ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، ގުނަވަން ޓްރާންސްޕްލާންޓުކުރާ ބިލު ފާސްކޮށްފި

ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ މެޑިކަލް ޕްރޮސީޖާތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ފަރުމާކުރި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ މި ބިލު މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މެއި 14، ގައި އެ ބިލު މަޖިލީހުން ފާސްކުރުމުން ތަސްދީގުނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވައިލައްވައިފަ އެވެ.

އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ، އެ ބިލު ތަސްދީގުނުކުރައްވައި މުއިއްޒު ފޮނުއްވައިލެއްވިއިރު، ފާހަގަކުރެއްވި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކުށުގެ އަދަބުތަކުގެ އިތުރުން ގުނަވަން ހަދިޔާކުރެވޭނެ މީހުންގެ ޝަރުތުތަކަށް ވެސް ބަދަލު ގެނައުމަށްފަހު އެވެ. އެ ބިލު ފާސްކުރަން 57 މެންބަރުން ވޯޓުދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.

Advertisement

ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު، ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މި ބިލު އަނބުރާ ފޮނުވާލީ މަޖިލީހުން ބިލަށް ގެނައި ބަދަލުތައް މުރާޖައާކޮށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ފެންނާތީ ކަމަށެވެ.

އެ ބިލަށް ގެނައި މައިގަނޑު އަދަބުގެ ބަދަލުތައް

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކުރިން ފާސްކޮށްފައިވާ މި ބިލުގެ 66 ވަނަ މާއްދާގެ (ރ) ގައި އޮތީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް (ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުން) ކޮށްފި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުން ކަމަށެވެ.

ނުވަތަ އިސްލާމީ ޝަރީއަތުގެ އަލީގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުމާއެކު، 250،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނަމަވެސް، މިހާރު މި މާއްދާ އިސްލާހުކޮށް، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، ޖޫރިމަނާ އާއި ޖަލު އަދަބު ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިހާރު ބިލުގައި ކަނޑައަޅާފައި އޮތީ؛ 

  • ޖޫރިމަނާ: 150،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކަށް ދަށްކުރުން.
  • ޖަލު އަދަބު: 12 މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ކުރުކުރުން.

ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެނައީ ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމަކީ ތަފާތު ތިން ކަމެއް ނުވަތަ ތިން އަމަލެއް ހިމެނޭ ކުށެކެވެ. އެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަަނުވެދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.

އަދި، ކުރިން މަޖިލީހުން ފާސްކުރި ގޮތަށް އޮތުމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުށް ކުރާ ފަރާތްތަކުގެ މައްޗަށް ގިސާސް ތަންފީޒު ކުރެވިގެން ދިޔުމުގެ އިހުތިމާލު އޮތް ކަމަށް ވެސް ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 

ބިލް އެންމެ ފުރަތަމަ ހުށަހެޅިއިރު ވެސް ގިސާސް ހިފުމާއި ދިޔަ ނަގައި ދިނުން ހިމަނާފައެއް ނުވެ އެވެ. އެއީ މަޖިލީހުގެ ކޮމިޓީން އޭރު ގެނައި ބަދަލެކެވެ. ނަމަވެސް މިހާރު ބިލްގެ 66 ވަނަ މާއްދާ އޮތީ އެންމެ ފުރަތަމަ ބިލް ހުށަހެޅި ގޮތަށެވެ. 

ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތް ހެދުން

މީގެ އިތުރުން ގެނައި އަނެއް މުހިންމު ބަދަލަކީ ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ނުކުތާއެއް އިތުރުކުރުމެވެ. ބިލު މިހާރު އިސްލާހުކޮށްފައިވާ ގޮތުން، ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ވެސް ނުވާނެ އެވެ.

ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބިލު ބަދަލުކޮށް، ގަދަކަމުން ގުނަވަނެއް އަތުލައިފި ނަމަ ލިބޭ އަދަބު ލުއިކޮށްފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލުގައި ހުރި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ބިލު އަނބުރާ ފޮނުއްވުމުން މަޖިލީހުގެ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ކުށްވެރިންގެ ކިބައިން ގިސާސް ހިފުމާއި ދިޔަ ހޯދައިދިނުމުގެ ބައި އުނިކޮށް، ޖަލު އަދަބާއި ޖޫރިމަނާގެ މިންވަރު ވަނީ ދަށްކޮށްފައެވެ.

މިއަދު ފާސްކުރި ލުގައި ބަޔާން ކޮށްފައިވާ އުސޫލުގެ ދަށުން ހަމައެކަނި ހުއްދަ ލިބެނީ ލައިވް ޑޯނާ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެގޮތުން ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުންވަންތައް އެ ބިލުގައި ހިމަނާފައިވެ އެވެ. ގުނަވަން ހަދިޔާ ކުރާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ހިމަނާފައި ވެ އެވެ.

އެ ބިލު ގާނޫނަކަށް ވުމާއެކު ގުނަވަން ޓްރާސްޕްލާންޓު ކައުންސިލްގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދާނެ އެވެ. ބިލުގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދު ދޫކުރުމުގެ އިތުރުން ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ އެ ކައުންސިލުންނެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަޖެހޭ ޝަރުތުތައް ހަމަވޭތޯ ވެސް ބަލާނީ އެ ކައުންސިލުން ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން އެ ބިލު ގާނޫނަކަށްވުމާއެކު ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީއެއް ވެސް އުފައްދާނެ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީއަކީ ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަ ދޭ ކޮމިޓީ އެވެ.

ގުނަވަން ޓްރާންސްޕްލާންޓެއް ހެދުމުގެ ހުއްދައަށް އެ ކޮމިޓީގައި އެދުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ވެސް ގާއިމުކޮށްފައިވާ ކްލިނިކަލް ކޮމިޓީ އާއި އެތިކްސް ކޮމިޓީން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީހެއްގެ ރުހުން ނެތި ޓްރާންސްޕްލާންޓު ހެދުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުމާއި ޓްރާންސްޕްލާންޓު ކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ގަތުން ނުވަތަ ވިއްކުމަކީ ކުށެއް ކަމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާތާ 180 ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox