ޖަމްޝޭދްޕޫރު ލީގުން ވަކިވުމުން ޗެތުރީގެ އިލްތިމާސެއް ޓާޓާ ގްރޫޕަށް

Aug 2, 2026, 4:12 PM
އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ޗެތުރީ.--- ފޮޓޯ: އަދަދު

އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ޗެތުރީ.--- ފޮޓޯ: އަދަދު

ބެންގަލޫރު، އިންޑިއާ (އޮގަސްޓް 2) - މާލީ ކަންކަމަށް ބަލާފައި، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އިން ވަކިވާން ޖަމްޝޭދުޕޫރު އެފްސީ ހިންގާ ޓާޓާ ގްރޫޕުން ނިންމުމާ ގުޅިގެން، އިންޑިއާ ފުޓްބޯޅައިގެ ހައްގުގައި އެކަން އަލުން މުރާޖާކުރުމަށް އިންޑިއާގެ ލެޖެންޑް، ސުނިލް ޗެތުރީ އިލްތިމާސެއް ކޮށްފި އެވެ. 

އެކްސް (ކުރީގެ ޓްވިޓާ)ގައި ޗެތުރީ ކުރި ޕޯސްޓެއްގައި ޓާޓާ ގްރޫޕަށް ފޮނުވާ މެސެޖެއްގެ ގޮތުގައި ލިޔެފައިވަނީ، ޖަމްޝޭދްޕޫރާ ގުޅޭގޮތުން، ނިންމާފައި އޮތް ނިންމުމާ މެދު އަލުން ފުންކޮށް ވިސްނާއިރު، ސިކުނޑި އަށް ވުރެން ބޮޑަށް ހިތަށް ބަރޯސާވެގެން ގޮތެއް ކަނޑައެޅުމަށެވެ. އަދި، ޓާޓާ ގްރޫޕްގެ އެ ނިންމުން ވެގެންދާނީ މި ވަގުތު އިންޑިއާގެ ފުޓްބޯޅަ އަށް އެންމެ ބޭނުންތެރި ގޮތް ކަމުގައި ޗެތުރީ ފާހަގަކޮށްފައިވެ އެވެ، 

އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ޗެތުރީ ބުނީ، އެ ގައުމުގެ ފުޓްބޯޅައިގައި މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދެމި އޮތުމަކީ ވަރަށް ހިތްވަރާއި މިންނަތުން ކުރެވޭ ކަމެއް ކަމަށާއި ވަށައިގެން އެކިއެކި މައްސަލަތައް ދިމާވާ ވަގުތުތަކުގައި އެންމެ މުހިންމު ކަަމަކީ "އާއިލާއެއްގެ" ގޮތުގައި ދެމިތިބުން ކަމަށެވެ. 

"އެންމެ ބޮޑު ކަމަކީ، އެންމެ ދޮށީ މީހުންނަށް އެހީގެ އަތެއް ވެސް މި ދިއްކުރެވެން އަންނަނީ. އެހެންވީމަ، ޓާޓާ ގްރޫޕްގައި ތިބި އެންމެން ވެސް ޖަމްޝޭދްޕޫރު މި ހިސާބަށް ގެންނަން މަސައްކަތްކުރި އެންމެން ވެސް ފުންކޮށް ވިސްނަން އެބަޖެހޭ،" ބެންގަލޫރު އެފްސީގެ ތަރި، ޗެތުރީ ބުންޏެވެ. 

"ޖަމްޝޭދްޕޫރުގެ މި ނިންމުމަކީ ހަމަ ބޮޑު ގެއްލުމެއް. ކުޅުންތެރިންނާއި ސްޓާފުންނަށް ކްލަބާ އެކު ވަޒީފާ ގެއްލުނީ. ލީގަށް އެއް ޓީމު މަދުވީ. އެކަމަކު ވެސް ސީޒަން ކުރިއަށްދާނެ. އެންމެ ބޮޑު ކަމަކީ، އިންޑިއާގެ ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި ޓާޓާ ގްރޫޕްގެ ބައިވެރިވުން ނެތުމަކީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ދެރައެއް،" 

ޗެތުރީ ބުނީ، ފުޓްބޯޅައިގައި ބައެއް ނިންމުންތަކަކީ، އުނދަގޫ ކަންކަން ކަމަށެވެ. އެ ގޮތުން، ދަނޑުމަތީގެ ކަންކަމާއި ދެން ހުރި ޗެެލެންޖުތަކަށް ބަލާފައި ބޯޑްރޫމުން ނަގަންޖެހޭ ފިޔަވަޅުތައް ހުންނާނެ ކަން ވެސް ގަބޫލުުކުރާ ކަމަށް ޗެތުރީ ބުނެފައިވެ އެވެ. އެކަމަކު، އެންމެ ބޮޑު އުންމީދަކީ މިހާރު މި އޮތް ދަނޑިވަޅުގައި، ޓާޓާ ގްރޫޕުން ދެ ވަނަ ވިސްނުމަކަށް ގޮސް، އިންޑިއާ ފުޓްބޯޅައިގެ ހައްގުގައި ނިންމުން ބަދަލުކުރުން ކަމަށް ޗެތުރީ ފާހަގަކުރި އެވެ.

"އެއީ އިންޑިއާގެ ފުޓްބޯޅަ އަށް މި ވަގުތު އެންމެ ބޭނުންތެރި ގޮތް،" ޗެތުރީ ނިންމާލަމުން ލިޔެފައިވެ އެވެ. 

އިންޑިއާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި ކުރިން ޖަމްޝޭދްޕޫރަށް ކުޅެފައިވާ ގިނަ ބިދޭސީ ކުޅުންތެރިންގެ އިތުރުން، އިންޑިއާގެ ފުޓްބޯޅަ ލެޖެންޑުން އަންނަނީ ޖަމްޝޭދްޕޫރު ލީގުން ވަކިވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ބުނަމުންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox