ދަންވަރު ހޭލައި އުޅުމަކީ ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމެއް

Jan 30, 2026, 1:14 AM
ދަންވަރު ހޭލައި އުޅުމަކީ ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމެއް

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ މީހުން މަރުވާ ބައްޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހިތުގެ ބަލިތަކެވެ. އެހެންކަމުން ހިތުގެ ބަލިތަކުގެ ނުރައްކާތަކާއި އެ ނުރައްކާތަކުގައި އިންސާނުންގެ ފުރާނަ ގެއްލިގެން ދާ މިންވަރު ދަށް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ސައެންސްވެރިން ދިރާސާތައް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

ޖާނަލް އޮފް އެމެރިކަން ހާޓް އެސޯސިއޭޝަންގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ނިދުމުގެ އާދަ ގެންގުޅޭ ގޮތުން ވެސް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ. ދުވާލުގެ ކުރީކޮޅުގައި ނުވަތަ މެންދުރު ކުރީގެ ވަގުތުތަކުގައި ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންނާއި މެންދުރާއި އިރު އޮއްސުމާ ދެމެދު ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންނާއި ރޭގަނޑުގެ ނިދި ނަގާލާފައި މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން ސިއްހީ މައްސަލަތައް އެންމެ ގިނައިން ދިމާވަނީ ރޭގަނޑު ހަރަކާތްތެރިވެ އުޅޭ މީހުންނަށެވެ.

މި ދިރާސާގައި ބައިވެރިކުރި މީހުންގެ 14 އަހަރުގެ މައުލޫމާތުތައް ދިރާސާކުރުމުން އެނގުނީ މެންދުރު ފަހު މަސައްކަތުގައި އުޅޭ މީހުންނާ އަޅައި ބަލާއިރު، ރޭގަނޑު ނިދި ނަގާލާފައި މަސައްކަތުގައި އުޅޭ މީހުންނަށް ހިތުގެ ބަލިތައް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ނުރައްކާ 16 އިންސައްތަ އިތުރުކަމެވެ.

Advertisement

މި ދިރާސާގައި ބުނެފައިވާ ގޮތުން، އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ހަޔަވީ ގަޑި (ބަޔޮލޮޖިކަލް ކްލޮކް)އާ ހިލާފަށް އެމީހެއްގެ މަސައްކަތުގެ އާދަތައް ގެންގުޅޭ ނަމަ، ސިކުނޑިން ރާވައިދޭ ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫ އަރައި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. މީގެ މާނައަކީ، އިންސާނާގެ ހަޔަވީ ގަޑި ހަމަޖެހިފައި އޮންނަ ގޮތުން ރޭގަނޑުގެ ވަގުތަކީ ނިދައި އަރާމުކޮށްގެން، އަނެއް ދުވަހުގެ މަސައްކަތަށް ހަށިގަނޑު ތައްޔާރުކުރާ ވަގުތެވެ.

މިއާ ހިލާފަށް އެ ވަގުތުގައި އަރާމުނުކޮށް ހަށިގަނޑުގެ ވަރުބަލިކަން ފިލުވުމަށް ގުދުރަތުން ލައްވާފައިވާ ނިޒާމުގެ ބޭނުން ރަނގަޅަށް ނުހިފައި، އެ ވަގުތު ވެސް މަސައްކަތުގައި އަވަދިނެތި އުޅޭ ނަމަ، އެމީހެއްގެ ސިކުނޑިއަށް ޕްރެޝަރު ބޮޑުވެއެވެ. ސިކުނޑީގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެ، ސިއްހީ މައްސަލަތަކަށް މަގު ފަހިވެއެވެ.

ރޭގަނޑުގެ ވަގުތުގައި ނުނިދައި އުޅޭ މީހުންގެ ކިބައިގައި އެންމެ ގިނައިން އަށަގަންނަ ނުބައި އާދަތަކަކީ، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމާއި، ސިއްހަތަށް ގެއްލުން ދެނިވި ކާނާ ބޭނުންކުރުމެވެ. އޭގެ ތެރޭގައި އެކި ޒާތްޒާތުގެ ތައްޔާރީ ކާނާތައް ހިމެނެއެވެ.

އޭގެ އިތުރުން މީހާގެ މިޒާޖު ޚަރާބުކޮށްލާ ޒާތުގެ ނަފްސާނީ މައްސަލަތައް މެދުވެރިކުރުވައެވެ. އޭގެ ތެރޭގައި އެންޒައިޓީ އާއި ޑިޕްރެޝަންގެ އުނދަގޫތައް ހިމެނެއެވެ. މިފަދަ ކަންކަމަކީ ހިތުގެ މައްސަލަތަކަށް މަގު ފަހިކުރާ ކަންކަމެވެ.

ރޭގަނޑުގެ ނިދި ނަގާލާފައި މަސައްކަތުގައި އުޅޭ މީހުންގެ ހިތުގެ ބަލިތައް އިތުރުވަނީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އަސާސީ އަށް ކަންތަކަށް ސަމާލުކަން ނުދެވޭތީއެވެ. އެއީ ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި، ހަރަކާތްތެރިވެ އުޅުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ރަނގަޅު ފުން ނިންޖަކުން ނިދުމާއި، އުމުރާއި އިސްކޮޅާ އެއްވަރަށް ބަރުދަން ބެހެއްޓުމާއި، ކޮލެސްޓެރޯލް ކޮންޓްރޯލް ކުރުމާއި، ލޭގައި ހަކުރު އެކުލެވޭ ނިސްބަތް ކޮންޓްރޯލް މިންގަނޑުގައި ހިފެހެއްޓުމާއި ލޭގެ ޕްރެޝަރު ސިއްހީ މިންގަނޑުގައި ހިފެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox