ހޯމް މިނިސްޓަރު ހައްޔަރުކޮށް ތަހުގީގު ކުރަންޖެހޭ: ޒަރިޔަންދު

Aug 1, 2026, 12:44 PM
އިސްލާާއީލް ޒަރިޔަންދު

އިސްލާާއީލް ޒަރިޔަންދު


ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހްސާން ހައްޔަރުކޮށް، އެ މައްސަލަ ބަލަންޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީއަށް މެންބަރުން އިތުރުކުރަން ހިންގި ކެމްޕޭނުގައި  ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހެޅި ފޯމުތައް ފުރީ ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގާ އޮފީހުގެ ތެރޭގަ އެވެ. އެކަން ފަޅައި އެރީ ފޯމްތައް ފުރުމުގެ މަސައްކަތް ޑީއެންއާރުގައި ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްވުމުންނެވެ. 

ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ތަނުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީ ވެސް ހުންނެވި އެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބެއްވި ޖަލްސާގައި، އޮޑިޓަ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީގައި ވެސް ގިނަ އަހަރުތަކެއް ވަންދެއް އުޅުއްވި ޒަރިޔަންދު ވިދަޅުވީ ދައުލަތުން ސައްހަ ނޫން ގޮތުގައި ދޭ ފައިސާގެ މައްސަލަތައް އޮޑިޓަ ޖެނެރަލް ވެސް އަދި އޭސީސީން ވެސް ބަލަންޖެހޭނެ ކަމަށެވެ. 

"އެ ބޭފުޅާ [މިނިސްޓަރު އިހްސާން] ގައިގައި ކުލަ އުނގުޅުައްވައިގެން އެ ކުރެއްވި ކަމެއްގެ ސަބަބުން އެއް އަހަރުގެ ތެރޭގައި 55،000 މީހުން [ޕީއެންސީއަށް] އިތުރުވެގެން ދިޔުމަކީ ބަޔަކަށް ނާޖާއިޒު ގޮތުގައި ފައިސާތަކެއް ވިދިގެން އަހަރު ލިބޭނެ ކަމެއް،" ޒަރިޔަންދު ވިދާޅުވި އެވެ. 

އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދެންޏާ ދޭންޖެހޭނީ ދަފުތަރުގައި ހުރި  ފަރާތްތަކަކީ ސައްހަ މަގުން ރަޖިސްޓްރީކޮށްފައިވާ ބައެއް ކަމަށް ބެލުމަށް ފަހު ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

"އެއީ ކޮރަޕްޝަންގެ އަމަލެއް، އެހާ ލުއިކޮށް ނިންމާލެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

"ވީއެންމެ އަވަހަކަށް ހޯމް މިނިސްޓަރު އެބަޖެހޭ މި މައްސަލައިގައި ހައްޔަރުކޮށް ތަހުގީގު ކުރެވެން."

އެމްޑީޕީގެ 3000 އަށް ވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ތުހުމަތުކުރާއިރު، ދަ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު ވެސް ވަގަށް ވައްދާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. 

މީގެ އިތުރުން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ޕީޕީއެމް މެމްބަރުން ލައްވައި، އެ ޕާޓީ އުވާލާފައި ވާއިރު،  ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ޕީއެންސީ އަށް ސޮއިނުކުރާ އެތައް ބަޔަކު ވެސް އެ ޕާޓީއަށް ވައްދާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox