ޕިރްލޯ އަށް އިޓަލީގެ ކޯޗުކަން ނުދިން މައްސަލައިގައި ލިއޮނާޑޯ އާއި މަލްޑިނީ އިސްތިއުފާދީފި

Jul 28, 2026, 6:04 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން މަލްޑިނީ އާއި ލިއޮނާޑޯ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން މަލްޑިނީ އާއި ލިއޮނާޑޯ.

ރޯމް (ޖުލައި 28) - ހުސްވެފައިވާ އިޓަލީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، އަންދްރެއާ ޕިރްލޯ ގެންނަން ކުރި މަސައްކަތް ސިޔާސީ ޕްރެޝަރާ ހެދި ކާމިޔާބުނުވުމުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ މަގާމުތަކުން ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާދީފި އެވެ. 

ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ.  އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ.

ރަޝިއާެގެ ބެޓިން ކުުންފުންޏަކާ ގުޅުން އޮތުމުން އިޓަލީގެ ކޯޗަކަށް ޕިރްލޯ ހަމަޖެއްސުން މަޑުޖެހިއްޖެ

އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަންދްރެއާ ޕިރްލޯ ހަމަޖެއްސުން މަޑުޖެހިފައިވަނީ، ރަޝިއާގެ ބެޓިން ކުންފުންޏެއްގެ އެމްބަސަޑަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތީ އެކަން ސާފުކުރުމަށް. އިޓަލީން ޕިރްލޯ ގެންނަން ނިންމީ ގާޑިއޯލާ އާއި އަންޗެލޮޓީ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން.

އެކަމަކު، މަގާމާ ހަވާލުވިތާ 10 ދުވަސް ފަހުން، މަލްޑިނީ އާއި ލިއޮނާޑޯ މި ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއީ، އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރި ޕިރްލޯއާ ޓީމު ހަވާލުނުކުރަން، އިޓަލީގެ ސަރުކާރުން އެންގި އެންގުމާ ހިތްނަމަނުޖެހިގެންނެވެ. 

ޕިރްލޯ އަށް އިޓަލީ ކޯޗުކަން ނުދޭން ނިންމި އެންމެ ބޮޑު ސަބަބަކީ، ރަޝިއާގެ ބެޓިން ކުންފުންޏަކާ އެކު އޭނާގެ ޑީލެއް އޮތުމުން، އަންނަ ސިޔާސީ ޕްރެޝަރާ ހެދި އެވެ. 

މަލްޑިނީ އަދި ލިއޮނާޑޯ ގުޅިގެން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ، މެންޗެސްޓާ ސިޓީ ކޯޗުކަން 10 އަހަރަށް ފަހު ދޫކޮށްލި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ ނޫނީ ބްރެޒިލްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނާށެވެ. އެކަމަކު، އެކަން ކާމިޔާބުނުވެ، ދެން ޕިރްލޯ ގެންނަން މަސައްކަތް ފެށީ އެވެ. 

އެ ގޮތުން، އިޓަލީން ކޯޗަކަށް ގެންނަން ނިންމީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އިޓަލީގެ ޓީމަށް ކުޅުނު ޕިރްލޯ، 47، ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ސަރުކާރުން ދެކޮޅު ހެދީ އެވެ. އެއީ، ރަޝިއާގެ ބެޓިން ކުންފުންޏެއް ކަމަށްވާ ފޮންބެޓްގެ ގްލޯބަލް އެމްބަސަޑަރަކަށް ޕިރްލޯ މަސައްކަތްކުރަމުން އަންނާތީވެ، އެ ކަމާ ގުޅޭ ބައެއް ކަންކަން ސާފުކުރުމުގެ ގޮތުންނެވެ. 

ޕިރްލޯ ނެރުނު ބަޔާނެއްގައި ވަނީ، އޭނާ އަކީ ފުޓްބޯޅައިގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމުގައި އަބަދުވެސް މަސައްކަތްކުރާ މީހެއް ކަމަށާއި ކުޅުމުގެ ކެރިއަރާއި ކޯޗިންގަައި ވެސް އޭނާގެ އުސޫލުތައް ހުންނަނީ އެ މިންގަނޑުގެ ތެރޭގައި ކަމަށެވެ. އަދި، ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އޭނާގެ ނަން ހިމަނައިގެން، ވަކި މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ވާހަކަ ނުދެއްކުމަށް ޕިރްލޯ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox