދުވަހާ ގުޅިގެން ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ހަރަކާތުގެ އަވަސް އެހީގެ ހުރިހާ ކަމެއް ބަލަހައްޓަން އެންމެ އިސް މީހެއްގެ ގޮތުގައި ވެސް ހުރީ އޭނާ އެވެ.

އަޝިޔަމް:
އަޝިޔަމް:

އަޝިޔަމް: އޭނާ އަކީ ފަސްޓް އެއިޑް ކޯސް ނަގައިދޭ ޓްރެއިނާ، އެމެޖެންސީ ރެސްޕޮންސް ޓީމުގެ މެންބަރެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ވަޒީފާ ގައި ތޭރަ އަހަރުވީ އަޝިޔަމް ބުނާގޮތުން މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތްކޮށް އެންމެ ތަފާތު ތަޖުރިބާއެއް ކުރީ ކޮވިޑް-19 ތެރޭގަ އެވެ. ބަލި ފެތުރުން ގިނަވެ، މާލެ ލޮކްޑައުން ކުރި ހިސާބުން އާއިލާއާ ދުރުގައި ބައެއް ދުވަސްދުވަހު ސައުވީސް ގަޑިއިރު ހިދުމަތުގައި ހޭދަކުރަންޖެހުނު ކަމަށް ބުންޏެވެ.

އޭނާ އަކީ މާލޭގައި ކޮވިޑް ފެތުރެމުން ދިޔަ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ފްރަންޓް ލައިނަޑށް ނިކުމެ ހިދުމަތް ކުރި ވޮލަންޓިއަރެއް

"ދަރުމަވެރިކަމުގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުވެއްޖެ. މިވީ އަހަރުތަކުގައި ހެދުނު އެކި ޓްރެއިނިންތަކާއި, ލިބުނު އެކި ތަޖުރިބާތަކަކީ އަސްލު އާންމު ދިރިއުޅުމުގައި މީހަކަށް ލިބޭނެ ތަޖުރިބާއެއް ނޫން. މިހާރު ކޮންމެ ފަދަ ހާލަތަކާއިވެސް ކުރިމަތިލާ އަމިއްލަ އަށް ކަންކަން މެނޭޖު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ“ އަޝިޔަމް ބުންޏެވެ.

ހުސެއިން ހަސަން, ހދ. ކުޅުދުއްފުށި

އޭނާ އަކީ ކުޅުދުއްފުށީގައި ރަށަށް ހިދުމަތްކުރުމުގައި މިވަގުތު ހުރި އެންމެ ދުވަސްވީ އެއް ދަރުމަވެރިޔާ އެވެ. 32 އަހަރުގެ މި ޒުވާނާ ބުނިގޮތުގައި ދަރުމަވެރިކަމަކީ އަބަދުވެސް އޭނާގެ ޝައުގުހުރި މަސައްކަތެކެވެ. އެމްއާރްސީގައި ބައިވެރިވުމުގެ ކުރިންވެސް ރަށުގެ އެކި ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން އޭނާ ވަނީ ބައިވެރިވެފަ އެވެ.

ހުސައިން:
ހުސައިން:

ހުސައިން

ހުސެއިން ވެސް އެންމެ ތަފާތު ތަޖުރިބާއެއް ކުރީ ކޮވިޑް-19 އަތޮޅުތަކަށް ފެތުރި، ކުޅުދުއްފުށި ލޮކްޑައުން އަކަށް ދިޔަ ވަގުތު އެވެ. އޭރު އެ ރަށުގައި ހަރަކާތްތެރިވި ވޮލަންޓިއަރުންގެ ސަފަށް އެންމެ ކުރީގައި އެރި އެކަކީ އޭނާ އެވެ.

ކޮވިޑްގެ ހާލަތުގައި، ރަށުގެ ޑޭޓާތައް ބެލެހެއްޓުމާއި, ލޮކްޑައުންގެ އެކްޝަން ޕްލޭން ރާވާ ހިންގުމުގައި ވެސް ގިނަ ޒިންމާތަކަކާ ހަވާލުވެގެން އޭނާ ވަނީ އެކަން ކަން ފުރިހަމައަށް ކޮށްފަ އެވެ.

”ވަރަށް ތަފާތު ދުވަސްތަކެއް އެއީ. އެއްވެސް ވަރަކަށް ތައްޔާރުނުވެ ތިބި ކަންކަން ކުރަންޖެހުނީމަ އަސްލު އެކަންވީ ވަރަށް ތަފާތު ތަޖުރިބާ އަކަށް. އެކަމަކު ކުރަންޖެހުނު އެއްވެސް ކަމެއް ނުކޮށް ދުލެއް ނުކުރަން“ ހުސެއިން ބުންޏެވެ.

ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަންޖެހުނަސް, ހުސެއިން ބުނާގޮތުން ދަރުމަވެރިކަމުގައި އޭނާ ކުރާ މަސައްކަތްތައް ރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ. އެ މަސައްކަތުގެ ސަބަބުން އޭނާގެ އަގު ވަޒަންކުރެ އެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox