އާސެނަލުން ހޯދި މޮޅަށް ލިވަޕޫލުން ޖަވާބުދީފި، ޔުނައިޓެޑް ވީ ބަލި

Apr 20, 2025, 7:00 PM
އާސެނަލުން ހޯދި މޮޅަށް ލިވަޕޫލުން ޖަވާބުދީފި، ޔުނައިޓެޑް ވީ ބަލި

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި އޮތް އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އާސެނަލުން މިރޭ އިޕްސްވިޗް ޓައުން އަތުން ބަލިވެ، ލިވަޕޫލުން ލެސްޓާ ސިޓީ ބަލިކުރުމުން، ލީގު ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވާނެ އެވެ. އެކަމަކު، އާސެނަލުން ކުޅުނު މެޗުން އިޕްސްވިޗް އަތުން 4-0 އިން މޮޅުވިއިރު، އޭގެ ފަހުން، ކުޅުނު މެޗުން ލިވަޕޫލުން ވަނީ ލެސްޓާ އަތުން 1-0 އިން މޮޅުވެފަ އެވެ.

މި ނަތީޖާއާ އެކު، ލީގުގެ ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ ތިން ޕޮއިންޓެވެ. އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލިވަޕޫލަށް 33 މެޗުން ވަނީ 79 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލްގެ އޮތީ 33 މެޗުން 66 ޕޮއިންޓެވެ.

އިޕްސްވިޗް ދަނޑުގައި އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 32 ވަނަ މިނިޓްގައި އިޕްސްވިޗްގެ ލެއިފް ޑޭވިސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ އާސެނަލްގެ ބުކާޔޯ ސަކާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

މެޗުގައި ޑޭވިސްގެ ރަތް ކާޑުގެ ކުރިން ވެސް އާސެނަލުން އޮތީ ދެ ގޯލު ޖަހައިފަ އެވެ. އެއީ، ލެއަންޑްރޯ ޓްރޮސާޑް އާއި ގަބްރިއެލް މާޓިނެލީ ޖެހި ގޯލުތަކުންނެވެ. އާސެނަލުން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޓްރޮސާޑް އާއި އީތަން ންވަނޭރީ އެވެ.

ލެސްޓާ ދަނޑުގައި ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން މުހައްމަދު ސަލާހު ޖެހި ޝޮޓް ދަނޑީގައި ޖެހިފައި ނުކުތްއިރު، ލެސްޓާގެ ވިލްފްރެޑް އެންދީދީ ޖެހި ބޯޅައެއް ވެސް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ދެ ވަނަ ހާފުގައި ލެސްޓާ އިން ޖެހި ގޯލެއް ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއީ، އެ ގޯލު ޖަހާފައިވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ފައުލުކޮށްފައިކަމަށް ވުމުންނެވެ. ލިވަޕޫލް މެޗުން މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ.

މި މެޗުން ބަލިވުމުން، ލެސްޓާ ވަނީ ރެލިގޭޓްވެފަ އެވެ. މިއީ، ލެސްޓާ ރެލިގޭޓްވި ފަސް ވަނަ ފަހަރެވެ.

ޕަބްލޯ ސަރާބިއާގެ ގޯލުން ވުލްވްސް އިން ވަނީ ޔުނައިޓެޑް ދަނޑުގައި 1-0 އިން އެ ޓީމު ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު، ވުލްވްސް ވަނީ ރެލިގޭޝަނުން ސަލާމަތްވެފަ އެވެ. އެކަަމަކު، މި ސީޒަނުގައި ލީގުގައި 15 ވަނަ މެޗުން ބަލިވި ޔުނައިޓެޑް ވަނީ 1989-1990 ވަނަ ސީޒަނުގެ ފަހު ފުރަތަމަ ފަހަރަށް މި އަދަދަށް ލީގުގެ އެއް ސީޒަނެއްގައި ބަލިވެފަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ 16 މެޗުން ބަލިވެފަ އެވެ.

ލީގުގައި މިރޭ ޗެލްސީން ވަނީ ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށްފަ އެވެ. އަލެކްސް އިވޯބީ ފުރަތަމަ ހާފުގައި ފުލަމް އަށް ލީޑުނަގައިދިންއިރު، މެޗުގެ ފަހުކޮޅުގައި ޗެލްސީން ވަނީ ނަތީޖާ އަނބުރާލައިފަ އެެވެ. ޓައިރިކް ޖޯޖް ވަނީ މެޗުގެ 83 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. ޗެލްސީން މެޗުގެ ތިން ޕޮއިންޓް ހޯދީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޕެޑްރޯ ނެޓޯ ޖެހި ގޯލުންނެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޗެލްސީ އަށް 33 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 33 މެޗުން 57 ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް މެންޗެސްޓާ ސިޓީ އަށް 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑްގެ އޮތީ 33 މެޗުން 59 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox