ތޫފާންތަކުގެ ބާރު ދެނެގަންނަން މިޔަރު ބޭނުންކުރަނީ

Aug 9, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

"ޖޯސް" ފިލްމުގައި ފެންނަ ނުރައްކާތެރި މިޔަރާއި، "ޝާކްނޭޑޯ" ފިލްމުތަކުގައި ތޫފާނާއެކު އަންނަ ވަރުގަދަ މިޔަރުތަކުގެ ސަބަބުން، ފިލްމީ ދުނިޔޭގައި މިޔަރަކީ އަބަދުވެސް ބިރުވެރި އެއްޗެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގައި މިހާރު މިޔަރުތައް ދަތުރުކުރަނީ ހަމައެކަނި ޝިކާރަކުރުމަކަށް ނޫނެވެ. އެ މިޔަރުތައް މިހާރު ބޭނުންކުރަނީ ތޫފާނެއް އެއްގަމަށް އެރުމުގެ ކުރިން، އެ ތޫފާނެއްގެ ބާރުގަދަވާނެ މިންވަރު ދެނެގަތުމަށް ސައިންސްވެރިންނަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށެވެ.

ޔުނިވަސިޓީ އޮފް ޑެލަވެއާގެ ދިރާސާވެރިން މިހާރު ދަނީ، ކަނޑުގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ ސެންސަރުތައް މިޔަރުގައި ހަރުކޮށްގެން، ކަނޑާއި ޖައްވީ އަދި މޫސުމީ ބަދަލުތައް ދެނެގަންނަ މޮޑެލްތަކަށް ބޭނުންވާ މައުލޫމާތު ވަގުތުން ފޯރުކޮށްދޭ މޮބައިލް އޮބްޒާވަރުންގެ ގޮތުގައި މިޔަރު ބޭނުންކުރެވިދާނެތޯ ބަލަމުންނެވެ.

"ސީޓީޑީ ޓެގް" ގެ ނަމުން ނަންދެވިފައިވާ މި ކުދި އިލެކްޓްރޯނިކް އާލާތްތަކަކީ، މިޔަރު ފަދަ ކަނޑުގެ ދިރުންތަކުގައި ހަރުކުރުމުން، އެ ތަކެތި ކަނޑުގެ އަޑިއަށް ފީނާ ވަގުތުތަކުގައި ކަނޑުގެ ލޮނުކަމާއި، ފިނިހޫނުމިން އަދި ފުންމިން ދެނެގަތުމަށް ބޭނުންކުރާ ސެންސަރުތަކެކެވެ.

Advertisement

"ސައިންޓިފިކް މައުލޫމާތު ހޯދަން އުނދަގޫ ތަންތަނުގައި އުޅޭ އެލެފަންޓް ސީލް ފަދަ ޖަނަވާރުތަކުގައި ސެންސަރު ހަރުކޮށްގެން މައުލޫމާތު އެއްކުރުމަކީ ކަނޑުގެ ދިރާސާވެރިން އަހަރުތަކެއް ވަންދެން ކާމިޔާބުކަމާއެކު ކުރަމުން އަންނަ ކަމެއް،" ޔުނިވަސިޓީގެ ސްކޫލް އޮފް މެރިން ސައިންސް އެންޑް ޕޮލިސީގެ ޕްރޮފެސަރު އަދި މި ދިރާސާގެ އިސްވެރިޔާ އެރޮން ކާލައިލް ވިދާޅުވި އެވެ.

ކާލައިލް ވިދާޅުވި ގޮތުގައި، ހިމާޔަތްކޮށްފައިވާ ކަނޑުގެ އެހެން ދިރުންތަކާ އަޅާބަލާއިރު މިޔަރަކީ ގިނަ އަދަދަކަށް އުޅޭ، ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އަދި ދިރާސާކުރަން ފަސޭހަ އެއްޗަކަށް ވާތީ، މިއީ މިފަދަ ދިރާސާތަކަށް ލިބުނު އާ ފުރުސަތެކެވެ.

މިހާތަނަށް މިޔަރުގައި ޓެގް ޖަހައިގެން ބަލަމުން އައީ ހަމައެކަނި އެ ތަކެތި ދަތުރުކުރާ މިސްރާބާއި، އެ ސޫފިތައް ދިރިއުޅޭ މާހައުލުތަކެވެ.

ޔުނިވަސިޓީ އޮފް ޑެލަވެއާގެ ދިރާސާވެރިން މި މަސައްކަތަށް ހޮވަނީ ތޫފާންތަކާ ގުޅޭ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެންމެ އެކަށީގެންވާ މިޔަރުތަކެވެ. އަދި ޓެގްތަކުން ސެޓެލައިޓަށް މައުލޫމާތު ފޮނުވުމަށްޓަކައި، ގިނަގިނައިން ކަނޑުގެ މަތީ ފަށަލައަށް އަރާ މިޔަރުތަކަށް އިސްކަންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox