ކުންފުންޏެއްގެ ދަށުން އިންޑިއަން ސުޕަ ލީގު ހިންގަން ކްލަބްތަކުން ހުށަހަޅައިފި

Dec 19, 2025, 1:42 PM
ކުންފުންޏެއްގެ ދަށުން އިންޑިއަން ސުޕަ ލީގު ހިންގަން ކްލަބްތަކުން ހުށަހަޅައިފި

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 19) - ހުއްޓިފައިވާ އިންޑިއާގެ މައި ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)، ކުންފުންޏެއްގެ ދަށުން ހިންގަން، ސުޕަ ލީގުގައި ވާދަކުރާ އެއް ކްލަބް ފިޔަވައި ހުރިހާ ޓީމެއް ގުޅިގެން ހުށަހަޅައިފި އެވެ.

އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީ އަށް ސިޓީއެއް މެދުވެރިކޮށް ހުށަހަޅާފައިވާ މި ޕްރޮޕޯސަލްގައި ބައިވެރިނުވާ ހަމައެކަނި ކްލަބަކީ އީސްޓް ބެންގޯލް އެވެ. މިނިސްޓްރީ އަށް މި ޕްރޮޕޯސަލް ކްލަބްތަކުން މި ހުށަހެޅީ އިންޑިއާ ފުޓްބޯޅަ ހުއްޓިފައި އޮތުމުން، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުންދާތީވެ، މިނިސްޓްރީއާ އެކު ކްލަބްތަކުން ބޭއްވި ބައްދަލުވުމުގައި، މި ކަމުގެ ހައްލެއް ދޭން ކްލަބްތަކަށް މިނިސްޓްރީން 24 ގަޑިއިރުގެ މުހުލަތެއް ދިނުމުންނެވެ.

މެޖޯރިޓީ ކްލަބްތަކުން ހުށަހަޅާފައިވާ މި ޕްރޮޕޯސަލްގައި ވަނީ، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ހާއްސަ ހިއްސާއެއް ލީގު ހިންގާ ކުންފުނިން އޮންނާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން، ލީގު ކޮމްޕެނީ ނަމަކަށް ކިޔާ މި ކުންފުނީގެ ފަރާތުން ކުރިއަށްގެންދާނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން، ލީގު ހިންގުމުގެ ކަންކަމެވެ. އަދި، މި ކުންފުނީގެ އޮނިގަނޑު އެކުލަވާލާނެ ގޮތެއް، ފީފާ އާއި އޭއެފްސީގެ ގަވާއިދުގެ ތެރެއިން ހޯދުމަކީ، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޒިންމާއެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މި ޕްރޮޕޯސަލަށް ރުހުން ލިބިއްޖެނަމަ، އައިއެސްއެލްގެ 2025/26 ސީޒަން، 45 ދުވަސް ތެރޭ ފަށަން ވެސް ވަނީ ނިންމައިފަ އެވެ. އަދި، މި ހުށަހެޅުމުގައި ވަނީ، މިހާރު އިންޑިއާ ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން، 2025/26 ސީޒަނަށް އެއްވެސް ފައިސާއެއް ނުދެވޭނެ ކަމަށާއި، 2026/27 ގެ ސީޒަނުން ފެށިގެން ކޮންމެ ސީޒަނަކަަށް 1.1 މިލިއަން ޑޮލަރު، އޭއައިއެފްއެފް އަށް ދޭ ގޮތަށް ކަނޑައަޅައިފަ އެވެ.

ޕްރޮޕޯސަލްގައި ހިމަނާފައިވާ ބައެއް ކަންކަން:

- ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަކީ ކްލަބްތައް

- ކުންފުނީގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ފަރާތްތައް ހަމަޖެއްސުމަކީ ވެސް ކުންފުނީގެ ޒިންމާއެއް. އެ ގޮތުން، ސްޓްރެޓީޖިކް ޕާޓްނަރެއް ނެގުމާއި ކޮމާޝަލް ރައިޓްސް ކޮންޓްރޯލް ކުރުމަށް ވެސް ހާއްސަ ފަރާތްތަކެއް ހަމަޖައްސަން ޖެހޭ،

- ކުންފުނީގައި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން ތަމްސީލްކުރާނެ ޑިރެކްޓަރެއް، ހިންގާ ބޯޑުގައި ހުންނާނެ.

- ކުންފުނީގެ ފަރާތުން ހުރިހާ ފަރާތެއްގެ ހައްގު ކަށަވަރުކޮށް، މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތަށް އޮނިގަނޑެއް/ގަވައިދެއް ހަދާނީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ އެހީއާ އެކު.

- މުބާރާތް ހިންގުމަށް ހިނގާ މައިގަނޑު ހުރިހާ ހަރަދެއްގެ ކަންކަން ބަލަހައްޓަން ޖެހޭނީ ކުންފުނީގެ ފަރާތުން، މައިގަނޑު ހަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލާއިރު، ރެފްރީންނާއި މެޗު އޮފިޝަލުންގެ އެލަވަންސް ހަމަޖެއްސުމާއި ދަތުރު ފަތުރުގެ ކަންކަމާއި އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސައިދޭން ޖެހޭނެ.

މިނިސްޓްރީ އަށް ކްލަބްތަކުން ފޮނުވި މި ޕްރޮޕޯސަލްގައި ވަނީ، އިންޑިއާގެ ފުޓްބޯޅަ ހިންގުމުގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާ ބެހޭ މައްްސަލައެއް އިންޑިއާގެ ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން އަންނައިރު، މިހާރު ގެންނަން މި މަޝްވަރާކުރާ ލީގު ކޮމްޕެނީގެ ބަދަލު ވެސް ގަވައިދަށް ލުމަށް އެދިފަ އެވެ.

އަދި، މި ކަމަށް ބޭނުންވާ ހައްލެއް ހޯދުމަށް ކްލަބްތަކާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން، މިނިސްޓްރީ އެކުވެގެން ވޯކިން ގްރޫޕެއް އެކުލަވާލައި، ސުޕްރީމް ކޯޓާ އެކު މި ކަމުގައި މަޝްވަރާ ކުރުމަށް ވެސް ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ. އެކަމަކު، މި ކަމުގައި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން އިން ނިންމާ ގޮތެއް އެނގިގެންދާނީ، މާދަމާ ބާއްވާ އެ ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އިންޑިއަން ސުޕަ ލީގު ހިންގާ ފުޓްބޯލް ސްޕޯޓްސް ޑިވެލޮޕްމަންޓް ލިމިޓެޑް (އެފްއެސްޑީއެލް) އާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ ދެމެދު ހަދާފައިވާ މާސްޓާ ރައިޓްސް އެއްބަސްވުން ވަނީ މި މަހު އަށް ވަނަ ދުވަހު ހަމަވެފަ އެވެ. އެފްއެސްޑީއެލް އިން 2014 އިން ފެށިގެން މި މަހާ ހަމައަށް އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރަމުން އައިސް، އާ އެއްބަސްވުމެއް ނުހެދި މިހާރު މި ވަނީ، އިންޑިއާގެ މައި ފުޓްބޯޅަ ލީގު ހުއްޓުމަކަށް އަތުވެފަ އެވެ.

އިންޑިއަން ސުޕަ ލީގު ހިންގަން އާ ކޮމާޝަލް ޕާޓްނަރެއް ބިޑްކޮށްފައިނުވާތީވެ، ލީގު ފެށޭނެ ދުވަހެއް ވެސް ނޭނގި ކްލަބްތަކުން ވަނީ ހަރަކާތްތައް ހުއްޓާލައިފަ އެވެ. މިއީ، ފާއިތުވި 30 އަހަރު ތެރޭގައި އިންޑިއާގެ މައި ފުޓްބޯޅަ ލީގަށް މި ފަދަ ހުސްކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox