ހަނަފަސްކަން ކުރިމަތިވެ ޕުއެޓޯ ރީކޯއިން ފެން ރޭޝަންކުރަނީ
ޕުއެޓޯ ރީކޯއަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން، އެ ގައުމުގެ 180,000 އަށްވުރެ ގިނަ ގޭބިސީއަށް ފެން ދޫކުރާ މިންވަރު ކޮންޓްރޯލްކޮށް، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ފެން ކަނޑަން ވަނީ ފަށާފައެވެ. މި ހާލަތު އިތުރަށް ގޯސްވެފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ފެން ރައްކާކުރާ މައި ރިޒަވޯއާ ހިކުމާއި، ދުވަސްވީ އިންފްރާސްޓްރަކްޗާގެ ސަބަބުން އުފައްދާ ފެނުގެ 65 އިންސައްތަ ބޭކާރުވަމުންދާތީއެވެ.