ފުރަމޭގައި ސަރުބީ ޖެހުމުގެ މައްސަލަ ހައްލުކުރަން ޓޮމާޓޯ

Aug 10, 2026, 6:01 PM
ފުރަމޭގައި ސަރުބީ ޖެހުން ކުޑަކުރަން ޓޮމާޓޯ އެހީތެރިވެދޭ

ފުރަމޭގައި ސަރުބީ ޖެހުން ކުޑަކުރަން ޓޮމާޓޯ އެހީތެރިވެދޭ

މެޓަބޮލިކް ޑިސްފަންކްޝަން-އެސޯސިއޭޓެޑް ލިވާ ޑިޒީޒް (މާސްލްޑް) އަކީ ފުރަމޭގެ ތަފާތު ބަލިތައް ހިމެނޭ ކަމެއް ނަމަވެސް، މި ބަލީގެ އެންމެ ބޮޑު އެއް ސިފައަކީ ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ ހެޕަޓިކް ސްޓީއަޓޯސިސް އެވެ.

މާސްލްޑް ބަލި ހުރިކަމަށް ނިންމުމަށްޓަކައި، ބަލިމީހާގެ ކިބައިގައި އާދަޔާ ހިލާފަށް ފަލަވުން ނުވަތަ ލޭގެ ޕްރެޝަރު މަތިވުން ފަދަ ކާޑިއޯމެޓަބޮލިކް ނުރައްކަލުގެ އެންމެ ކަމެއް ނަމަވެސް ހުންނަން ޖެހެ އެވެ.

މާސްލްޑް ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ކެއުމާއި ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަކީ އެހީތެރިވެދޭނެ ކަމެކެވެ. އަދި މި ބައްޔަށް އެންމެ ފައިދާހުރި ކާނާގެ ބާވަތްތަކަކީ ކޮބައިކަން ދެނެގަތުމަށް މާހިރުން ދަނީ ޝައުގުވެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.

Advertisement

މިގޮތުން "ނިއުޓްރިއަންޓްސް" މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވަނީ، މާސްލްޑް ބަލި ހުންނަ މީހުން ޓޮމާޓޯ ބޭނުންކުރުމުން ލިބޭ ފައިދާތައް ބަލާފަ އެވެ.

ދިރާސާވެރިންނަށް ފާހަގަވި ގޮތުގައި، ކޮންމެ ދުވަހަކު ރޯ ޓޮމާޓޯ އާއި ޓޮމާޓޯ ސޯސް ބޭނުންކުރި މީހުންގެ ފުރަމޭގައި ޖަހާފައި ހުރި ސަރުބީ، އެ ތަކެތި ބޭނުން ނުކުރާ މީހުންނަށް ވުރެ މަދެވެ.

މި ދާއިރާއިން އަދި އިތުރު ގިނަ ދިރާސާތަކެއް ކުރަން ޖެހުނު ނަމަވެސް، މި ހޯދުންތަކުން ދައްކާ ގޮތުގައި މާސްލްޑް ބަލި ހުންނަ މީހުންގެ ކެއުމުގައި ޓޮމާޓޯ ގިނައިން ހިމެނުމަކީ އެމީހުންނަށް ފައިދާ ކުރާނެ ކަމެކެވެ.

މި ދިރާސާ ކުރި ފަރާތްތަކުން ބޭނުންވީ މެޑިޓެރޭނިއަން ކެއުންތަކުގައި އާންމުކޮށް ބޭނުންކުރާ ޓޮމާޓޯގެ ސަބަބުން، ފުރަމޭގައި ސަރުބީ ޖެހުމަށް ކުރާ އަސަރު ދެނެގަތުމަށެވެ.

ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި، މި ހޯދުންތަކުން ދައްކަނީ ހަށިގަނޑުގެ ބަރުދަނަށާއި ބަނޑުގެ ސަރުބީއަށް ބޮޑު ބަދަލެއް ނައި ކަމުގައި ވިޔަސް، ޓޮމާޓޯ ބޭނުންކުރުމުން ފުރަމޭގައި ސަރުބީ ޖަމާވުން ކުޑަކޮށްދޭ ކަމެވެ.

މައުލޫމާތު: މެޑިކަލް ނިއުސް ޓުޑޭ

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox