ދެކުނު ކޮރެއާއަށް ރެކޯޑް މިންވަރަކަށް ހޫނުގަދަވެއްޖެ

Aug 3, 2026, 10:30 AM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ ރެކޯޑްތައް ބަލަހައްޓަން ފެށިތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެ ގައުމުން އެންމެ ހޫނުގަދަވި ދުވަހުގެ ގޮތުގައި އޮގަސްޓް 2 ވަނަ ދުވަސް ރެކޯޑްކޮށްފި އެވެ.

ހޫނުގެ އަސަރު ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގައި ބޭރުތެރޭގައި އުޅުން "ވަގުތުން" ހުއްޓާލުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އަންގާފަ އެވެ.

ދެކުނު ކޮރެއާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަން (ކޭއެމްއޭ) އިން އެ އިދާރާގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ޔަންގްސަންގެ ހޫނުމިން އެ ދުވަހުގެ މެންދުރުފަހު 1:26 ގައި ވަނީ 42.5 ޑިގްރީ ސެލްސިއަސްއަށް އުފުލިފަ އެވެ.

ޔަންގްސަން ސިޓީއަކީ މިހާރު ކުރިމަތިވެފައިވާ ހޫނު ރާޅުގެ މައި މަރުކަޒަށް ވެފައިވާއިރު، އޮގަސްޓް 2 ވަނަ ދުވަހަކީ އެ ސިޓީގެ ހޫނުމިން ވިދިވިދިގެން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހުރި ފަސްވަނަ ދުވަހެވެ. މީގެ އިތުރުން ދޭގޫ އަދި ބޫސާން ފަދަ ގިނަ ސިޓީތަކުގެ ހޫނުމިން ވެސް މިހާރު ހުރީ 30 ގެ މަތީ ނަންބަރުތަކުގަ އެވެ.

ކޭއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1970 ގެ އަހަރުތަކުގައި އަހަރަކު އެވްރެޖްކޮށް އަށް ދުވަހު ހޫނު ރާޅު ކުރިމަތިވި ނަމަވެސް، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ އަދަދު ވަނީ 19 ދުވަހަށް ވުރެ މައްޗަށް އަރާފަ އެވެ.

ދެކުނު ކޮރެއާގައި "ހޫނު ރާޅުގެ ދުވަހެއް" ކަމަށް ބަލަނީ އެންމެ މަތީ ހޫނުމިން މަދުވެގެން 33 ޑިގްރީ ސެލްސިއަސްއަށް އަރާ ދުވަސްތަކަށެވެ. އަދި "ޓްރޮޕިކަލް ނައިޓް" ނުވަތަ ހޫނު ރޭގަނޑެއްގެ ގޮތުގައި ބަލަނީ ރޭގަނޑުގެ އެންމެ ދަށް ހޫނުމިން 25 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށް ނުވެ ހުންނަ ރޭރެއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުޅުވުމާއެކު، އެ ބްރިޖް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުދާ އުފުލުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައު ބްރިޖުގެ ސަބަބުން ދެ ގައުމުގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox