ލެސްޓާ ސިޓީ 300 މިލިއަން ޑޮލަރަށް ވިއްކާލަނީ

Aug 13, 2026, 7:02 AM
2021 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ކާމިޔާބީ އަށް ފަހު، ލެސްޓާގެ ޗެއާމަން، އައިޔާވަތު ސްރިވަދަނަޕްރަބާ، އެ ކްލަބްގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ.

2021 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ކާމިޔާބީ އަށް ފަހު، ލެސްޓާގެ ޗެއާމަން، އައިޔާވަތު ސްރިވަދަނަޕްރަބާ، އެ ކްލަބްގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 13) - އިނގިރޭސި ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ، ލެސްޓާ ސިޓީ 300 މިލިއަން ޑޮލަރަށް ވިއްކާލުމަށް އެ ކްލަބް ހިންގަމުން އަންނަ ތައިލެންޑްގެ، ސްރިވަދަނަޕްރަބާ އާއިލާ އިން ނިންމައިފި އެވެ. 

މިދިޔަ ހަތަރު އަހަރު ތެރޭ، ތިން ފަހަރު އިނގިރޭސި އެކި ފުޓްބޯޅައިގެ ޑިވިޝަންތަކުން ރެލިގޭޓްވެފައިވާ ލެސްޓާ އިން ކުރިއަށް މިި އޮތް ސީޒަނުގައި ވާދަކުރާނީ އިނގިރޭސި ލީގު ވަން (ތިން ވަނަ ޑިވިޝަން) ގަ އެވެ. އެއާ އެކު، ލެސްޓާގެ މެޖޯރިޓީ ހިއްސާ އޮތް ތައިލެންޑްގެ، ސްރިވަދަނަޕްރަބަ އާއިލާ އިން ނިންމީ ލެސްޓާ ވިއްކާލުމަށެވެ. 

އެ ގޮތުން، މި ވަގުުތު ލެސްޓާ ވިއްކާލަން ކިޔާ އަގު އުޅެނީ، 300 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، 200 މިލިއަން ޑޮލަރަށް ވުރެން ބޮޑު އަގަކާ އެކު، ލެސްޓާގެ ދަރަނިތައް ދައްކާނެ ގޮތުގެ ޕްލޭނެއް ހުށަހަޅާ ބަޔަކަށް ވެސް އެ ކްލަބް ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. 

މީގެ ފަސް އަހަރު ކުރިން، 2021 ވަނަ އަހަރުގެ ފަހުން، ލެސްޓާ އިން ކޮންމެ ސީޒަނަކަށް ފަހު، އެ ކްލަބްގެ މާލީ ތަފާސްހިސާބުތައް އާންމުކުރާއިރު، 80 މިލިއަން ޑޮލަރަށް ވުރެން ދަރަނި އިތުރެވެ. އެ ގޮތުން، އެންމެ ފަހުން އާންމުކުރި މާލީ ރިޕޯޓްގައިވާ ގޮތުން، ދަރަނި އުޅެނީ، 86 މިލިއަން ޑޮލަރުގަ އެވެ. މީގެ އެއް ސީޒަން ކުރިން، 100 މިލިއަން ޑޮލަރަށް ވުރެން މި ދަރަނި އިތުރެވެ. 

އެންމެ ގިނަ ބަޔެއްގެ ލޮލުގައި ލެސްޓާ އަޅައިގަތީ، 2016  ވަނަ އަހަރު ކްލައުޑިއޯ ރަނިއޭރީގެ ކޯޗުކަމުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އަދި، އޭގެ ފަސް އަހަރު ފަހުން، ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ލެސްޓާ އިން ވަނީ 2021 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

އިނގިރޭސި ފުޓްބޯޅައިގައި، 2000 ވަަނަ އަހަރުގެ ފަހުން، ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ހޯދި ފަސް ކްލަބްގެ ތެރޭގައި ލެސްޓާ ހިމެނެ އެވެ. ލެސްޓާ އިން ލީގު ކަޕް ހޯދީ 2000 ވަނަ އަހަރު އެވެ. 

ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއީ ސްރިވަދަނަޕްރަބާ، ލެސްޓާ ސިޓީ ބައްލަވައިގަތީ 2010 ވަނަ އަހަރު 50 މިލިއަން ޑޮލަރަށެވެ. އޭގެ އަށް އަހަރު ފަހުން، 2018 ވަނަ އަހަރު ހެލިކޮޕްޓަރެއް ވެއްޓި  ވިޗާއީ ސްރިވަދަނަޕްރަބާ މަރުވީ އެވެ. އެ އަށް ފަހު، ވިޗާއިގެ ލެގަސީ ދަމަހައްޓައި، މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ކްލަބުގެ ޒިންމާތަކާ، އޭނާގެ ދޮށީ ދަރިފުޅު އައިޔާވަތު ސްރިވަދަނަޕްރަބާ ހަވާލުވި އެވެ.

މީގެ އަށް އަހަރު ކުރިން، 2018 ވަނަ އަހަރު ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވި މެޗަށް ފަހު ލެސްޓާގެ ވެރިޔާ ވިޗާއީ ދަތުރުކުރި ހެލިކޮޕްޓަރު ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވިކަން އެ ކްލަބުން ހާމަކުރީ އެކަން ހިނގާދިޔަތާ އެތައް ގަޑިއިރެއްވީ ފަހުންނެވެ. ވިޗާއީގެ އިތުރުން އެ ހެލިކޮޕްޓަރުން ދަތުރުކުރި ހަތަރު މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox