އޮސްކާ، އީސްޓް ބެންގޯލްގައި ފަައުލާގެ ރެކޯޑަކާ ހަމަކޮށްފި

May 6, 2026, 11:31 PM
އޮސްކާ (ވ) އާއި ފައުލާ (ކ): އީސްޓް ބެންގޯލަށް ކޯޗުކޮށްދެމުން ބަލިނުވެ ހަތް މެޗު ހަމަކޮށް ރެކޯޑެއް ހަދާފައިވޭ.

އޮސްކާ (ވ) އާއި ފައުލާ (ކ): އީސްޓް ބެންގޯލަށް ކޯޗުކޮށްދެމުން ބަލިނުވެ ހަތް މެޗު ހަމަކޮށް ރެކޯޑެއް ހަދާފައިވޭ.

ކަލްކަތާ، އިންޑިއާ (މެއި 6) - އިންޑިއާގެ މައި ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ އީސްޓް ބެންގޯލް އަށް އިރުޝާދު ދެމުން އަންނަ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރިގެ ކޯޗު، އޮސްކާ ބްރުޒޮން، އީސްޓް ބެންގޯލްގައި، އިނގިރޭސި ކުރީގެ ފޯވާޑް، ރޮބީ ފައުލާ ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ. 

އިންޑިއަން ސުޕަ ލީގުގެ މި ފަހަރުގެ ސީޒަނުގެ އެއް ވަނައިގައި ކަލްކަތާ އަށް ނިސްބަތްވާ އީސްޓް ބެންގޯލް އޮތީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޖަމްޝޭދުޕުރު އަށް ވަނީ 11 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. 

ސްޕެއިނުގެ ކޯޗު އޮސްކާ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، އީސްޓް ބެންގޯލްގެ ކޯޗުކަމާ ހަވާލުވެ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެކު އެ ދެ ގައުމުގައި ގިނަ ކާމިޔާބީތަކެއް ހޯދި އޮސްކާ މި ވަނީ، އީސްޓް ބެންގޯލްގައި ޖެހިޖެހިގެން ހަތް މެޗުން ބަލިނުވެ ހަމަކޮށް، 2020 ވަަނަ އަހަރު އީސްޓް ބެންގޯލްގަައި ލިވަޕޫލްގެ ކުރީގެ ފޯވާޑް ފައުލާ ހާސިލްކުރި ރެކޯޑަކާ އެއްވަރުކޮށްފަ އެވެ. 

އެ ގޮތުން، އޮސްކާ ވަނީ ހަތަރު މެޗުން މޮޅުވެ، ތިން މެޗު އެއްވަރުކޮށްފަ އެވެ. އަދި، ފައުލާ ވަނީ ދެ މެޗުން މޮޅުވިއިރު، ފަސް މެޗުން އެއްވަރުކޮށްފަ އެވެ. 

މި ފަހަރު ލީގުގައި އީސްޓް ބެންގޯލް ހަމައެކަނި ބަލިވީ ތިން ވަނަ މެޗުގައި 2-1 އިން ޖަމްޝޭދްޕުރު އަތުންނެވެ. އޭގެ ފަހުން ކުުޅުނު ހަތް މެޗުން ވެސް، އީސްޓް ބެންގޯލް ބަލިވެފައިނުވެ އެވެ. 

އޮސްކާ، އިންޑިއާ ފުޓްބޯޅަ އަށް އެނބުރި އައީ ނުވަ އަހަރު ކޮށްފަ އެވެ. އެ ގޮތުން، މީގެ ކުރިން އޭނާ ވަނީ ނިކޮލަސް އަނެލްކާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މުމްބާއި ސިޓީގައި މަސައްކަތްކޮށްފަ އެވެ. ނިއު އަށް ހަތަރު ތަށި ހޯދައިދިން އޮސްކާ ވަނީ ބަޝުންދަރާއާ އެކު، ހަތް ޓްރޮފީ އުފުލާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox