މިނިސްޓަރުކަމާ ހަވާލުވީ އެންސްޕާގެ ސީއީއޯ ކަމާއި ތަރުޖަމާނުކަމުން އިސްތިއުފާ ދީފައި: ހީނާ

ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ސޯޝަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ (އެންސްޕާ) ސީއީއޯ ކަމާއި ސަރުކާރުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާދެއްވާފައި ކަމަށް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، އޭނާ ކުރިން އަދާކުރަމުންދިޔަ ދެ މަގާމުން އިސްތިއުފާދެއްވުމަށް އެދި، ސިޓީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"މިހާރު ތި ސުވާލު ކުރައްވާއިރު ވެސް އެނގިވަޑައިގަންނަވާނެ ކަންނޭނގެ، ހުރިހާ ކަމަކުން އިސްތިއުފާ ދީފައިކަން މި މަގާމަށް އާދެވޭނީ ދެއްތޯ؟" ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ހީނާ ވިދާޅުވި އެވެ.

އެ ސުވާލު ކުރީ، އެކަން އާންމުކޮށް އަންގައި އިއުލާނު ނުކުރާތީ ކަމަށް ބުނެ ސުވާލު ތަކުރާރު ކުރުމުން ހީނާ ވިދާޅުވީ ރައީސްއަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކެބިނެޓަށް މިއަދު ގެނައި ބަދަލުގައި، ހީނާގެ އިތުރުން، ކުރިން ކެބިނެޓުގައި ނެތް ތިން ބޭފުޅަކު ހިމެނުނެވެ. އެއީ، ފޮރިން އެފެއާޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރި، އިރުތިޝާމް އާދަމް އާއި ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރި ގީލާ އަލީގެ އިތުރުން، ކްލައިމެޓް ޗޭންޖް، އެންވަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް އެވެ.

ކެބިނެޓު އަލުން އެކުލަވާލީ މިއަދު 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލިއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ، އެޓާނީ ޖެނެރަލް އޮފީސް ހިމަނައިގެން، 15 އަށް މަދުކޮށްފަ އެވެ. ކުރިން އޮންނަނީ 20 މިނިސްޓްރީ އެވެ.

މިރޭ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުވާނުކުރައްވަނީ މެންޑޭޓަށް ބަދަލެއް ނާންނަ އެޓާނީ ޖެނެރަލް، އުޝާމް އާއި މި ވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝިޔާމްގެ މެންޑޭޓު ބަދަލުކޮށް، އެގްރިކަލްޗާ އާއި އެނިމަލް ވެލްފެއާގެ މިނިސްޓްރީގެ މެންޑޭޓު ވަނީ އިތުރުކޮށްފަ އެވެ. 

ކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރަކު އައްޔަންނުކުރެ އެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެހެން މިނިސްޓްރީއަކާ އެކެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox