ހަންކެޑެ ތަރައްގީ ނުކުރެވިގެން އުޅޭ ބަޔަކަށް ސަވާހެލި ތަރައްގީ ނުކުރެވޭނެ: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ސަވާހެލި ސަރުކާރަށް ނަގައިގެން އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ސަވާހެލި ސަރުކާރަށް ނަގައިގެން އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއު ތަރައްގީ ނުކުރެވިގެން ސަރުކާރަށް އުޅޭއިރު، ސ. ފޭދޫ ކައިރީގައި އޮތް ސަވާހެލި ސަރުކާރަށް ނަގައިގެން އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ސަވާހެލިއަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްގީ ކުރެވޭނެ ތަނެއް ކަމަށާއި ސަރުކާރަށް ހަންކެޑެ ތަރައްގީކުރާނެ ބަޔަކު ނުހޯދިގެން އުޅޭއިރު ސަވާހެލި ތަރައްގީ ކުރާނެ ބަޔަކުވެސް ނުވާނެކަން އެއީ ޔަގީން ކަމެއް ކަމަށެވެ. 

"ސަވާހެލި ތަރައްގީ ނުކުރެވޭނެ ސަރުކާރަށް. އެއީ ޔަގީންކަމެއް އަޅުގަނޑުމެންނަށް. އެހެން އެކަންވާނަމަ ހަންކެޑެ ތަރައްގީކުރެވިގެން އަންނާނެ. ދެންވެސް އެހެން ތަރައްގީގެ މަޝްރޫއު އައްޑޫގައި ހިނގާނެ. ސަވާހެލިގެ ވާހަކަ ދެކެވޭއިރު އެއީ ގާމަތީ ކުޑަކުޑަ ރަށެއް. ފިނޮޅެއް އެއީ،" ނިޒާރު ވިދާޅުވި އެވެ. 

Advertisement

"އެއީ ހަރަދުކުރަންޏާ ބަޔަކު ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްގީ ނުވެސް ކުރެވޭނެ ތަނެއް އެތަނަކީ. އެހާ ބޮޑު ގޮންޖެހުން އެބަ އޮތް. އެހެންނަމަވެސް ހަންކެޑަށް ބަލަންޏާ ރީތި ރަށެއް އެއީ. އެތަން ތަރައްގީކުރާނެ ބަޔަކު ނުވެގެން އުޅޭއިރު ސަވާހެލި ތަރައްގީކުރާނެ ބަޔަކު އަޅުގަނޑުމެންނަށް ހޯދޭނީ."

ނިޒާރު ވިދާޅުވީ ސަރުކާރަށް ސަވާހެލި ނަގަން މުއިއްޒުއަށް ބަޔަކު ލަފާ އެރުވި ނަމަ އެއީ ގޯސް ލަފައެއްކަން ސޯޝަލް މީޑިއާގައި އައްޑޫ ރައްޔިތުން ފާޅުކުރާ ހިޔާލުން އެނގޭނެ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަނީ ސަރުކާރަށް ތާއީދުކުރާ މީހުން އެކަނި ކަމަށެވެ. 

"މީގައި ތާއީދުކޮށްފައި ވާހަކަދެއްކި  އެއްވެސް މީހަކު، ދެން އަޅުގަނޑުމެންނަށް އެނގޭ ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ ބޭފުޅުން ދިފާއުކުރަން ޖެހޭނެކަން. އެހެންޔާ ވަޒީފާވެސް ހަމަ ސަރުކާރުން އަނެއްހެން މަދުކުރާ ދުވަސްކޮޅެއްގައި ޓުވީޓުކުރަން ޖެހޭނެ. ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޖަހަންޖެހޭނެ. އެކްޓިވްކަން ދައްކަންޖެހޭނެ. އެހެންވީމަ އެގޮތަށް ކުރެވޭ ތާއީދެއް އޮތީ،" ނިޒާރު ވިދާޅުވި އެވެ. 

"އެހެންނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނާއި އައްޑޫ ސިޓީގެ ތަރައްގީއަށް ލޯތްބެއް ހުރި އެއްވެސް ރައްޔިތަކު ތާއީދުކުރި ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ  އަޅުގަނޑުމެން ރައީސަށް ލިޔެގެން އަދި މަޝްވަރާ ކުރެވިގެން މިކަން ރަނގަޅުކުރެވިގެންދާނެ ކަމަށް."

 ފޭދޫ ޓޫރިޒަމް ޒޯންގެ ތަރައްގީއަށް ސަވާހެލި ތަރައްގީކުރުމަށް ކައުންސިލުން ކުރިން ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެތަން އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ތެރޭގައި ހިމެނި އެވެ. 

މިގޮތުން އައްޑޫ ސިޓީ ކައުންސިލުން އެތަން ތަރައްގީކުރަން ބީލަމަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އެތަން މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ސަރުކާރަށް ވަނީ ނަގާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox