ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިތާ 10 އަހަރު ފަހުން ލެސްޓާ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ

Apr 22, 2026, 10:15 AM
ރޭ ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލެސްޓާގެ ކެޕްޓަން، ބަންގްލަދޭޝްގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ.

ރޭ ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލެސްޓާގެ ކެޕްޓަން، ބަންގްލަދޭޝްގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ.

ލެސްޓާ (އޭޕްރީލް 22) - އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުން ހަލް ސިޓީއާ 2-2 އިން އެއްވަރުވެ، ލެސްޓާ ސިޓީ، އިނގިރޭސި ތިން ވަަނަ ޑިވިޝަން، ލީގު ވަން އަށް ރެލިގޭޓްވެއްޖެ އެވެ.

ލެސްޓާ އިން ވަނީ 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ލެސްޓާ އިން އަންނަ ސީޒަނުގައި އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ކުޅޭއިރު، މިއީ، އެ ކްލަބްގެ. 142 އަހަރުވީ ތާރީހުގައި ތިން ވަނަ ޑިވިޝަންގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މިދިޔަ ދެ ސީޒަނަށް ބަލާއިރު، 82 މެޗުގެ ތެރެއިން ލެސްޓާ މޮޅުވީ އެންމެ 17 މެޗުންނެވެ. 

ސައުވީސް ޓީމު ވާދަކުރާ އިނގިރޭސި ޗެމްޕިއަންޝިޕްގެ ތާވަލުގައި ލެސްޓާ އޮތީ 23 ވަނައިގަ އެވެ. ލެސްޓާ އަށް ރެލިގޭޓްވުމުން ސަލާމަތްވުމުގެ ކުޑަ އުންމީދެއް އޮތީ ވެސް ރޭ ހަލް ސިޓީ ބަލިކޮށްގެންނެވެ. އެކަމަކު، ހަލް އަތުން މޮޅެއް ނުލިބުމުން، ލެސްޓާ އަށް ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނީ އެވެ. 

ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ 18 ވަނަ މިނިޓްގައި ހަލް ސިޓީން ލީޑުނެގީ ލިއަމް މިލާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ލެސްޓާ އިން ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، މެޗުގެ 52 ވަނަ މިނިޓްގައި ލެސްޓާ އިން އެއްވަރުކުރި ލަނޑަކީ ޖޯޑަން ޖޭމްސް ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، ލޫކް ތޯމަސް ވަނީ ލަނޑެއް ޖަހައި، ލެސްޓާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ލެސްޓާގެ އެ ހިތްހަމަޖެހުން މާ ދިގުލައިގޮސްފައިނުވެ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި އޮލީ މެކްބާނީ ވަނީ ލަނޑު ޖަހައި، ހަލް އަށް އެއްވަރުކޮށްފަ އެވެ. 

ލެސްޓާ އިން ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވިތާ ފުރަތަމަ ސީޒަނުގައި 2009 ވަނަ އަހަރު އަލުން ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި އެވެ. ތައިލެންޑްގެ ބިލިއަނަރު ވިޗާއި ސްރިވަދަަނަޕްރަބަގެ ކިންގް ޕަވާ ގްރޫޕުން ލެސްޓާ ގަތީ 2010 ވަނަ އަހަރު އެވެ. އަދި، އޭގެ ފަހުން ކްލަބްގެ ހިންގުމުގެ މޮޑެލަށް ބަދަލު ގެނެސް، 2014 ވަަނަ އަހަރު ލެސްޓާ، ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ. އޭގެ ފަހުން، 2016 ގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، 2021 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. އެކަމަކު، 2023 ވަނަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި ނަމަވެސް އެއް ސީޒަން ތެރޭ އެނބުރި ޕްރިމިއާ ލީގުގެ ޕްރޮމޯޝަނެއް ހޯދި އެވެ. އެކަމަކު، މިދިޔަ އަހަރު އަނެއްކާ ދެ ވަަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، ދެ ވަނަ ޑިވިޝަނުގައި އެއް ސީޒަން ހިފަހައްޓައިލެވި، ތިން ވަނަ ޑިވިޝަނަށް ސޮއްސާލީ އެވެ. 

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox